ބެޑްމިންޓަންގެ ކުރިއެރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން ގޯސް

May 15, 2024, 5:54 AM
ރިވައިވަލްގެ ފަރިތަކުރުމެއްގެ ތެރެއިން ނަޝްފާން އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު

ރިވައިވަލްގެ ފަރިތަކުރުމެއްގެ ތެރެއިން ނަޝްފާން އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު

ރިވައިވަލް ސްޕޯޓްސް ކްލަބުން ބެޑްމިންޓަންގެ ޖޫނިއާ ކުދިން ކުރިއަރުވަން ކުރާ މަސައްކަތަށް ހުރަސްއަޅަން ބެޑްމިންޓަން އެސޯސިއޭޝަނުން ކަމެއް ކުރި ކަމުގައި ވިޔަސް އެއީ ކުޅިވަރަށް ލިބޭ ގެއްލުމެއް ކަމަށް ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ބުނެފި އެވެ.

ރިވައިވަލް އިން މި އަހަރު ބާއްވާ ޖޫނިއާ ދެ ވަނަ މުބާރާތް މި މަހު ކުރިއަށްދާނެ އެވެ. ބ. އޭދަފުށީގައި، ޖެނުއަރީ މަހު އޭދަފުށިން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ޖޫނިއާ އޯޕަން މުބާރާތް ވަރަށް ކާމިޔާބެވެ. އެ ކާމިޔާބީގެ މަތީގައި ފިޔަވަޅު ސާބިތުކޮށް، އިތުރު ފުރުސަތުތަކެއް ޒުވާން ކުޅުންތެރިންނަށް ހޯދައިދިނުމުގެ ވިސްނުމުގައި، ރިވައިވަލް އިން މި މަހު، 20-24 އަށް، ބެޑްމިންޓަން ޗެލެންޖް ޖޫނިއާ މުބާރާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

އެކަމަކު، ދެ މުބާރާތުން ވެސް ހާސިލްކުރަން ބޭނުންވާ ހުރިހާ ކަމަކަށް ވާސިލްވުމުގެ މިސްރާބަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. އެކަން ރިވައިވަލްގެ ކޯޗު، ނަޝްފާން ވަނީ މީޑިއާގައި ހިއްސާކޮށްފަ އެވެ.

"އެންމެ ބޮޑަށް މި ފާހަގަކުރެވެނީ މިދިޔަ ފަހަރު މުބާރާތް ނިމުނީމަ ވެސް ވަރަށް ގިނަ ޕޭރެންޓުން، މާލޭން ދިޔަ ޕޭރެންޓުން ވަރަށް ވާހަކަ ދެއްކި ވަކިން، ވަރަށް ގިނަ ކަންތައްތައް ހިއްސާކުރި އަޅުގަނޑުމެންނާ، ވާހަކަ ދައްކާލީމަ މި އެނގެނީ، ވަރަށް ބޮޑު މިސް ކޮމިއުނިކޭޝަން އެއް އެބައޮތް، ދެ ފަރާތުގެ،" ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން، ނަޝްފާން ބުންޏެވެ.

އޭނާ ބުނީ، ބެޑްމިންޓަން އެސޯސިއޭޝަނުން، ވައިޑީޕީގެ އެއް ބައި ޕްލޭޔަރުންގެ ބެލެނިވެރިން ކައިރީގައި ރިވައިވަލްގެ މުބާރާތް ނުކުޅެން ބުނެފައި ކަމަށެވެ. އެކަމަކު، އެންމެ ފުރަތަމަ މުބާރާތުގައި މި ގޮތަށް ދިމާވީ، ކުއްޖާގެ ވަގުތާއި ދަތުރު ފަތުރުކުރުމާއި މި ހުރިހާ ކަމަކަށް ބަލާފައި، އެސޯސިއޭޝަނުން ނިންމި ނިންމުމެއް ކަމަށް ބެލެވުމުގެ ޖާގަ އެބައޮތް ކަމަށެވެ. އެކަމަކު، އެސޯސިއޭޝަނުގެ މި އަމަލު، ތަކުރާރުވުން އެއީ މީގެ މައްސަލައެއް ކަމަށް ނަޝްފާން ވަނީ ފާހަގަކޮށްފަ އެވެ.

"މި ފަހަރު ވެސް އަނެއްކާ ވެސް، އެ އިޝޫ އައިސްފި، އަޅުގަނޑުމެން މުބާރާތެއް މި ބާއްވަނީ، މުބާރާތަކީ މޮޅުވާ ކުއްޖާ، މޮޅުވާނެ، ބަލިވާ ކުއްޖާ ބަލިވެއްޖިއްޔާ މި ޖެހެނީ، އިތުރަށް މަސައްކަތް ކުރަން. މޮޅުވާ ކުއްޖާ ޓައިޓަލް ދިފާއުކުރަން އެބަޖެހޭ މަސައްކަތް ކުރަން. މަސައްކަތް ކުރުން މި އޮންނަނީ ކުޅިވަރުގައި މޮޅުވާ ފަހަރާއި ބަލިވާ ފަހަރު މި ދަނީ، މި ފަހަރު ވެސް އެ އިޝޫ އައިސްފި، ވަރަށް ބޮޑަށް އެ ކުދިންނަށް މުބާރާތް ނުކުޅެވޭނެ ގޮތެއް އޮވެއްޖިއްޔާ، ދަތިކޮށްގެން އެކަން ކުރާ ކަމަށް ވަރަށް ގިނަ ޕޭރަންޓުން އަނެއްކާ ވެސް ބުނެފި، އެއްބައި ޕޭރަންޓުން އެންޓްރީ ލާފަ ވިތުޑްރޯ ވެސް ކޮށްފި. އެބަ ބުނެލާ މިހެން މިހެން ވެގެނޭ،" 2021 ވަނަ އަހަރުން ފެށިގެން ރިވައިވަލްގައި މަސައްކަތް ކުރަމުން އަންނަ ނަޝްފާން ބުންޏެވެ.

ގައުމީ ބެޑްމިންޓަން ޓީމާ އެކު، 2019 ވަަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށް ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަން، ނަޝްފާން ބުނީ، ޖޫނިއާ ކުދިންނަށް ނުރަނގަޅު ޕްރެޝަރު ދިނުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

"މުބާރާތެއް ނުކުޅެ އެހެންތިބެންޖެހޭތީ، ޕޭރެންޓުން ކައިރީ މި އަހަނީ، ކީއްވެތޯއޭ ނާހަނީ އެސޯސިއޭޝަން ކައިރިން. ސުވާލު ކުރީމަ އެ ބުނަނީ، މިހާރު ކަރެކްޝަންސް ހަދަނީއޭ. މީގެ ދެ އަހަރު ކުރިން ވެސް ކަރެކްޝަންސް ހަދަނީ، އަނެއްކާ ވެސް ކަރެކްޝަންސް ހަދަ ހަދާ އޮއްވައި، ކުއްޖާ އުމުރުން 20 އަހަރު އެބަވޭ. ޖޫނިއާ އޭޖް އެބަ ގެއްލޭ، ދެން މި ދަނީ ސީނިއާ ލެވަލަށް. އެ ލެވަލަށް ދާއިރު، އެއްކަލަ ކަރެކްޝަންސް ހެދިހެދީނުން، ސީނިއާ ލެވަލަށް އަންނަ ކުއްޖާ އަށް އެބަޖެހޭ ނެޝަނަލް ޓީމަށް އަންނަ ކޯޗެއް ކައިރިން ބޭސިކް ރަނގަޅުކުރަން. އެހެންވެ، ދައްކާ ވާހަކަ ދިމައެއް ނުވޭ،" ނަޝްފާން ބުންޏެވެ.

"ވަރަށް ބޮޑަށް ވަގުތު މި ގެއްލެނީ ކުއްޖާގެ ޑިވެލޮޕްމަންޓަށް. އަޅުގަނޑުމެން މި ބުނަނީ، އަމިއްލަ ކުއްޖާ އަށް ޓަކައި، ތިދޭ ވަގުތާއި ގުރުބާނީ ބޭކާރު ގޮތުގައި ދިޔަ ނުދޭށޭ. ރަނގަޅު ނިންމުމެއް ނިންމާށޭ،"

ބެޑްމިންޓަން އެސޯސިއޭޝަނުން ކުޅުންތެރިންނާ މެދު އެންމެ ރަނގަޅަށް އަމަލުނުކުރާކަން ދޭހަވާ އެންމެ ބޮޑު އެއް ކަމަކީ، ގައުމީ ޓީމުގެ ސެޓަޕްގެ ތެރޭގައި ތިބެފައި، އެ ތަން ދޫކޮށްލުމަށް ފަހު، ރިވައިވަލް ސްޕޯޓްސްއާ ގުޅުމެވެ. އެ ގޮތުން، ދާދި ފަހުން، ގައުމީގެ ޓީމުގައި ހިމެނިގެން ލިބުނު ސްކޮލަޝިޕެއްގެ ތެރޭގައި ތިބި، ދެ ކުޅުންތެރިން ކަމަށްވާ ހަސަން ޒަޔާން އާއި ނިބާލް އަހުމަދު ވަނީ ރިވައިވަލްއާ ގުޅިފަ އެވެ.

"(ނިބާލް އާއި ޒަޔާން) ގައުމީ ޓީމުގައި ތިބެފައި އެ އައީ، އަޅުގަނޑުމެން ވެސް ބެޑްމިންޓަން ކުރި މި އަރުވަނީ، ބެޑްމިންޓަނަށް ގެއްލުމެއް ދެނީކީއެއް ނޫން. އެ ކުދިން ވެސް އެ އައީ މި ކޮޅުން ރަނގަޅު ކަންތައްތަކެއް ލިބޭތީ ކަމަށް ގަބޫލުކުރަން މި ޖެހެނީ،" ނަޝްފާން ބުންޏެވެ.

ރިވައިވަލް އިން ދިން ފުރުސަތެއްގައި ޒަޔާން އާއި ނިބާލް މި ވަގުތު އަންނަނީ މެލޭޝިއާގައި ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox