ބޭންކް އޮފް މޯލްޑިވްސް އިން ހިދުމަތް ދޭ ވިޔަފާރިތަކަށް ޗައިނާގެ ވީޗެޓް ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް މިއަދު ހަދައިފި އެވެ.
އެ ބޭންކުން ހާމަކުރި ގޮތުގައި މިހާރު ވީޗެޓް ޕޭގެ ކިއުއާރު ކޯޑް ޕޭމަންޓުތައް މާޗަންޓުންނަށް ބަލައިގަނެވޭނެ އެވެ. ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކުގައި ވީޗެޓް ޕޭ މިހާރު ވަނީ ހިމަނާފަ އެވެ.
ވީޗެޓް ޕޭއަކީ މޯބައިލް ޕޭމަންޓުތައް ހެދޭ ޑިޖިޓަލް ވޮލެޓެކެވެ. މިދިޔަ 2023 ނިމުނުއިރު އެ ހިދުމަތް 1.1 ބިލިއަން މީހުން ބޭނުންކުރެ އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ޒިޔާރަތްކުރާއިރު މިއީ އެ މީހުންނަށް ރާއްޖޭގައި ހޯދާ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ފަސޭހަ ވެގެންދާނެ އެވެ.











