'އަފިންދަންޑެހެލު' ހެދިގެން އުޅުނަސް....

'އަފިންދަންޑެހެލު' ހެދިގެން އުޅުނަސް....

ކޮށްލާހިތުން ކުރާން އުޅޭން ވާނީ ވެސް ކުރެވޭ ވަރުގެ ކަންކަމެވެ. މީސްތަކުންގެ ލޮލަށް ދައްކާ އަނޭކަ ކަމަކުން ޝަހުސިއްޔަތުގެ ނޭކަކަން ފޮރުވޭނީ ވަކިވަރަކަށެވެ. ވަށައިގެން ތިބި އެކުވެރިންގެ ހެޔޮބަސްތަކާއި، ދިން ކަށަވަރުކަމުގެ ބިންގަލުގެ މަތީގައި ބިނާކުރި ޝަހުސިއްޔަތުގެ ހަގީގީ އިމްތިހާނު ފެށޭނީ އަމަލީ މައިދާނަށް ނުކުތީމަ އެވެ. ދެއްކިހާ ވާހަކަތަކެއް އެހި ކަންފަތްތަކާއި ގަބޫލުކުރި ހިތްތަކާއި، ހެކިދިން ލޯތައް ފާރަވެރިވަމުން އެ ގެންދަނީ އަމަލީ މައިދާނުގައި ތިބާ ދައްކާ ނަމޫނާ ދެކޭށެވެ.

ހާޖީ އިމާދުއްދީން ރަދުންގެ ވެރިކަމުގެ އެންމެ ހެސަ ދުވަސްވަރެވެ. އެރަދުންނަކީ އިލްމުވެރި، އޯގާތެރި އަދި ހިތްޕުޅު ހެޔޮ ރަސްކަލެކެވެ. ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެރަދުންގެ އާދަފުޅެކެވެ. ބައްދަލުކުރައްވާނީ ގަނޑުވަރުގައި ނުވަތަ މައިދާންތަކުގަ އެވެ. ހަމަޖެހިފައި އޮންނަ ގަވާއިދަކުން މާ ދޭތެރެ ދުރުނުވާ ގޮތަށް މި ބައްދަލުވުންތައް ބާއްވަވަމުން ގެންދެވި އެވެ.

ރަދުންގެ ބައްދަލުވުމަށް ގަވާއިދުން ހާޒިރުވާ ބެއްޔާއެކެވެ. މީހުން ކިޔައި އުޅެނީ އަހައްމަދު ބެއްޔާ އެވެ. މި އަހައްމަދު ބެއްޔާއަކީ ކަނޑުމައްޗަށް ބަލި، ހިސާބަކަށް ނޭވާ ހިއްލުމުގެ ބަލިވެސް ހުންނަ މީހެކެވެ. ކަނޑުމައްޗަށް އަރައިފިނަމަ ބޯއަނބުރައި ހޮޑުލެވޭ ގޮތްވާތީ ބޮއްކުރައެއްގައި ފަޅު މައްޗަށްވެސް ނުކުތުމަށް އުޒުރުވެރިވެ އެވެ. އޭރު ދައުލަތުގެ ބޮޑުން ފިޔަވައި، ކަރަކަރައަށް ދުއްވާ އޮޑިތަކުގެ ފަޅުވެރިންނަށް އޮންނަނީ މާބޮޑު އިހުތިރާމަކާއި ގަދަރެކެވެ. އެ ޒަމާނަކީ ތިމާ އުފަންވީ ރަށް ފިޔަވައި، އެހެން ރަށެއް ބަލާލުމުގެ ނަސީބުވެސް ހުރިހާ ދިވެހިންނަށް ފަހިވެފައި އޮތް ޒަމާނެއް ނޫނެވެ. މިހެން އޮތް ޒަމާނެއްގައި ކަރައެއް ބަލާލާފައި އައިސް އެތަނުގެ ހަބަރު ކިޔައިދޭ މީހާ ފަހުރުވެރިވެފައި އެ އިންނަ ގޮތާއި، އޭނާގެ ވާހަކަ އަޑުއަހާން ތިބޭ މީހުން އެ ދައްކާ ކިޔަމަންތެރިކަމާއި ޝައުގުވެރިކަމަށް އަހައްމަދުބެއްޔާގެ ވެސް ހިތް ދޫވެއްޖެ އެވެ. މިކަމަކާހެދި ލޮލުފިޔައެއް ނުޖެހެ އެވެ.

ރަދުން ރައްޔިތުންނާ ބައްދަލުކުރެއްވި ދުވަހެއްގައި އަހައްމަދުބެއްޔާ ކުރިއަށް ޖެހިލާފައި އަދަބުވެރިކަމާއެކު ދަންނަވައިފި އެވެ. ނިކަމެތި އަޅު ބަންގާޅު އޮޑިއެއްގެ ފަޅުވެރިއަކަށް ލައްވައި ދެއްވާށެވެ. އެކޮޅު ކަރަ ބަލާލާހިތުން ނިދެނީއަކީއެއް ނޫނެވެ. ވަރަށް މުރާލިކަމާއެކު އޮޑީގެ ހުރިހާ މަސައްކަތެއް ކޮށްދޭނަމެވެ. ރަދުން ވަކި އެއްޗެއް ވިދާޅުނުވީމާ އަނެއް ބައްދަލުވުމުގައިވެސް ހަމަ އެވާހަކަ އެވެ. ރަދުން ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާ ހަމަ ކޮންމެދުވަހަކު ފައިންޕުޅު ދެކި މި ނޫން ވާހަކައެއް ނުދައްކަ އެވެ. އެހާރުން ރަދުންނަށް ހިސާބަކަށް ތުރާފުޅުވެގެން ވިދާޅުވެއްޖެ އެވެ. މިވަގުތު އޮޑިކޮޅު ވީ ކަރައިގަ އެވެ. ދެން ދާ ދަތުރުގައި އަހައްމަދުބެއްޔާ ގެންގޮސްދެއްވަން މާލިމީއަށް ދަންނަވާނަމެވެ.

އޮޑި އެނބުރި އަތުވެއްޖެ އެވެ. އޮޑީގެ މާލިމީ ގެންނަވައި، އަހައްމަދުބެއްޔާވެސް ގެންނަވާފައި ދެން ފުރާއިރު ފުރާންވާނީ އަހައްމަދުބެއްޔާވެސް ގޮވައިގެން ކަމުގައި ރަދުން މާލިމީއަށް އަންގަވައިފި އެވެ. އާދެމަސާހިބުއޭ ވިދާޅުވި ގޮތެކޭ ދަންނަވައި މާލިމީ ނުކުތީ ބެއްޔާވެސް ގޮވައިގެންނެވެ. މިފަހަރު ދަތުރު ދާންއޮތީ ސިލޯނަށެވެ.

އޮޑިކޮޅު ފުރަން ހަމަޖެހިފައި އޮތް ދުވަސްވަރު ދިމާވީ މޫސުން ގޯސް ދުވަސްވަރަކަށެވެ. އޮޑީގެ މާލިމީއާއި ފަޅުވެރިކުދިންނަށް އެހައިގަދަ ނޫން ކަމަށް ފެނުނަސް އަހައްމަދުބެއްޔާއަށް ކެތްވާކަހަލަ މޫސުމަކަށް ނުވެ އެވެ. އޮޑި ބަނދަރުން ފުރުމާއެކު ބޮލަށް އެނބުރުން އަރައި، ތަނެއްގައި އޮށޯވެއްޖެ އެވެ. ހޮޑުލާން ވެސް ފެށީ އެވެ. އަހައްމަދުބެއްޔާއަށް ވަމުންދިޔަ ވަރު ފެނި މާލިމީވެސް ކަންބޮޑުވެއްޖެ އެވެ. އިރުއިރުކޮޅާ ފަޅުވެރިކުދިންނަށް އަންގައިގެން އަހައްމަދުބެއްޔާގެ ހަބަރު ބައްލަވަ އެވެ. ފަޅުވެރިންގެ މަސައްކަތްވީ ބުރަ އެވެ. އޮޑީގައި ކުރާންހުރި އާންމު މަސައްކަތްތަކުގެ އިތުރުން އަހައްމަދުބެއްޔާއަށް ހޭހަންކުރުމުގެ ބުރަ ޒިންމާވެސް ކޮނޑުއެޅިއްޖެ އެވެ. ކުސްތަޅަމުން ޝަކުވާކުރަމުންވެސް އެކުދިން މާލިމީގެ ބަހަށް އެ ޒިންމާ އަދާކުރަމުން ދެ އެވެ.

އޮޑިކޮޅު ސިލޯނަށް ވަދެ އެ ބަނދަރުގައި ހޭދަކުރި ދުވަސްތަކުގައިވެސް އަހައްމަދުބެއްޔާއަކަށް ތެދުވެ އުޅެވޭ ވަރެއް ނުވި އެވެ. ދިގު ދަތުރުގައި، އަރުން އެއްޗެއް އެތެރެނުވެ، އެތެރޭގައި ހުރި އެއްޗެއް ހޮޑަށް ބޭރުވުމުން މީހާ އޮތީ އަނަރޫފަވެ ވަރުދެރަވެފަ އެވެ. އެކަމުން ރަނގަޅަށް އަރައި ނުގަނެވެނީސް ފުރާ ދުވަސް ޖެހިއްޖެ އެވެ. ނަސީބަކުން މޫސުމް ވަރަށް ރީއްޗެވެ. އެކަމަކު ބެއްޔާއަށްވީ ހަމަ އެވަރެވެ. މާލެއާ ހަމައަށް އާދެވެންދެން ހަމަ އެހާލުގަ އެވެ.

އޮޑިކޮޅު އެނބުރިއައުމުން މާލިމީ ގެންނަވައި ރަދުން ފުރަތަމަވެސް އެއްސެވީ އަހައްމަދުބެއްޔާގެ ހަބަރެވެ. ކަންހިނގައިދިޔަ ގޮތުގެ ހަބަރު ދެއްވުމުން ވަރަށް ހިނިފުޅުވަޑުވައި އަހައްމަދުބެއްޔާ ފޮނުވުމަށް އަންގަވައިފި އެވެ. ރައްޔިތުންނާ ބައްދަލުކުރެއްވި ދުވަހު އަހައްމަދުބެއްޔާވެސް ހާޒިރުވެއްޖެ އެވެ. ރަދުން ވިދާޅުވި އެވެ. އޮޑި ގާދޫކޮލުން ވަދެގެން އައިއިރު ތިމަން ރަދުން އިންނެވީ ބައްލަވާށެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު މާ ހަލުވި، ފަރިތަ ކުއްޖަކު ރިޔާ ބާލަން އުޅުނު މަންޒަރު ފެނުނެވެ. އެ ކުއްޖާގެ މަސައްކަތަށް ސާބަސްދޭހައި ވެއެވެ. އެއީ އެހެންނާ ފެންނަ މަންޒަރެއް ނޫނެވެ. އެއީ ފަހެ ކޮންކުއްޖެއް ހެއްޔެވެ. އަހައްމަދުބެއްޔާ ފުންމައިގެން ތެދުވެ މޭފުޅާކޮށް ދެފަހަރަކު މޭގައި އަތުން ޖަހާލާފައި ބުނެ އެވެ. ދަންނަވަންތޯއޭ މަސާހިބު އެއީ އަފިންދަންޑެހެލު، މިނިކަމެތި އަޅުގަނޑޭ! ރަދުން އަނެއްކާވެސް ވިދާޅުވި އެވެ. މާހަލުވިކޮށް ގޮސް ނަގިލި ލާން އުޅުނު ކުއްޖަކުވެސް ފެނުނޭ އެއީ ކޮން.... ދަންނަވަންތޯއޭ މަސާހިބު އެއީ އަފިންދަންޑެހެލު، މިނިކަމެތި އަޅުގަނޑޭ! އަހައްމަދުބެއްޔާ މިހެން ބުނީ ރަދުންގެ ވާހަކަފުޅުވެސް ނުނިމެނީހެވެ.

ކަންވީގޮތް ރަދުން ދެނެވަޑައިގަންނަވަ އެވެ. އެކަމަކު އަހައްމަދުބެއްޔާގެ ގޮތް އެނގިވަޑައިގަންނަވާތީ އެއްޗެއް ވިދާޅުނުވީ އެވެ. މާލިމީންނާއި ފަޅުވެރިންވެސް ފަހުން ހޭންވެގެން އެވަގުތު ހިމޭނުންތިބީ އެވެ.

މިކަހަލަ އަފިންދަންޑެހެލުން އަޅުގަނޑުމެންގެ ތެރޭގައި މަދުތޯ އެވެ. މަށަށް ވާނޭކަމަށް ބުނެ، ރޮއި އާދޭސްކޮށްގެންނާއި ބޮޑުންނަށާއި ރައްޔިތުންނަށް ދުއްތުރާކޮށްގެން ބަޔަކު މީހުން ބޮޑެތި މަސައްކަތްތަކާ ހަވާލުވެއްޖެ އެވެ. ދެން އޮތީ އަހައްމަދުބެއްޔާއަށް ވީވަރު ނުވެ ދަތުރު ފުރިހަމަކުރެވޭތޯ ބެލުމެވެ. ދަތުރަށް ފެށޭންވާއިރަށް ހެދުނު މަންތިރިއެއް ހަދައި، ތިމާގެ ފުށުން ފަޅުވެރިންނަށާއި އޮޑިވެރިންނަށް ދުއްޕާނެއް ނުޖައްސައި، ކުޑަނަމަވެސް ފަސޭހައެއް ކޮށްދެވޭން އޮތް މަގަކީ ކޮބައިތޯ ބަލާންވީ އެވެ. އެކަމަށް ބޭނުންވާ ތަމުރީނުވެސް ހޯދަންވީ އެވެ. ދަތުރުގެ ހުރިހާ މަންޒަރެއް ވަގުތުން ވަގުތަށް ރައްޔިތުންނަށް ފެންނާނެ އެވެ. ކަންވެ ނިމުނީމާ އެވެނި މިވެނި މޮޅު ކަމެއް ކުޅައީ އަފިންދަންޑެހެލޭ ބުންޏަސް އެވާހަކަ ގަބޫލުކުރާނޭ މީހަކު ނުހުންނާނެ އެވެ.

މި ލިޔުމާ ގުޅޭ ރަދީފު

  • އަނޭކަ: ސާބިތުކަން
  • ނޭކަކަން: އަނަރޫފަކަން
  • ހެސަ: ވަރުގަދަ
  • އަފިން: މަ، އަހަރެން

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox