ބަންޑާރަ ބިން ދައުލަތަށް ނެގޭނެ ފަސޭހަ ގޮތްތަކެއް ސަރުކާރުން ހުށަހެޅި ބިމުގެ ބިލުގައި ހިމަނައިފި

ލާމު ގަމުން ދޫކޮށްފައިވާ ބިންތަކެއް ހުސްކޮށް: ބިލުގައި ބުނަނީ ފަސް އަހަރު ތެރޭގައި ގޯތި ލިބުނު މީހާ އެތަނުގައި ދިރިއުޅެން ފަށަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ލާމު ގަމުން ދޫކޮށްފައިވާ ބިންތަކެއް ހުސްކޮށް: ބިލުގައި ބުނަނީ ފަސް އަހަރު ތެރޭގައި ގޯތި ލިބުނު މީހާ އެތަނުގައި ދިރިއުޅެން ފަށަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އާންމު ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ބިން ދައުލަތަށް އަނބުރާ ނެގޭނެ ފަސޭހަ އުސޫލުތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިމުގެ ބިލުގައި ހިމަނައިފި އެވެ.

ދިރިއުޅެން ދޫކުރާ ބަންޑާރަ ބިން ދައުލަތަށް ނެގޭނެ ހަތަރު އުސޫލެއް އެ ބިލުގައި އޮތީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ކަންބޮޑުވާ އުސޫލަކީ، ގޯތި ދޫކޮށްފައިވާ ފަރާތުން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފެށުމެވެ.

ގޯތި ދޫކުރާތާ ފަސް އަހަރުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިނުއުޅޭ ނަމަ ގޯތި ނެގޭނެ މާއްދާއެއް މިހާރު އަމަލު ކުރަމުންދާ ބިމާ ބެހޭ ގާނޫނުގައި ވެސް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ މާއްދާގައި، ގޯތި ދޫކުރި މީހާ އެ ގޯއްޗެއްގައި ދިރިއުޅެން މަޖުބޫރެއް ނުކުރެ އެވެ.

ސަރުކާރުން ހުށަހެޅި އާ ބިމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ފަށަންޖެހެނީ ސީދާ އެ ގޯތި ދޫކުރި މީހާ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ނެތް އުސޫލަކަށް ދެން ހިމަނާފައި އޮތީ، އެ ގޯއްޗެއް ލިބިގަނެފައި ވަނީ އޮޅުވާލައިގެން ކަމަށްވާ ނަމަ އަނބުރާ ނެގޭނެ އުސޫލެވެ.

ބަންޑާރަ ބިން އަނބުރާ ދައުލަތަށް ނެގޭނެ އުސޫލުތައް

  1. ގޯތި ދޫކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯތި ރަޖިސްޓްރީކޮށްދީފައިވާ މީހާ ގޯތީގައި ދިރިއުޅެން ނުފެށުން
  2. ގޯތި ދޫކުރުމުގެ ޝަރުތު ނުވަތަ ގޯތި ދޫކުރިއިރު ކޮށްފައިވާ ޝަރުތަކާ ހިލާފުވުން
  3. ގޯތި ދޫކުށްފައިވާ ފަރާތުން ތަކުރާރުކޮށް މި ގާނޫނާ ހިލާފުވުން
  4. ގޯތި ލިބިގަނެފައި ވަނީ އޮޅުވާލުމަކުން ނުވަތަ މަކަރާއި ހިލާތުން ކަން ޝަރީއަތަށް ސާބިތުވުން

މިހާރު އަމަލު ކުރާ ބިމާ ބެހޭ ގާނޫނުގެ ދަށުން ބިން އަނބުރާ ދައުލަތަށް ނެގޭނެ އުސޫލުތައް

  1. ގޯތި ދޫކުރާތާ ފަސް އަހަރުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފެށުން
  2. ބަންޑާރަ ގޯތި ދޫކޮށްފައިވާ ފަރާތުން ތަކުރާރުކޮށް ގާނޫނާ ހިލާފުވުން ނުވަތަ ގޯތި ދޫކުރިއިރު ކޮށްފައިވާ ޝަރުތަކާ ހިލާފުވުން

ސަރުކާރުން ހުށަހަޅާފައި އޮތް ބިމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރައްވަމުން، ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށައިފި ނަމަ އަނބުރާ ދައުލަތަށް ގޯތި ނެގޭނެ އުސޫލަށް ބައެއް މެންބަރުން ވަނީ ފާޑުކިޔައިފަ އެވެ.

އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ގޯތި ދޫކުރި ނަމަވެސް އެ ތަނުގައި އިމާރާތެއް އެޅުމުގެ މަގު ނުދައްކައި އަދި އެ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމްނުކޮށް، ފަސް އަހަރު ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށާ ނަމަ އެ ގޯއްޗެއް އަތުލުން އިންސާފުވެރި ނޫން ކަމަށެވެ.

"މިއަދު ރައްޔިތުންގެ ގޯތި ނަގަން އަޅުގަނޑުމެން ބިލެއް ފާސްކުރާއިރުގައި އެ ގޯތީގައި ރައްޔިތުން ދިރިނޫޅެނީ ކީއްވެތޯ ވެސް އަޅުގަނޑުމެންނަށް ސާފުކޮށް އިނގެން އެބަޖެހޭ. އެއީ ރައްޔިތުންގެ މައްސަލައެއް ނޫން. އެ ހިދުމަތާއި އެ ފުރުސަތާއ، އެ ތަނަވަސް ކަމާއި އެ ބޭންކު ލޯނާއި އެ ހުރިހާ އެއްޗެއް ހަމަކޮށްދީފައި ދެން އެތާ ރައްޔިތު މީހާ ނެތީމާ ބުނަންޖެހެނީ ފަސް އަހަރު ދުވަހު ނޫޅެންޏާ ގެ ނެގޭނޭ،" ޣަފޫރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox