އަލީ ރާޖާގެ މަރާމެދު ހިތާމަކޮށްގެން ކުށްވެރިވީ މީހާގެ ބަސް!

އަލީ ރާޖާގެ މަރާމެދު ހިތާމަކޮށްގެން ކުށްވެރިވީ މީހާގެ ބަސް!

ދިވެހިރާއްޖޭގެ މެދު ޒަމާނުގެ ތާރީހަށް ބަލާއިރު، ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ މަލާބާރީންނެވެ. ދޭތެރެދޭތެރެއިން ރާއްޖެއަށް ކުރިމަތިކުރާ ދުއްޕާންތަކާއި، ދޭ ހަމަލާތަކުގައި ކޮންމެ ފަހަރަކުވެސް ރާއްޖެއިން އެތައް ގެއްލުމެއް ތަހައްމަލުކުރަންޖެހެ އެވެ. މީލާދީން 1752 ވަނަ އަހަރު ދިވެހިރާއްޖެއަށް މަލާބާރީން ދިން ހަމަލާ ކާމިޔާބުވެ މި ރާއްޖެ މަލާބާރީންގެ އަތްދަށަށް ދިޔަ އެވެ. އޭރު ރާއްޖޭގައި ރަސްކަން ކުރައްވަމުން ގެންދެވީ އައްސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީނެވެ. ކަންނަންނޫރު އަލީރާޖާގެ މަލާބާރީން މިރަދުން ހައްޔަރުކުރައްވައި، ލޯފުޅު ކަނުކުރައްވައި ކަންނަންނޫރުގައި ހައްޔަރުކުރެއްވި އެވެ. އޭގެ އިތުރަށް ބިރުވެރިކަން އާންމުކުރުމަށްޓަކައި މާލޭގެ އެތައް ތަނެއްގައި ހުޅުޖަހައި އަންދައިލި އެވެ.

އަޅުގަނޑުމެން ދިވެހިން މި ދަންނަ ކަންކަންނޫރު އަލީރާޖާއަކީ މާމަލޭ މަރައްކާރު މުހައްމަދު އަލީ އެވެ. މިއީ މީލާދީން 1545 އިން ފެށިގެން ކަންނަންނޫރުގައި ވެރިކަން ކުރަމުން އަންނަ އަރައްކަލް ވަންހައަށް ނިސްބަތްވާ ޒުވާނެކެވެ. 'އަލީ ރާޖާ' އަކީ މިދަރިކޮޅުގެ ވެރިންނަށް އެރުވޭ ލަގަބެކެވެ. އެ ދަރިކޮޅުގެ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އެއީ އަލީ ރާޖާ އެވެ.

މަރައްކާރު މުހައްމަދު އަލީ ނުވަތަ އަލީ ރާޖާގެ ހަމައެކަނި ނިޔަތާއި މަގުސަދަކީ އޭނާގެ ވިޔަފާރިއާއި ބާރުގެ ދާއިރާ ފުޅާކުރުމެވެ. ސިލޯނާއި ދިވެހިރާއްޖޭގައި ކަންނަންނޫރުގެ ވިޔަފާރިވެރިން ކުރަމުން ދިޔަ ވިޔަފާރިތަކަށް ފަހިކުރުމަށްޓަކައި އެ ވިޔަފާރިވެރިން ދެ ގައުމުގެ ވެރިންނާ ގުޅުން ބަދަހިކުރަނީ އެވެ. މި ގުޅުމުގެ ތެރެއިން ލިބޭ މައުލޫމާތުތަކުން، ވެރިކަމާ ތޮޅޭ ބަޔަކު ތިބިނަމަ އެބަޔަކު ފާހަގަކޮށް، އެ ބަޔަކާވެސް ގުޅުން އުފައްދަ އެވެ. އަދި ސިއްރުވެރިގޮތުގައި، އިދިކޮޅު ރޭވުންތަކަށް ވާގިވެރިވެސް ވެ އެވެ.

ދިވެހިރާއްޖެ މަލާބާރުންގެ އަތްދަށަށް ދިޔައީވެސް ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކުޅަ ކަންތައްތަކުގެ ސަބަބުންނެވެ. ދިވެހި ވެރިކަމުގެ ބަލިފައިތަކާއި، ހަމަލާދޭންވީ ދަނޑިވަޅުފަދަ ބޮޑެތި ސިއްރުތައް ހިއްސާކޮށްގެން ވީ ހިޔާނާތުގެ ސަބަބުން، އައްސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީނުގެ ރަސްކަން ފުރޮޅާލައި، ދިވެހި ތަހުތަށް ވެރިވެގަންނަން ފުރެއްދެ ބާރަކަށް ޖާގަ ލިބުނީ އެވެ. މި ހިޔާނާތުގައި މެކުނު ދިވެހިންނަށްވެސް ލިބުނީ ކޮޅުކެއްސެވެ. އެމީހުން ކަނޑުފައްތައި މަރާލީ އަމިއްލަ ފަސްގަނޑަށް ތެދުވެރިނުވި ބަޔަކަށް އިތުބާރު ކުރެވޭން ނޯންނާނޭކަމަށް ބުނެ އެވެ. އަލީ ރާޖާގެ ބާރުގެ ދަށުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު ދިވެހިރާއްޖެ އަށާއި ދިވެހިންނަށް ދިން ގެއްލުންތައް ނުހަނު ބޮޑެވެ. އެއިން ކަމަކަށް މައާފުކުޅައުމަކީ ދިވެއްސެއްގެ ހިތަށް ކުޅަދާނަވެގެން ވާނޭ ކަމެއް ނޫނެވެ.

އެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވީ ފަހުންވެސް އެބައިމީހުން ދޭތެރެދޭތެރެއިން ދިވެހިރާއްޖެއާ ދިމާކޮށްލަ އެވެ. އެހެނަސް ދިވެހިން ތިބެނީ ހުށިޔާރުވެ އެވެ. ރާއްޖެއާ ތޮޅޭން އަންނަ ކޮންމެ ބަޔަކު ބަލިކުރަމުން ދިޔައެވެ.

އައްސުލްތާން މުހައްމަދު މުއީނުއްދީނު އަލްއައްވަލުގެ ޒަމާނުގައި ދިވެހިރާއްޖެއާ ދިމާކުރަން ހޮޅީން އަންނަ ކަމުގެ ހަބަރުވެގެން ރަދުންގެ އަމުރުފުޅަށް ހަނގުރާމައަށް ތައްޔާރުވުމުގައި ރައްޔިތު ފިރިހެނުން އަވަދިނެތި އެބައުޅެ އެވެ. އެންމެ ބޮޑު މަސައްކަތަކަށް އޮތީ ބަޑިހަރުތައް އައުކުރުމެވެ. މި މަސައްކަތަށް ބޭނުންވާ ހައިވަކަރު ކީހާން ވެގެން ތިއްބައި އިތުރު ހަބަރެއް ލިބިއްޖެ އެވެ. މަލިކު އޮޑިއެއްގެ ބަޔަކު ތިލަދުންމައްޗަށް ވަދެ ދިން ހަބަރެއް ހިފައިގެން ތިލަދުންމަތިން ފުރައިގެން އައިސް މާލޭގެ ކަޑިންމައިން ވަން އޮޑިއަކުން ގޮވާލި އެވެ. ކަންނަންނޫރު އަލީރާޖާ މަރުވެއްޖެ އެވެ.

ހަނގުރާމައަށް ތައްޔާރުވާންތިބި ދިވެހީންތައް އެކީ އެއް އަޑަކުން ٱلْحَمْدُ لِلَّٰهِ އޭ ގޮވާން ފެށި އެވެ. އެކަކު އަނެކަކަށް ތަހުނިޔާ ކިޔާން ފެށި އެވެ. މިކަމެއް ހިނގަމުން ދިޔައިރު ހަރުފުރައިގެ މީހަކު ހަމަހިމޭނުން އިނދެފައި އެންމެން ހިމޭންވެ އަޑުމަޑުވުމުން އެބަ ކިޔަ އެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އެވެ. ތިބާއީ އަހަރުމެންނަށް އޮތް ވަރަށް ދެރަ ހަބަރެކެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ. އެ މީހާއަށް ކޮށްފައި ހުރި ފުންއަސަރު އޭނާގެ މޫނުމަތިން ފާޅުވެ އެވެ.

މިކަމާ ހިތްހަމަނުޖެހިގެން، އެއްވެފައިތިބި ހަނގުރާމަވެރިން މީނާއާ ދިމާކޮށްލައިފި އެވެ. ދިވެހި ލަޝްކަރުގެ އެންމެ ބޮޑު ދުޝްމަނު މަރުވުމަކީ މި ލަޝްކަރަށް ލިބުނު ފަސޭހަ އެކެވެ. އެކަމުގެ މައްޗަށް ހިތާމަކުޅައުން ހައްގުވަނީ ކޮން ހުއްޖަތަކުންތޯ ސުވާލުކޮށް ހިތްހަމަނުޖެހުމުގެ ބަސްތަކުން މީނާއާ މުހާތަބުކުރެވެމުން ދިޔަ އެވެ. ދާދި އަވަހަށް މި ހަބަރު ރަދުންގެ ކަންފަތްޕުޅަށްވެސް ފޯރައިފި އެވެ. ވަގުތުން އަމުރުފުޅުކުރެއްވީ އޭނާ ހާޒިރުކުރުވުމަށެވެ. ހަނގުރާމައިގެ ވަގުތުގައި ދިވެހި ލަޝްކަރުގެ ޖޯޝު މަރުވާ ގޮތަށް، އަދި ލަޝްކަރުގެ ތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް އަމަލުކުރީތީ ކުށްވެރިވީ އެވެ.

މި މީހަކު ހާޒިރުކުރެވުމުން ރަދުން ކޯފާވެފައި މީނާއާ ސުވާލުކުރެއްވި އެވެ. އަލީ ރާޖާގެ މަރާމެދު ކަލޭ ހިތާމަކުރި ހަބަރު އައްސަވައިފީމެވެ. އެގޮތަށް ވާހަކަ ދެއްކުމުގެ މުރާދަކީ ކޮބައިކަން ބުނެދޭށެވެ. އޭނާ ރަދުންނަށް އަދަބު އަދާކޮށް ދަންނަވަ އެވެ. މާތް ރަސްކަލާނގެ މަހާރަދުންގެ އުމުރުފުޅު ދިގުކުރައްވާށި އެވެ. ނިކަމެތި އަޅާ ބުނީ ދެ ޖުމުލައެކެވެ. އެއް ޖުމުލައަކީ إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އެވެ. އެހެން ބުނެވުނީ އަޅު އަޑުއެހި ގޮތުގައި އަލީ ރާޖާ އަކީ މުސްލިމެކެވެ. އެހެންވީމާ މަރެއްގެ ހަބަރު ލިބޭ ހިނދު އަމިއްލަ މަރު ހަނދާންކުރަން އަންގަވާފައި އޮންނަ ފަދައިން އެބަސް ބުނީ އެވެ.

ދެވަނަ ޖުމުލައަކަށް ބުނީ "ތިބާއީ އަހަރުމެންނަށް ވަރަށް ދެރަ ހަބަރެކެވެ" މިހެންނެވެ. މިހެން ބުނި ސަބަބަކީ މި ލަޝްކަރުގެ ބަދަހިކަމާއި، ވަރުދަގަކަން ބިނާވެފައި އޮތީ މި ފާއިތުވެދިޔަ ތަނުގައި އަލީ ރާޖާގެ ދުއްޕާނާ ކުރިމަތިލުމަށް ކުރި ހިތްވަރުގެ މައްޗަށެވެ. އެކަހަލަ އަލީ ރާޖާއަކު ހުރެގެން ނޫނީ، މި ލަޝްކަރުގެ ހިތްވަރާއި ފަންވަރާއިއެކު، މަހާރަދުންގެ ހައިބަތާއި ގަދަރުފުޅު ބޮޑުވަމުންދާނީ ކިހިނަކުންތޯ އެވެ. މުސްކުޅީން ބުނެ އުޅޭތީ މި އަޅާ އަހައި އުޅެނީ ތިމާއާ ވާދަކުރާނޭ ހަމަހަމަ މީހަކު ނޫޅެނީވިއްޔާ ތިމާ މުޅީން ކަންނެތްވެ ގުނަންތައް ވަރުބަލިވެދާނޭ ކަމަށެވެ. މި ވަގުތުވެސް މި ލަޝްކަރު މިއޮތީ އެ އަލީ ރާޖާގެ ދުއްޕާނަކުން ސަލާމަތްވުމުގެ މަސައްކަތުގައި ނޫންތޯ އެވެ. އަލީރާޖާގެ މަރާމެދު ކުރެވުނު ހިތާމައަކީ އޭނާ ނެތްނަމަ މަހާރަދުންނަކަށް އަޅުގަނޑުމެންގެ މާބޮޑު ބޭނުންފުޅެއްވެސް ނުމެ އޮންނާނެޔޭ ހީވެ، އެކަމުގެ މައްޗަށް ކުރެވުނު ހިތާމައެކެވެ.

ރަދުން ހިނިފުޅުވަޑުވާފައި މީނާ މިނިވަންކުރުމުގެ އިތުރުން، މީނާގެ ގަދަރު މަތިކުރައްވައި މުސްކުޅި ބޭކަލުންގެ ތެރެއަށް ލައްވައިފި އެވެ.

ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް މުސީބާތެކޭ ހީވާ ކަންކަން ނިމޭއިރު، ކޮށްފައި ހުންނަ ފައިދާވެސް މަދެއް ނޫނެވެ. ކުރިމަތިވާ މުސީބާތުން ލިބޭން އޮތް ގެއްލުމެއް ލިބުމަށް ފަހު ފިލައިދާނޭކަން ކަށަވަރެވެ. އެކަމެއް ފިލައިގެން ދާއިރު، އެކަމަކާއެކު ގެއްލި ގޮސްފައި ހުންނަ 'ނިއުމަތް' ތަކާމެދު އަޅުގަނޑުމެން ކުރާ ހިތާމައިގެ އަސަރުން، އެ މުސީބާތުގެ ސަބަބުން ލިބުނު ނިއުމަތްތަކަށް ކަޅި ހިންގައި ނުލެވެނީ އެވެ.

މައުލޫމާތު؛ ދިވެހީންގެ ވާހަކަ

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox