ޗައިނާ ކުޅުންތެރިންނާ އެކު ޒުވާން ޓީޓީ ޓީމުން ފަރިތަކުރުންތައް ފަށައިފި

ކެޑޭޓް މުބާރާތައް ފަރިތަކުރަމުން އަންނަ ޖޫނިއާ ޓީޓީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ކެޑޭޓް މުބާރާތައް ފަރިތަކުރަމުން އަންނަ ޖޫނިއާ ޓީޓީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ޗައިނާގެ ކުޅުންތެރިންނާ އެކު, ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ޓީމުން މި މަހު ކޮލަމްބޯގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް މުބާރާތައް ފަރިތަކުރުންތައް ފަށައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އާ ދެމެދު ހެދުނު އެގްރީމަންޓްގެ ދަށުން ޗައިނާ ކުޅުންތެރިން ރާއްޖެ އަށް ތަމްރީނު ޕްރޮގްރާމްތަކުގައި އައުމަށް ވަނީ ނިންމައިފަ އެވެ.

އެހެންވެ, ކެޑޭޓް މުބާރާތުގެ ކުރިން ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދަނީ މި ކުޅުންތެރިންނާ އެކުގަ އެވެ. މީގެ ކުރިން، ސާބިއާގެ ކުޅުންތެރިން ވެސް ވަނީ ޒުވާން ގައުމީ ޓީމުގެ އިތުރުން ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު، ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ޖޫނިއާ ގައުމީ ޓީމުގެ ކޯޗު ހުސެއިން ރަޝީދު "އަދަދު" (ހުސެން) އާ ވާހަކަ ދައްކަމުން ބުނީ ޗައިނާ ކުޅުންތެރިންނާ އެކު ކުރެވުނު ފަރިތަކުރުންތައް ކާމިޔާބު ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ތަފާތު ގޮތްގޮތައް ބޯޅަތައް ކުޅެން ދަސްވެފައިވާ ކަމަށް ހުސެން ވަނީ ބުނެފަ އެވެ.

"ޓީޓީ އަކީ ތަފާތު ބޯޅަތަކެއް ކުޅެން މި ލިބެނީ އެހެން މީހުންގެ ފަރާތުން. ޗައިނާގެ ތިން ކުޅުންތެރިން މި ކުޅެނީ މުޅިން ތަފާތު ތިން ސްޓައިލަކަށް އެ ތިން ސްޓައިލަށް ކުޅުންތެރިން ފަރިތަވާނެ" ހުސެން ބުންޏެވެ.

ޖޫނިއާ މުބާރާތައް ރާއްޖެއިން ނުކުންނައިރު, ގައުމީ ޖޫނިއާ ޓީމު މުޅިން ކަހަލަ ގޮތަކަށް އާވުން އެއީ މައްސަލަ އެއް ނޫން ކަމަށް ހުސެން ވަނީ ބުނެފަ އެވެ.

ހުސެން ބުނީ ޓީމު އާވުމަކީ އަބަދުވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

ޖޫނިއާ ކެޑޭޓް މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ނަތީޖާތަކެއް ނެރެފައިވާ މުބާރާތެކެވެ. އެގޮތުން ރާއްޖޭގައި ބޭއްވި މި މުބާރާތުން ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އަދި އެ މުބާރާތުގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީޓީ ޓީމް ވަނީ ލޯ މެޑަލް ހޯދާފަ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ސްރީލަންކާގެ ކެންޑީގައި މި މަހުގެ 26-29 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox