އެތުލެޓިކްސްގެ އާ ރައީސަކަށް ވުމަށް ކުރިމަތިލެއްވީ މުސްތޮ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން މުސްތޮ:.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން މުސްތޮ:.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، މިހާރު ވެސް އެކްސްކޯގައި ހިމެނޭ މެމްބަރު، މުސްތަފާ މުހައްމަދު (މުސްތޮ) ކުރިމަތިލައްވައިފި އެވެ.

އިއްޔެގެ 12:00 ގެ ނިޔަލަށް، އެތުލެޓިކްސްގެ އިންތިހާބަށް ކެންޑިޑެސީ ހުށަހަޅަން ހުޅުވާލި ފުރުސަތުގެ ސުންގަނޑި ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ، އެންމެ ފަރާތެކެވެ.

އިންތިހާބު އޮތީ މި މަހު 24 ވަނަ ދުވަހު އެވެ.

އެ ގޮތުން، ރައީސްގެ މަގާމަށް ކުރިމަތިލެއްވި، މުސްތަފާ އަކީ، އެތުލެޓިކްސްގެ ހިންގާ ކޮމިޓީގައި ދެ ދައުރެއް ފުރިހަމަކޮށްފައިވާ ފަރާތެކެވެ. ޔޫތު މިނިސްޓްރީގައި މީގެ ކުރިން ވަޒީފާ އަދާކުރެއްވި މުސްތަފާ އަކީ، މި ފަހުން އެތުލެޓިކްސްގެ އިސް ފަރާތެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެންމެ ފަހުން، ބޭއްވި އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މުސްތަފާ އެވެ. ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި މިދިޔަ އަހަރު އެތުލެޓިކްސް އިން ވާދަކުރިއިރު، އެތުލީޓުންނާ ގާތުން މުސްތަފާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެ ގޮތުން، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން މިދިޔަ 12 ވަރަކަށް އަހަރު ފުރުއްވީ، މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެވެ. ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވުމާ އެކު، ތޮލާލް ވަނީ އެތުލެޓިކްސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ތޮލާލް އަށް ފަހު، އެތުލެޓިކްސްގެ ރައީސްގެ ޒިންމާ ނެންގެވީ، މިހާރުގެ ނައިބު ރައީސް، އަހުމަދު އަޒީލް އެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވެސް ނައިބު ރައީސަކަށް ކުރިމަތިލެއްވީ އަޒީލް އެވެ.

ހިންގާ ކޮމިޓީގެ އެހެން މަގާމުތަކަށް ކުރިމަތިލި ފަރާތްތަކަށް ބަލާއިރު، ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ ހަސްނާއު ރަޝީދު ހުސައިން އެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ ހުސެއިން އަމީންގެ އިތުރުން، ކުރިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ދެ މެންބަރުން ކަމަށްވާ މުޙައްމަދު ޝާހިދު (ޝާޑު) އާއި މުޙައްމަދު ޝުޖާއު (ސުޖާ) އެވެ.

މީގެ އިތުރުން، ހިންގާ ކޮމިޓީގެ އަންހެން މެންބަރަކަށް ކުރިމަތިލެއްވީ ކުރީގެ އެއް ވަނަ ދުވުންތެރިޔާ، އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔަޒުނީ ނަޝީދާ (ޔަޒޫ) އެވެ. ޔަޒޫ ވަނީ، އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ރައީސަކަށް ކުރިމަތިލައްވައިފަ އެވެ. އެ އިންތިހާބުގައި ޔަޒޫ އަށް އެއް ވޯޓު ލިބުނުއިރު، އިންތިހާބު ކާމިޔާބުކުރެއްވި ތޮލާލް އަށް 15 ވޯޓު ލިބިވަޑައިގެންނެވި އެވެ.

މިހާރު މި އޮތް ގޮތުން، މި އަަހަރު ރާއްޖޭގެ ތިން ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސަކު ހޮވަން ބޭއްވި އިންތިހާބުތަކުގައި ވާދަކުރެއްވީ، ވާދަވެރިއަކު ނެތި، އެންމެ ކެންޑިޑޭޓެކެވެ. އެ ގޮތުން، ވޮލީ އެސޯސިއޭޝަންގެ ރައީސަކަށް މުހައްމަދު ލަތީފް އިންތިހާބުވީ ހަމައެކަނި ކެންޑިޑޭޓްގެ ގޮތުގައި، ކުރިމަތިލައްވައިގެންނެވެ. އަންނަ މަހު އެއް ވަނަ ދުވަހު، ބާއްވާ ސްވިމިން އެސޯސިއޭޝަން އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ވެސް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ. އެތުލެޓިކްސް އިން ރައީސަކަށް ހޮވުމުގެ ފުރުސަތު ބޮޑީ، އެ މަގަމަށް ނަން ހުށަހެޅުއްވ ހަމައެކަނި ކެންޑިޑޭޓް، މުސްތަފާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox