ޓިއުނީޝިއާގެ އަންހެނަކު މޮރޮކޯގައި ބިނާކުރި މަދަރުސާ؛ ދުނިޔޭގެ އެންމެ ގަދީމީ ޔުނިވާސިޓީ

އަލްޤަރަވިއްޔީން ޔުނިވަސިޓީ

އަލްޤަރަވިއްޔީން ޔުނިވަސިޓީ

ފާތިމަތު ބިންތި ފިހްރިއްޔާ އަލްގުރައިޝިއްޔާ އަކީ ތޫނިސްއަށް ނިސްބަތްވާ ބޭފުޅެކެވެ. ދިރިއުޅުމުގެ ކުރީކޮޅުގެ އަހަރުތައް ތޫނިސްގެ ކައިރޮއާންގައި ހޭދަކުރުމަށްފަހު އާއިލާއާއެކު، މޮރޮކޯގެ ފެސްއަށް ދިރިއުޅުން ބަދަލުކުރި އެވެ. އޭނާގެ ބައްޕަ މުހައްމަދުއްފިހްރިއްޔާއަކީ ވިޔަފާރިވެރިއެކެވެ. ފާތިމާގެ ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ބައްޕަ ނިޔާވި އެވެ. އޭގެ ދުވަސްތަކެއް ފަހުން ފިރިމީހާ ވެސް ނިޔާވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން، އާއިލީ ވިޔަފާރިއާއި ހުރިހާ މުދަލެއް ވާރުތަވީ ފާތިމާއަށާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްއަށެވެ. މިލްކުވީ ތަނަވަސްކަން ދުނިޔޭގެ އުފަލަށް ހޭދަކުރުމުގެ ބަދަލުގައި ދެބެއިން ނިންމީ އާންމުވެގެންވާ މަންފާއަށް ހޭދަކުރުމަށެވެ.

މޮރޮކޯގެ ފެސް ގައި މިހާރު އެހުރި އަލްޤަރަވިއްޔީން ޔުނިވަސިޓީއަކީ ތޫނިސްގެ ކައިރޮއަންއިން ހިޖުރަކުރި އާއިލާތަކަށް ހާއްސަކޮށްގެން ފާތިމާ ބިނާކުރި މަދަރުސާއެކެވެ. އޭރު މޮރޮކޯ މިއޮތް ސަރަހައްދާއި، އަލްޖީރިއާގައި އޮތީ އިދުރީސީންގެ ވެރިކަމެވެ. އެއީ މޮރޮކޯގައި އުފެދުނު އިސްލާމީ ފުރަތަމަ ވެރިކަމެވެ.

އަލްޤަރަވިއްޔީން ޔުނިވަސިޓީ ހުރި ބިމަކީ މީލާދީން 845 ގައި، އިދުރީސީންގެ 5 ވަނަ ރަސްގެފާނު ޔަހްޔާ އިބުނު މުހައްމަދުގެ ވެރިކަމުގެ ދުވަސްވަރު ކުޑަ މިސްކިތެއް ބިނާކޮށްފައި ހުރި ބިމެކެވެ. މި މިސްކިތާއި، އެތަނާ އިންވެގެންހުރި ބިންތައް ގަތުމަށްފަހު، މިސްކިތާއި މަދަރުސާ ބިނާކޮށް ނިމުނީ މީލާދީން 857 ނުވަތަ 859 ވަނަ އަހަރު އެވެ.

އަލްޤަރަވިއްޔީން ޔުނިވަސިޓީއަކީ އެ ޔުނިވަސިޓީ އުފެދުނު ދުވަހުން ފެށިގެން މިއަދާހަމައަށް ވެސް މެދުކެނޑުމެއްނެތި މަތީ ތައުލީމު ދޭ މަރުކަޒެކެވެ. މީލާދީން ނުވަވަނަ ގަރުނުގެ ތެރޭގައި ފެށުނު މި މަދަރުސާ މުޅި ދުނިޔެއަށް މަޝްހޫރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން މި މަދަރުސާގައި ތައުލީމު ހާސިލުކުރުމަށް އައިސް އުޅުނެވެ. މީލާދީން 13 ވަނަ ގަރުނާ ހަމައަށް ދިޔައިރު، މި ޔުނިވަރސިޓީގައި ގުރުއާނާއި، ފިގުހާއި، ހަދީސް އިލްމާއި، މަންތިޤާއި، ބޭސްވެރިކަމާއި، ނުޖޫމާއި، ހިސާބު އިލްމާއި، ޖިއޮގްރަފީއާއި ބަހަވީ އިލްމުތައް މާއްދާތަކުގެ ގޮތުގައި ކިޔަވައިދެމުން ގެންދިޔަ އެވެ.

މި ދުވަސްވަރު، މޮރޮކޯގައި އޮތް އިދުރީސީންގެ ވެރިކަން ނިމުމަކަށް އައިސް މަރިނިއްޔޫން އަސްރު ފެށުނެވެ. މިއީ އަރަބިކަރައިގެ ގަބީލާއެކެވެ. މަރިނިއްޔޫން ވެރިކަމުގެ ވެރިންނަކީ ތައުލީމަށް ލޯބިކުރި ބަޔަކަށްވާތީ، އަލްޤަރަވިއްޔީން ޔުނިވަސިޓީ ހުރި ސަރަހައްދުގައި އެތައް ތައުލީމީ މަރުކަޒުތަކަކާއި މިސްކިތްތަކެއް ބިނާކުރި އެވެ. އޭރު އިސްލާމީ ވެރިކަމުގެ ބާރު ހިނގަމުން ދިޔަ ހުރިހާ ސަރަހައްދެއްގެ އިލްމުތައް މޮރޮކޯގެ ފެސްގައި، އަލްޤަރަވިއްޔީން ޔުނިވަސިޓީ ހުރި ސަރަހައްދަށް ޖަމާކުރި އެވެ. ނަތީޖާއަކަށްވީ، ތައުލީމީ މީހެއްނަމަ، އެ މީހަކީ މޮރޮކޯގެ ފެސް ސިޓީއިން ތައުލީމު ހާސިލުކޮށްފައިހުރި މީހަކަށް ވުން ލާޒިމުވެގެން ދިއުމެވެ.

އަލްޤަރަވިއްޔީން ޔުނިވަސިޓީއަކީ އަންހެނަކު ބިނާކުރި މަރުކަޒަކަށްވީނަމަވެސް، އެ ޔުނިވަސިޓީގައި އެ ދުވަސްވަރު ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ފިރިހެނުންނަށެވެ. އެހެންނަމަވެސް ޝައުގުވެރިކަން ހުރި އަންހެނަކު ހުރިނަމަ، ފިރިހެނުންނާ ނިވާވެގެން ދުރުގައި ހުރެ، އިލްމީ ބަހުސްތައް އަޑުއަހާލުމުގެ ފުރުސަތު ލިބެ އެވެ. ބަހުސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ފިރިހެނުންނަށެވެ.

އަލްޤަރަވިއްޔީން ޔުނިވަސިޓީގެ ތައުލީމު އޭގެ އެންމެ އުސްހަރުފަތްތަކަށް އެރުމަށްފަހު، މީލާދީން 1788 އިން 1789 އާ ދެމެދު ދަށަށް ދާން ފެށި އެވެ. އެދުވަސްވަރު މޮރޮކޯގެ ރަސްކަލަކަށް ހުންނެވި މުހައްމަދު އިބުނު އަބްދުﷲ އަށް ފެނިވަޑައިގަތީ، އަލްޤަރަވިއްޔީން ޔުނިވަސިޓީގެ ތައުލީމުގައި ވެވޭ އިހުމާލަކީ މުޅި މަޣުރިބަށް އޭގެ ގެއްލުން ދައްކާނޭ ކަމެއް ކަމަށެވެ. އެ ދުވަސްވަރު، ޔުނިވަސީޓގައި ތަފުސީރާއި، އަރަބި ބަހާއި އިސްލާމިކް ސައިންސް ކިޔަވައިދެމުން ގެންދިޔަ ގޮތަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އެ މާއްދާތައް އުނގަންނައިދިނުމުގައި ޔުނިވަރސިޓީން ފަރުވާކުޑަކުރާ ކަމުގެ ތުހުމަތުތަކާއެކު، އެކަންކަން އިސްލާހުކުރުމަށް މުހައްމަދު އިބުނު އަބްދުﷲ އަމުރުކުރެއްވި އެވެ.

އަލްޤަރަވިއްޔީން ޔުނިވަސިޓީގެ އުނގަންނައިދިނުމުގެ ފެންވަރު ދަށްވި ސަބަބު ހޯދުމަށް ކުރެވުނު ދިރާސާއިން ހާމަވީ، އެ ޔުނިވާސިޓީގެ ޖާގައާއި، އަދި ލިބިފައިހުރި ވަސީލަތްތަކާ ނުބައްދަލު އަދަދަކަށް ފެކަލްޓީތައް އުފެއްދުމާއި، ދަރިވަރުން މާ ގިނަވުމެވެ. އޭރު އެ ޔުނިވަސިޓީގައި، އެކި މާއްދާތައް އުނގަންނައި ދިނުމަށް 425 ފެކަލްޓީ ނުވަތަ ސުކޫލު ހިންގަމުން ދިޔަ އެވެ. ރަސްގެފާނުގެ އަމުރުފުޅަށް ބައެއް މާއްދާތައް ކިޔަވައިދޭ ފެކަލްޓީތައް ބަންދުކޮށް، ފެކަލްޓީތަކުގެ އަދަދު 266 އަށް މަދުކުރެވުނެވެ. ކޮންމެ މާއްދާއެއްގެ މަންހަޖް އެކުލަވާލެވި، ބައެއް އިލްމުތައް އެއްކޮށްލެއްވި، އެއް މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުނެވެ. މި ބަދަލާއެކު، ޔުނިވަރސިޓީ އިހުހުރި ފެންވަރަށް ރުޖޫއަވާން ފެށި އެވެ.

މިގޮތުގައި ޔުނިވަސިޓީ ހިނގަމުން ދަނިކޮށް، މޮރޮކޯއިން އިސްލާމީ ވެރިކަން ނިމުމަކަށް އައިސް، 1912 ވަނަ އަހަރު ފަރަންސޭސީންގެ ހިމާޔަތުގެ ދަށަށް މޮރޮކޯ ދިޔަ އެވެ. މި ސިޔާސީ ބަދަލު ވެގެން ދިޔައީ އަލްޤަރަވިއްޔީން ޔުނިވަސިޓީގެ ކުރިއެރުމަށް އައި އެންމެ ބޮޑު ގޮންޖެހުމަށެވެ. ފަރަންސޭސި ވެރިކަމުން އެންމެ ފުރަތަމަ ވިހަލާން ފެށީ މި ޔުނިވަރސިޓީގެ މަންހަޖަށެވެ. ޔުނިވަސިޓީގައި ކިޔަވައިދޭ މާއްދާތަކާއި، ދަރިވަރުންގެ އަތުން ނަގާ ފީއާއި، މުދައްރިސުން އުޖޫރަ ފަދަ ހުރިހާ ކަމަކާ ބެހެން ފެށި އެވެ. އަލްޤަރަވިއްޔީން ޔުނިވަރސިޓީގައި އަންހެނުންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުނީ މީލާދީން 1940 ގެ ތެރޭގަ އެވެ. ފަރަންސޭސި ބާރުތަކުން އަލްޤަރައްވިއްޔީން ޔުނިވަރސިޓީގެ ކަންކަމާ ބެހެން ފެށުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުން އެ ޔުނިވަރސިޓީ ދޫކޮށް، އެހެން މަރުކަޒުތަކަށް ބަދަލުވާން ފެށި އެވެ.

މޮރޮކޯއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބުމުގައިވެސް އަލްޤަރަވިއްޔީން ޔުނިވަސިޓީގެ ދައުރު ބޮޑެވެ. އޭރު ޔޫރަޕްގެ ނުފޫޒާ ދެކޮޅަށް ކުރެވެމުންދިޔަ އިހުތިޖާޖުތައް ރާވައި ހިންގަމުން ދިޔައީ އެ ޔުނިވަސިޓީގެ ދަރިވަރުންނާއި އެދުރުންނެވެ. މި އެންމެންގެ މަސައްކަތުން މީލާދީން 1963 ވަނަ އަހަރު މޮރޮކޯއަށް މިނިވަންކަން ލިބުމުން، މޮރޮކޯގެ ފަސްވަނަ މުހައްމަދު ރަސްގެފާނުގެ ވެރިކަމުގެ ފުރަތަމަ ނިންމުމަކަށްވީ އަލްޤަރަވިއްޔީން ޔުނިވަރސިޓީއަށް ރަސްގެފާނުގެ ގަރާރަކުން ޔުނިވަރސިޓީއެއްގެ ދަރަޖަ ދެއްވުމެވެ.

މުސްލިމުންގެ މަޝްހޫރު ޖިއޮގްރަފަ އަލްއިދުރީސީ ނުވަތަ އަބޫ އަބްދުﷲ މުހައްމަދު އަލްއިދުރީސީ އަލްޤުރުޠުބީ އަކީ އަލްޤަރަވިއްޔީން ޔުނިވަސިޓީގެ ދަރިވަރެއް އަދި މުދައްރިސެކެވެ. ޔަހޫދީންގެ މަޝްހޫރު ނުޖޫމީ އިލްމުވެރިޔާ މޫސަސް ބިން މާމުންއާއި، އެފްރިކާގެ ޖިއޮގްރަފީގެ މައްޗަށް ފުރަތަމަ ފަހަރަށް ފޮތެއް ލިޔުއްވި، ސްޕެއިންގެ ލިއޯ އެފްރިކާނުސްއާއި، އަލްޖީރިއާގެ މަޝްހޫރު ތާރީހު އިލްމުވެރިޔާ އަހުމަދު އިބްނު މުހައްމަދު އަލްތިލްމިސާނީ ފަދަ ބޭފުޅުންނަކީ އަލްޤަރަވިއްޔީން ޔުނިވަސިޓީގެ އިސް ދަރިވަރުންނެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންއަށް ބަލާއިރު، އަލްޤަރަވިއްޔީން ޔުނިވަސިޓީ ދަނީ 9384 ވަނަ އަށެވެ. އެފްރިކާގެ ރޭންކިންގައި އޮތީ 432 ވަނައިގަ އެވެ. މޮރޮކޯގައި 17 ވަނައިގަ އެވެ. ފެސް ސިޓީގައިވެސް ދެވަނައިގަ އެވެ. އެތައް ގަރުނެއް ވަންދެން ހިނގަމުންދާ މި ޔުނިވަސިޓީގެ ވެއްޓުމުގެ ސަބަބަކީ ސިޔާސީ ބިރެވެ. އަލްޤަރަވިއްޔީން ޔުނިވަސިޓީއަކީ މާ ބާރުގަދަ މުއައްސަސާއަކަށް ވުމަކީ ވެރިކަމުގެ ފަރާތަށް އޮތް ގޮންޖެހުމަކަށްވާނޭތީ، އެ ޔުނިވަރސިޓީ އިހުމާލުކޮށްލީ ގަސްތުގަ އެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ އެހެން ގައުމުތަކުގައިވެސް ކަންހިނގާފައިވާ ގޮތެވެ.

އަލްޤަރަވިއްޔީން ޔުނިވަސިޓީއަށް މިހާރު އޮތް ހަމައެކަނި ޝަރަފަކީ މީލާދީން 845 ވަނަ އަހަރު ހިނގަން ފެށިގޮތަށް އަދިވެސް ހުއްޓުމެއްނެތި ހިނގަމުންދާ ކަމުގެ ޝަރަފެވެ. މި ޔުނިވަސިޓީގައި މިވަގުތުވެސް 8000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އެބަ ގެންދެ އެވެ. އެ ޔުނިވަރސިޓީއަކީ ހުއްޓުމެއްނެތި އެންމެ ގިނަ ދުވަސް ވަންދެން ހިނގަމުންދާ ޔުނިވަސިޓީކަމަށް ޔުނެސްކޯއިން ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox