އިޒްރޭލް ސަސްޕެންޑްކުރުމާ މެދު ފީފާ އިން ގާނޫނީ ލަފާހޯދަނީ

May 17, 2024, 9:36 AM
އިޒްރޭލް ސަސްޕެންޑްކުރުމާ މެދު ފީފާ އިން ގާނޫނީ ލަފާހޯދަނީ

ބެންކޮކް، ތައިލެންޑް (މެއި 17) - ފަލަސްތީނަށް އަރައި، އިޒްރޭލުން ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން، އިޒްރޭލް ފުޓްބޯޅައިން ސަސްޕެންޑްކުރުމާ މެދު ގޮތެއް ނިންމުމުގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފީފާ އިން ހާމަކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު، ފަލަސްތީނު އެފްއޭ އިން ވަނީ އިޒްރޭލް ސަސްޕެންޑް ކުރަން ފީފާ އަށް ހުށަހަޅައިފަ އެވެ. މިއަދު، ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ފީފާ ކޮންގްރެސްގައި، ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްތީނުން އިޒްރޭލު ސަސްޕެންޑް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ތާއީދުކޮށްފަ އެވެ.

މި ކަމާ ގުޅޭ ގޮތުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ފީފާ ކައުންސިލުން ގޮތެއް ނިންމާނީ، ގާނޫނީ ލަފާ ހޯދުމަށް ފަހު ކަމަށެެވެ.

ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ޖިބްރީލް ރަޖޫބް ވިދާޅުވީ، ފަލަސްތީނުގެ ފުޓްބޯޅަ އާއި އެ ގައުމުގެ ރައްޔިތުން އިންތިހާ އަށް ދަށުދަރަޖައިގެ ކަންކަން ތަހައްމަލު ކުރާއިރު ވެސް ފީފާ އިން މިކަމާ އަމަލެއް ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

"ފީފާ އިން ނިންމަނީތޯ ބައެއް ހަނގުރާމަ މާ މުހިންމު ކަމަށް. ނޫނީ ބައެއް މީހުންނަށް ލިބޭ އަނިޔާތޯ މުހިންމުވަނީ،" ރަޖޫބް ވިދާޅުވި އެވެ.

"އަހަރެން އެދެނީ، ތާރީހު ބުނާ ރަނގަޅު ފަޅީގައި ތިބުމަށް. އެތަން މިލިއަން މީހުންނަށް އެ ލިބެމުންދާ އަނިޔާ، ފުޓްބޯޅަ ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް މި ޖެހޭ ދަތި ހާލު، ފީފާ އަށް ފެންނަން ޖެހޭ. މިކަމުގައި ބޯޅަ އޮތީ ފީފާގެ ކޮޮޅުގައި، ފީފާ ރައީސް މިިކަމާ ވިސްނަން ޖެހޭ،"

އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ މި ކަމުގައި ފީފާ އިން ރަނގަޅަށް ވިސްނާފައި ކަންކަން ނިންމަން ޖެހޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox