ކޯޓުގައި އޮތް މައްސަލަތަކެއްގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ޕީއެސްއެމްގެ ފައިނޭންސް ހެޑު ސަސްޕެންޑުކޮށްފި

ޕީއެސްއެމްގެ މައި އޮފީސް އިމާރާތް: ޕީއެސްއެމްއާ ދެކޮޅަށް ގިނަ މައްސަލަތަކެއްގައި ކޯޓުން ހުކުމްކޮށްފައިވޭ -- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްގެ މައި އޮފީސް އިމާރާތް: ޕީއެސްއެމްއާ ދެކޮޅަށް ގިނަ މައްސަލަތަކެއްގައި ކޯޓުން ހުކުމްކޮށްފައިވޭ -- ފޮޓޯ: ޕީއެސްއެމް

ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއްގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ޕަބްލިކް ސާވިސް މީޑިއާގެ ފައިނޭންސް ހެޑު އަހުމަދު ހަނީފް ސަސްޕެންޑުކޮށްފި އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި ހަނީފަށް އެންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނިން ކުރުވި މަސައްކަތްތަކެއްގެ ފައިސާ ދޫކުރާށެވެ. މިހާތަނަށް ފައިސާ ދޫކޮށްފައި ނުވަނީ އިންވޮއިސް އަދި ބިލު ފަދަ ތަކެތި ހަމަނުވެގެންނެވެ. އެ މައްސަލަތައް މިހާރު އޮތީ ކޯޓުގަ އެވެ.

ނަމަވެސް ޕީއެސްއެމްއިން ހަނީފަށް އެންގީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ހިމެނޭ ފައިސާތައް ދޫކުރުމަށެވެ. އެކަމަށް އޭނާ އިންކާރު ކުރުމުން މިހާރު ވަނީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ސަސްޕެންޑުކޮށްފަ އެވެ.

Advertisement

އޭގެ އިތުރުން، ހަނީފުގެ މައްސަލަ ބަލައި ނިމެންދެން އޭނާއަށް ކުންފުނީގެ ފަރާތުން ދީފައިވާ ހުރިހާ އެކްސެސްތަކެއް ބްލޮކް ކުރުމަށް މެނޭޖިން ޑައިރެކްޓަރު ޒީނާ ޒާހިރު ވަނީ އަންގައިފަ އެވެ.

އެ މައްސަލައިގައި ކޮމެންޓެއް ހޯދަން ޕީއެސްއެމްގެ ތަރުޖަމާނު ޒީކް އަހުމަދު ރިޒާއަށް ގުޅުމުން ވިދާޅުވީ، ހަނީފު ސަސްޕެންޑު ކުރިކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ. ހަނީފު ސަސްޕެންޑު ކުރީ ކީއްވެތޯ ސާފު ކުރުމަށް އެދުމުން، މެނޭޖްމަންޓާ ވާހަކަ ދެއްކުމަށްފަހު ގުޅާނެ ކަމަށް ބުންޏެވެ. އެކަމަކު ފަހުން ހަބަރެއް ނުވެ އެވެ.

ހަނީފަކީ 2006 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ. އޭނާ ވަނީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޑިގްރީއެއް ނަގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox