މޮޑްރިޗް ބޭނުންވަނީ ރެއާލުުގައި މަޑުކުރަން

May 18, 2024, 7:23 AM
މޮޑްރިޗް ބޭނުންވަނީ ރެއާލުުގައި މަޑުކުރަން

މެޑްރިޑް (މެއި 18) - ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަރި ލޫކަ މޮޑްްރިޗް އަންނަ ސީޒަނުގައި ވެސް ރެއާލުގައި މަޑުކުރަން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރެއާލް މެޑްރިޑްގައި މޮޑްރިޗް މަޑުކުރަން ބޭނުންވާކަން އޭނާ ވަނީ ކުލަބްގެ މެނޭޖްމަންޓަށް އަންގާފަ އެވެ. އަދި ކުލަބުގައި އޭނާ މަޑުކުރެވެން އޮތީ މުސާރަ އުނިކުރާ ގޮތައް ކަމުގައި ވަނީނަމަ އެކަން ކުރަން ވެސް މޮޑްރިޗް ހުރީ ތައްޔާރަށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ރެއާލުން 2012 ވަނަ އަހަރު މޮޑްރިޗްގެ ސޮއި ހޯދިއިރު, އެ ފަހުން މޮޑްރިޗް އަންނަނީ ރެއާލާއެކު ތަފާތު މޮޅަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެކަމަކު، އެ އަަހަރުގެ އެންމެ ގޯސް "ސޮޔެއްގެ" ގޮތުގައި ގިނަ ބަޔަކު ފާހަގަކުރީ މޮޑްރިޗްގެ ސޮއެވެ.

ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުގައި އޭރު މޮޑްރިޗް ރެއާލަށް ގެންދިޔަ ކޯޗު ހޯސޭ މޮރީނިއޯ ވަނީ މޮޑްރިޗް އަކީ އޭނާގެ ފަހުރު ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ފަހުރަކީ މޮޑްރިޗް. މޮޑްރިޗް އޭރު ރެއާލަށް ގެންދިޔުމުން ގިނަ ބަޔެއް އަހަންނަށް ފާޑުކީ. މިއަދު 11،12،13 އަހަރުވީއިރު, ވެސް އެއް ކޮލެޓީ އެއްގައި މޮޑްރިޗް އެ އަންނަނީ ކުޅެމުން." މޮރީނިއޯ ބުންޏެވެ.

ރެއާލާ އެކު, ފަސް ޗެމްޕިއަންސް ލީގު މޮޑްރިޗް ކާމިޔާބުކުރިއިރު, އެ ޓީމާ އެކު, މޮޑްރިޗް ވަނީ ސްޕެނިޝް ލީގު ތިން ފަހަރު, ކާމިޔާބު ކޮށްފަ އެވެ.

މޮޑްރިޗަކީ ރެއާލްގެ ތާރީހުގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ ވެސް މެ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ބެލޮންޑިއޯ ވެސް މޮޑްރިޗް ވަނީ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox