ވާޑީގެ ދެ ގޯލުން މޮޅުވެ، ލެސްޓާ އިން ތަށި ޔަގީންކޮށްފި

Apr 30, 2024, 6:41 AM
ވާޑީގެ ދެ ގޯލުން މޮޅުވެ، ލެސްޓާ އިން ތަށި ޔަގީންކޮށްފި

ލަންޑަން (އޭޕްރީލް 30) - ލެސްޓާ ސިޓީގެ ލެޖެންޑް ޖޭމީ ވާޑީ ޖެހި ދެ ގޯލުން ޕްރެސްޓަން ނޯތު އެންޑް ބަލިކޮށް، ޗެމްޕިއަންޝިޕްގެ (އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ) ތަށި ލެސްޓާ އިން ޔަގީންކޮށްފި އެވެ.

މިދިޔަ ސީޒަންގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ލެސްޓާ އަށް މި ސީޒަނުގައި ޕްރިމިއާ ލީގުގެ ފުރުސަތު ގެއްލި ރެލިގޭޓްވީ އެވެ. އެކަމަކު، ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާ ލެސްޓާ އިން ވަނީ އަލުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ހޯދައިފަ އެވެ.

ޕްރެސްޓަންގެ މައްޗަށް ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ލެސްޓާ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ލެސްޓާ އިން ލީޑު ނެގީ މެޗުގެ 36 ވަނަ މިނެޓުގައި ފޯވާޑް ވާޑީ ޖަހާދިން ގޯލުންނެވެ. އަދި ލެސްޓާ އިން އެ ޓީމުގެ ލީޑު ފުޅާކުރީ މެޗުގެ 52 ވަނަ މިނެޓުގަ އެވެ. މި ގޯލު ވެސް އެ ޓީމަށް ޖަހާދިނީ ވާޑީ އެވެ. މިއީ ވާޑީ ލެސްޓާގައި ހޭދަކުރި 12 އަހަރުތެރޭ އެ ޓީމަށް ޖަހާދިން 190 ވަނަ ގޯލެވެ.

ލެސްޓާގެ ފަހު ގޯލު މެޗުގެ 67 ވަނަ މިނެޓުގައި ޖަހާދިނީ މެކް-އަޓީރް އެވެ.

ޗެމްޕިއަންޝިޕްގެ ފަހު މެޗުގައި ލެސްޓާ އިން އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ބްލެކްބާން ރޯވާސްއާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށް ލެސްޓާ އަށް ޗެމްޕިއަންޝިޕްގައި 100 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމަށް ވަނީ ކުޅުނު 45 މެޗުން 97 ޕޮއިންޓް ލިބިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox