ކޮލަމާފުށިން؛ އެސްފީނާގެ ސަބަބުން ކޮލަމާފުށީ އެއް އާއިލާއަކުން ދިހަ މަރު!

ކޮލަމާފުށިން؛ އެސްފީނާގެ ސަބަބުން ކޮލަމާފުށީ އެއް އާއިލާއަކުން ދިހަ މަރު!

ކޮލަމާފުށީގެ ތާރީހާއި، މި ރަށުގައި ކިޔައި އުޅޭ ވާހަކަތައް ލިޔާން ގަސްތުކޮށްގެން އަޅުގަނޑު އެ މައުލޫމާތު އެއްކުރާން ފެށްޓީ އިއްޔެއަކު މިއަދަކު ނޫނެވެ. ދެހާސް ހަތަރުވަނަ އަހަރު އެ މަސައްކަތުގެ ބިންގާ އެޅިއްޖެ އެވެ. އިހުގެ ވާހަކަތައް ހޯދަން އަޅުގަނޑު އެންމެ ފުރަތަމަ އެދުރަކަށް ހެދީ ކޮލަމާފުށީ ހީރާ، ހަސަން އަލީ ނުވަތަ ހަސަންބެއާ އެވެ. އޭރުވެސް ހަސަންބެއާގެ އުމުރުން 100 އަހަރު ފުރިދާނޭ ކަމަށް ރަށު މީހުން ކިޔައި އުޅެ އެވެ. ހަސަންބެއާގެ އުމުރުން ވީ ދުވަހެއް ބުނެދޭން ހަސަންބެއާއަކަށް ނޭނގެ އެވެ.

ހަސަންބެއާ އާ އަޅުގަނޑާ ބައްދަލުވާނީ ކޮންމެ ދުވަހަކު ހެނދުނު ހައެއް ޖަހާއިރު އެވެ. ފަތިސް ނަމާދުން ފައިބައިގެން ރަށު ތެރޭގައި ޖަހާލާ ބުރުގައި، އަޅުގަނޑު ސޭޓަކަށް އުޅުނު ފިހާރައަކީ ހުއްޓި އެކެވެ. ހަަސަންބެއާގެ މަޑު ހިނގުމުގައި ހިނގާލާފައި ފިހާރައަށް އަންނަތަން ފެނުމުން، އަޅުގަނޑު ދޮންކެޔޮވަކަކާއި ފެންތައްޓެއް ނަގައި، ދުފުން ބަހައްޓައި ތައްޔާރުވަމެވެ. އެއީ ކާފަ ދުނިޔޭގައި ކާފަވެސް އަދާކުރި މެހެމާންދާރީ އެވެ.

ހަސަންބެއާ އަންނަ ވަގުތަށް، ކޮލަމާފުށީ ހަވީރީގޭ ހަސަންބެއާ ވެސް އަންނާނެ އެވެ. ދެ ހަސަންބެއާ އައުމުން އަޅުގަނޑު އިންޓަވިއު ފަށަމެވެ. މިރަށުގައި މީހުން ދިރިއުޅެން ފެށިގޮތެއް އެނގޭ ހެއްޔެވެ. މިރަށުގައި މިއުޅެނީ ޖުމުލަ ކިތައް އާއިލާ ހެއްޔެވެ. ހަސަންބެއާގެ އެންމެ ދުރު ހަނދާނަކީ ކޮބައިހެއްޔެވެ؟ މިކަހަލަ ކިތަންމެ ސުވާލެކެވެ. ޖަވާބު ލިބުން ބިނާވާނީ ހަސަންބެއާގެ މޫޑު ހުންނަ ގޮތެއްގެ މައްޗަށެވެ. ރަނގަޅު ދުވަހެއްގައި ނަމަ ކޮންމެވެސް ލުއި ޖަވާބެއްދީ ނިންމާލާނެ އެވެ. އާދަވެގެން ސަހަލު ޖަވާބެއް ނާންނާނެ އެވެ. ދެ ހަސަންބެއާ ބައިވެރިވެގެން އަޅުގަނޑަށް ދީ އުޅޭނީ ދެމާނަ އެކުލެވޭ ލާނެތް ޖަވާބުތަކެވެ. ދެ ހަސަންބެއާވެސް ދުށްގޮތުގައި އަޅުގަނޑުގެ ސުވާލުތަކަކީ ކުޑަކުއްޖަކު ތަޅާ އަނގަ އެވެ. އެހެންވެ ލިބެނީވެސް ކުޑަކުއްޖަކަށް ދޭ ކަހަލަ ޖަވާބުތަކެވެ.

އަޅުގަނޑުގެ އެ ދެ މިތުރުންވެސް މިހާރު ނިޔާވެއްޖެ އެވެ. މާތްﷲ އެ މަރުހޫމުންގެ ފުރާނަތަކަށް ސުވަރުގޭގެ ނިއުމަތް ދެއްވާށި އެވެ.

އަނެއްކާވެސް މި ފަހުން ސިޔާސީ ކެމްޕޭނެއްގައި ރަށަށް ދާންޖެހުމުން ރަށުގެ ހަރު މީހުންނާ ވާހަކަ ދައްކައި ލައްކަ މައުލޫމާތު އެއްކުރީމެވެ. ތާރީހީ ހަގީގަތްތަކާއި، ފޯކްލޯރެވެ. މި ވާހަކަތައް އަޅުގަނޑުގެ ކޮލަމުގައި ޝާއިއުކުރަމުން ގެންދާނަމެވެ.

މިފަހަރުގެ ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ ކޮލަމާފުށީ ފެހިވިނަ، ފާތިމަތު އަޒީމާ އެވެ. އަޒީމާ ކިޔައި ދެއްވީ ކޮލަމާފުށީ ސަންފާދިޔެގެ 10 ދަރިއަކު ނިޔާވި ވާހަކަ އެވެ. ސަންފާދިޔެ އަކީ އަޒީމާގެ ބައްޕަގެ މުންނަ ނުވަތަ ބައްޕަފަރާތު މާމަ އެވެ.

ސަންފާދިޔެ އަށް 15 ކުދިން ލިބުނެވެ. އަހަރު ދޮޅު އަހަރުގެ ފަރަގު ހުރި 15 ކުދިން އެކުއެކީގައި ބަލައިބޮޑުކޮށް އެކުދިންގެ ކަންކަން ބަލަހައްޓައި ދޭންޖެހުމަކީ ކުޑަ ކަމަކަށް ނުވާނެ އެވެ.

ސަންފާދިޔެ އެއްދުވަހަކު ކުދިންގެ އަންނައުނު ދޮވެދޭން އިންދައި އެތަނަށް އައި މީހަކު ބުންޏޯލަ އެވެ. ސަންފާދިޔެ ތިޔަ ދޮންނަނީ ހާދަހާ އަންނައުނެކެވެ. އޭރު ސަންފާދިޔެ އިނީ ކުރަންޖެހިފައި އޮތް މަސައްކަތުގެ ބުރަކަން ހިތްމައްޗަށް ގެނެވި ކުޑައިކޮށް ނުރުހުންވެފަ އެވެ. ވަގުތުން އެއްވެސް ވިސްނުމެއް ނެތި ބުންޏެވެ. ކަލޭމެން ތިހެން ފަސޭހަކޮށް ތިއްބަސް މަގޭ ފަނަރަ ދަރިން އެބަތިއްބެވެ. އެއިން ކޮންމެ ކުއްޖެއްގެ ސޯޓެއް ދޮންނަން ބެލިޔަސް އެއީ ފަނަރަ ސޯޓެވެ. މަ ކުރަންޖެހޭ މަސައްކަތް ކުޑައެއް ނުވާނެ ނޫންހެއްޔެވެ. ސުވާލުކުރި މީހާވެސް އެ ސުވާލުކުރެވުނީތީ ރަކިވެފައި ހުރެ، އެވާހަކައާ އެއްބަސްވެފައި އެތަނުން ދިޔައީ އެވެ.

ދެންވީގޮތަކީ އެރޭ އެންމެ ދޮށީ ކުއްޖާއަށް ގަދަ ހުމެއްޖެހި، ހޮޑުލާން ފެށީ އެވެ. އެކަމަށް ފަރުވާއެއް ނުދެވިގެން އުޅެނިކޮށް ހަމަ އެރޭ އެކުއްޖާ ނިޔާވެއްޖެ އެވެ. ޖެހިގެން އައިރޭ އެހެން ކުއްޖެކެވެ. އެއާ ވިދިގެން އެހެން ކުއްޖެކެވެ. މިގޮތަށް ގޮސް ދިހަ ރޭ މަތިން ދިހަ ކުދިން ނިޔާވެއްޖެ އެވެ.

އެ ކުދިންގެ ތެރެއިން އެންމެ ކުޑަ ކުއްޖާ ނިޔާވި ރެޔަކީ ސަންފާ އެންމެ ގަދަޔަށް ރުއި ރެޔެވެ. ރުއީ އެކަމުން މިސާލުޖެހޭ ވަރަށެވެ. ކޮލަމާފުށީގައި ކިޔައި އުޅެ އެވެ. 'ކުދެމީހާ މަރެވީރެއި ސަންފާ ރީ ވަރާށް ރޮއިފައި ބޮނިން' ނުވަތަ 'ކުޑަ ސޮރު ނިޔާވިރޭ ސަންފާ ރުއިވަރަށް ރޮއިފައި ބުނީމެވެ.' މިހެން ބުނެ އުޅެނީ ވަކި ކަމެއް ނުކުރުމަށް މީހަކަށް ނަސޭހަތްދެމުން ދަނިކޮށްވެސް އެކަމެއްކޮށް އެކަމަކުން ނޭދެވޭ ނަތީޖާއެއް ނުކުންނަ ހާލަތުގަ އެވެ. ބުނެ އުޅޭނެ އެވެ. ތިޔަކަމެއް ނުކުރާށޭ ކުޑަ ސޮރު ނިޔާވިރޭ ސަންފާ ރުއިވަރަށް ރޮއިފައި މަ ބުނީމެވެ. ބުނީމާވެސް ކުރީ އެވެ. އެ ބަސް ބޭނުންކުރުމުން އެ ބަޔާންކޮށްދެނީ ކުރި އާދޭހުގެ އަސަރެވެ.

ސަންފާއަށް މި ދިމާވި ކަމަކީ އޭނާއަށް ބުނެވުނު ބަހެއްގެ ސަބަބުން އޭނާގެ ދުލުގެ އެސްފީނާ އޭނާއަށް ޖެހުންކަމަށް ނިންމީ ރަށުގެ ނަގާކިޔާ ފަންޑިތަވެރިންނެވެ. މިކަމެއް ދިމާވާން ފެށިފަހުން އެ ފަންޑިތަވެރިން ކިޔަވައި، ހެދި މަންތަރުތަކުން މިކަމެއް ހުއްޓުނުއިރު ސަންފާގެ 10 ދަރިން އެއްގޮތަކަށް އެއްވޭނެއްގައި ނިޔާވެ ގޮސްފި އެވެ.

އެ ކުދިންގެ ތެރެއިން ސަލާމަތްވީ ޔޫސުބާއާއި ހެމެމީހާއާއި ކުދެދިޔެއާއި ރީތިދައްތައާއި، އަލިޔާ އެވެ. މިވާހަކަ ކިޔައިދެއްވި އަޒީމާއަކީ ޔޫސުބާގެ އާއިލާގެ ބޭފުޅެކެވެ. ރީތިދައްތަގެ އާއިލާ ދިރިއުޅެނީ ގައްދޫގަ އެވެ. އެ ނޫން އާއިލާތައް ކޮލަމާފުށީގައި އެބަ އުޅެ އެވެ.

މި ވާހަކަ ކޮލަމާފުށީ އެސްޕީވިލާ އަލީޒާހިރުއާ ހިއްސާކުރުމުން ވިދާޅުވީ ތިޔަކަހަލަ ކަމެއް ހިނގި ވާހަކައެއް އައްސަވާފައި ނެތްކަމުގަ އެވެ. އެހެންވީމާ ރަށު ތެރޭގައި އެހައިވަރަށް މިވާހަކަ އާންމުވެފައި ނެތީތާ އެވެ. އެހެންނަމަވެސް އަޅުގަނޑު އެހެން ބައެއް މީހުންނާ ވާހަކަ ދައްކާލިއިރު މި ވާހަކަ އަޑުއިވިފައި އޮތްކަމަށް ބުނާ މީހުންނާވެސް ބައްދަލުވި އެވެ. އެކަމަކު އެއިން މީހަކަށް މިކަމުގެ ތަފުސީލެއް އެނގޭކަމަށް ނުވެ އެވެ. ނުވަތަ ހަނދާނުގައި ނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox