ގައުމީ ލޯބި އުފެއްދުމަށް މާޒީ އުނގަންނައިދިނުމުގެ މުހިންމުކަން

ގައުމީ ލޯބި އުފެއްދުމަށް މާޒީ އުނގަންނައިދިނުމުގެ މުހިންމުކަން

ދިވެހިރާއްޖެއަކީ ގަދީމީ ރާއްޖެއެއްކަމާއި، މި ރާއްޖޭގައި މީހުން ދިރިއުޅެ، ދައުލަތެއް ހިންގާތާ ދެ ސާސްކަފު ވެއަތުވެ، އޭގެ މައްޗަށް އިތުރު ފަސްސަތޭކަ އަހަރު ފާއިތުވެއްޖެކަމަށް ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ. އެހެންކަމަށްވާނަމަ، އީސާގެފާނު ދީނަށް ގޮވައިލެއްވުމުގައި އުޅުއްވިއިރުވެސް އަޅުގަނޑުމެންގެ ކާބަފައިން މިރާއްޖޭގައި ރުއް އަރައި، ރާބާލައި ކަނޑާއި އެއްގަމުގައި ޝިކާރަކުރަން އުޅޭނެ އެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ބަދުރު ހަނގުރާމަ ކުރެއްވިއިރާއި، ހިޖުރަކުރެއްވުމާއި، މައްކާ ފަތަހަކުރެއްވިއިރުވެސް އަޅުގަނޑުމެންގެ ކާބަފައިންވެސް ހަމަ މިބިމުގައި އުޅޭނެ އެވެ. އެހެންނަމަވެސް އެ ޒަމާނުގެ ގޮތުން، އެއްވެސް މުއަމާލާތެއް ހިނގާފައި ނޯންނާނީ އެވެ. މި ކުޑަކުޑަ ރާއްޖޭގައި އުޅުނު ދެތިން ގަބީލާއެއް އަރަބިކަރައާއި ގުރައިޝު ވަންހައިގެ ރާޑަރަކަށް ނާރާނެ އެވެ. އެހެންވީމާ މިރާއްޖޭގެ ޒިކުރެއް އެވޭލާ ތާރީހުގައި ލިޔެވިފައި ނޯންނާނެތާ އެވެ.

މައާފަށް އެދެމެވެ. އަޅުގަނޑުގެ ވާހަކަ މި ފަށައިގަނެވުނީ ލިޔާން ގަސްތުކުރި މައުލޫ މާ ދުރުގައި ބާއްވާފަ އެވެ. އަޅުގަނޑުގެ ގަސްތަކީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާޒީ އެނގުމުގެ މުހިންމުކަމުގެ މައްޗަށް ދެތިން ބަހެއް ދަންނަވާލުމެވެ. މިކަމުގައި ބަޔަކަށް އޮޅުމެއް އަރާފައި އޮވެދާނޭކަމަށް ދެކޭތީއަކީއެއް ނޫނެވެ. އަޅުގަނޑުގެ ހިތަށް ހަމަޖެހުމެއް ހޯދުމުގެ ނިޔަތުގަ އެވެ.

ގައުމިއްޔަތުގެ މައުލޫގައި ތަފާތު ވައްތަރުގެ އިންސާނުން އަޅުގަނޑު މި ރާއްޖެއިން ތަޖުރިބާކޮށްފީމެވެ. ބައެއް ބޭފުޅުން ދިވެހިރާއްޖެއާއި، ދިވެހި ވަންތަކަމާއި ދިވެހިންގެ ތާރީހުގެ ވާހަކަ ދައްކަވާއިރު، މޫނުފުޅުން ފެންނަ ފަހުރުވެރިކަމާއި، ލޯފުޅުން ފެންނަ އުފާވެރިކަމަކީ އަދި ތިޔަހެން ބަޔާންކުރެވޭ ވަރަށްވުރެ ފުން އިހުސާސެކެވެ. ދެވަނަ ވައްތަރަކީ ގައުމިއްޔަތު އޯކޭ ދަރަޖަ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި ގައުމިއްޔަތާއި ތާރީހު ދެން އެއޮތްތަނެއްގައި އޮވެދާނޭތާ އެވެ. މީގެ ދެހާހަކަށް އަހަރު ކުރިން ފެށިގެން އަޅުގަނޑުމެންގެ ކާބަފައިން އުޅުނު ގޮތެއް އެނގުމަކީ ކޮންމެހެން އެހައި މުހިންމު ކަމެކޭ، މި އޯކޭ ދަރަޖައިގެ މީހުންނެއް ނުދެކެ އެވެ.

ތިންވަނަ ވައްތަރަކީ 'ފަހަތަށް ނުބަލައި، ކުރިއަށްދާ' ވައްތަރެވެ. އެމީހުންގެ ނަޒަރުގައި ދިވެހިންގެ ތާރީހުގައި ވީކަމެއް ވީ އެވެ. އެކަމަކުން އެބައިމީހުންގެ މުސްތަގުބަލަށް ދެން އަންނާނޭ ބަދަލެއް ނުވަތަ އެޅޭނޭ ހިޔަންޏެއްވެސް ނެތެވެ. އެހެންވީމާ، ތާރީހާއި، ގައުމިއްޔަތުގައި މިފަދަ މީހުންގެ ސިޔާސަތަކީ 'ހޫނނ މަށަށް ވަރިހަމަ!' ސިޔާސަތެވެ. މުހައްމަދު ތަކުރުފާނު ކުޅަ ހަނގުރާމައެއް ކޮށްފައި ވީކަމެއް ވެފައި އެތަކުރުފާނު އަވަހާރަވެއްޖެ އެވެ. ދޮންބަންޑާރައިންނެއް ނެތެވެ. ތީމުގޭ މަހާކަލަމިންޖާއަކީ ކާކުކަން އެނގިގެން މިހާރު ލިބޭނޭ އާމްދަނީއަށް އަންނާނޭ ބަދަލެއްނެތެވެ. ޝަހީދުކުޅަ ބަންޑާރައިންނާއި މުހައްމަދު މުއިއްޒުއްދީން ކަޅުބަންޑާރައިންގެ ވާހަކަ ސާފުވެފައި އޮވެގެން ލިބޭނޭ މަންފާއެއް ނެތެވެ. މީގެ ހާހެއްހައި އަހަރުކުރިން ރާއްޖޭގެ ރަހުންނާއި ރަނިން ކުޅަކަމަކުން ނުވަތަ ނުކޮށްދޫކޮށްލި ކަމަކުން މަގޭ ދިރިއުޅުމަށް އަންނާނޭ އެއްވެސް ބަދަލެއް ނެތެވެ. މިއީ މި ވައްތަރުގެ މީހުންގެ ފަލްސަފާ އެވެ.

ތާރީހުގެ އިލްމަކީ ބައެއްގެ މާޒީގައި ކަންހިނގާފައިވާ ގޮތް ހޯދައި ދިރާސާކުރުމުގެ އިލްމެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި މީހުންގެ ތެރެއިން މިއީ އެހައި މުހިންމު ކަމެއް ނޫންކަމަށް ދެކޭ ބަޔަކު މިގޮތަށް ދެކޭން ފެށީ މާފަހުންނެވެ. ކުޑައިރު މައިންބަފައިން ކައިރީގައި އެހި ސުވާލަކީ، 'އަހަރެން އައީ ކިހިނެއްތޯ؟' މި ސުވާލެވެ. މިހާރު އަޅުގަނޑުމެންގެ ދަރިންވެސް އަޅުގަނޑުމެންނާ އެ ސުވާލުކުރެ އެވެ. އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ އެކުރާ ސުވާލަކީ، އެ ކުއްޖާ މި ދުނިޔެއަށް އުފަންވާ ގޮތާ ގުޅޭގޮތުން ކުރާ ސުވާލެއް ކަމަށެވެ. ފުންކޮށް ވިސްނާލީމާ އަޅުގަނޑު ހިތަށް އަރަނީ އެހެން އެއްޗެކެވެ. އެ ސުވާލުކުރަނީ އޭނާގެ ވުޖޫދާ މެދުގަ އެވެ. އެއީ އާދަމުގެފާނާ ހަމައިން ފެށިގެން ހިނގަމުން އަންނަ ދަރިފަސްކޮޅުގެ ތެރެއިން އޭނާގެ ވަންހައަށްވީ ބަޔަކާއި، އެބަޔަކު އުޅުނު ގޮތާއި، އެބައެއްގެ ތަފާތާމެދުގައި ކުރެވޭ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މައުސޫމު، އަދި މާ ގިނަ އެއްޗެއް އެނގިފައި ނެތް، އެއްވެސް ވަރެއްގެ ތަގައްޔަރުކަމެއް ނެތް ސިކުނޑިއެއްގަ އެވެ. އެހެންވީމާ އެއީ މިލިއަން ޑޮލަރުގެ ސުވާލެކެވެ.

އެ ކުޑަ ކުއްޖާގެ ސުކޫލު ދައުރުގައި 'ދިވެހި ބަސް' މި މާއްދާގެ ތެރެއިން ކޮންމެވެސް ވަރަކަށް ތާރީހާ ގުޅޭ ފިލާވަޅުތައް ދަސްކުރަންޖެހެ އެވެ. އޭނާއަށް އޮޅުން ފިލުވައިދޭން އަންނަ އެދުރަކީ ތާރީހުގެ އިލްމުގައި އުޑިކިބިފިލާފައި ހުރި މީހަކަށް ނުވެ އެވެ. ނަތީޖާއަކަށްވަނީ، އެ މައުސޫމު ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ނުލިބި، ތާރީހަކީ ހަމައެކަނި، ޓެސްޓުން ފާސްވާ ހިތުދަސްކޮށްލަންޖެހޭ، އަދި ތައުލީމީ މަންހަޖުގައި 'އެހެނިހެން ގިންތީގެ' ފިލާވަޅަކަށް ވުމެވެ. ތާރީހަށް ޝައުގުވެރިކަން ކުޑަވެ، އެއީ ފޫހި އެއްޗަކަށްވާން ފަށަނީ މިހާހިސާބުންނެވެ.

'ތަންގީހުކުރެވުނު ދިވެހިރާއްޖޭގެ ތާރީހުގެ ތަންތަންކޮޅު' މިފޮތަކީ ދިވެހިރާއްޖޭގައި ތާރީހު އުނގަންނައި ދިނުމުގެ ބޭނުމުގައި ލިޔެވިފައި އޮތް ހަމައެކަނި ފޮތެވެ. މިފޮތް ލިޔުއްވީ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީންދީދީ އެވެ. އެ މަނިކުފާނުވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އަތްތިލައެއްވަރުގެ ކުޑަކުޑަ މިފޮތަކީ ތާރީހު އުނގަންނައިދިނުމަށް ފޮތެއްގެ ސިފައިގައި ބޭނުންކުރާން އެންމެ ކަމުދާނޭ ފޮތެއް ނޫނެވެ. އެކަމަކުވެސް އެ ފޮތް ލިޔުއްވި ޒަމާނުގައި އެފަދައެއްވެސް ނެތީ އެވެ.

އަމީންދީދީ އެޅުއްވީ ބިންގަލެކެވެ. އަޅުގަނޑުމެންނަށް އެ ބިންގަލުން މައްޗަށް އެންމެ އީޓެއްވެސް ނުބޭއްވުނެވެ. މިހާރު ބިންގާވެސް ފެންނާން ނެތީ އެވެ.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަސީލަތްތައް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ތާރީހަކީ ގައުމީ މަންހަޖުގައި ހިމެނިގެން ކިޔަވައިދެވިދާނޭ މާއްދާއެކެވެ. އެ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރެވޭނޭ ފޮތްތައް ލިޔެވޭނޭ ވަރަށް ތާރީހު ދިރާސާކުރައްވާފައި ތިއްބެވި ބޭފުޅުން ރާއްޖޭގައި އެބަތިއްބެވެ. އެ ބޭފުޅުންގެ އިލްމުގެ ބޭނުން ހިފާންވީ އެވެ.

ފަށައިގަތުމުގައި، ތާރީހު އުނގެނުމުގެ މުހިންމު ކަމުގެ ވާހަކައިން ފެށިދާނެ އެވެ. އަޅުގަނޑުމެންގެ އިހުތިބީން ހެދި ގޯސްތަކަކީ ކޮބައިކަން ދެނެގަނެ، އެކަން ތަކުރާރު ނުކުރާން އަޅުގަނޑުމެންނަށް އެނގޭނެ އެވެ. ރަނގަޅަށް ކޮށްފައި ހުރި ކަންކަން ކޮށްފައި ހުރީ ކިހިނެއްކަން ދިރާސާކޮށް، އެ އުސްލޫބު ތަކުރާރު ކުރެވޭނެ އެވެ. ދުނިޔޭގައި އަލަށް ހިނގާނޭ ހުންނާނީ މަދު ކަމެކެވެ. ގިނައީ އިހަށް ހިނގައި ނިމިފައި ހުރި ކަންކަމުގެ ތަކުރާރުވުމެވެ. އެކަން މެދުވެރިވީއިރު ތިބި ބަޔަކު އަމަލުކުރި ގޮތާއި، އެކަމުން ނުކުތް ނަތީޖާ އެނގޭނަމަ އަޅުގަނޑުމެންނަށް ދިމާވާ ކަންކަމުގައި ހިފާންވީ މަގަކީ ކޮބައިކަން ސާފުވާން ބޮޑުތަނުން ފަސޭހަވާނެ އެވެ.

އަޅުގަނޑުމެންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އަޅުގަނޑުމެން މާޒީގައި ކަންހިނގާފައިވާ ގޮތުން އިބުރަތް ހޯދަން އެނގޭ ޖީލެއް އުފެއްދޭނީ ތާރީހުގެ އިލްމަށް ޖާގަދީގެންނެވެ. ގައުމިއްޔަތޭ ގައުމުދެކެ ލޯބިވުމޭ ބުނީމާ އެއީ ކޮންއެއްޗެއްކަން ހިތުގެ ލޮލަށް ފެނި، ސިކުނޑިން ވިސްނައިގަންނާން އެނގޭނީ އެ މައުލޫމާތު ހުރި ބަޔަކަށެވެ. މި ބިމަށް އުފަންވީތީ މި ބިންދެކެ ހުންނަ ކުލުނާއި، މިތަނުގެ ތާރީހާއި ސަގާފަތު އެނގުމުން ހިތުގައި އުފެދޭ ލޯބި އިންތިހާއަށް ތަފާތުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox