އެފްއޭއެމަށް ލިބުނު 191 މިލިއަން ރުފިޔާގެ ބޮޑުބައެއް ބައްސާމްގެ އަމިއްލަ ބޭނުމަށް ހޭދަކުރި

Apr 18, 2024, 10:32 AM
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.--- ފޮޓޯ: އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.--- ފޮޓޯ: އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބުނު 12 މިލިއަން ޑޮލަރު (191 މިިލިއަން ރުފިޔާ)ގެ ބޮޑުބައެއް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ ބޭނުމެއް ބޭނުންކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ބުނެފި އެވެ.

އެފްއޭއެމްގެ ވެރިންނާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފުލުހުންނާއި ޕީޖީ އޮފީހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެ ގޮތުން، ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު" ގެ މިދިޔަ މަހުގެ އަދަދުގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެފްއޭއެމް ހިންގަނީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާ އާއި އެހެނިހެން ގައުމުތަކުގެ އެސޯސިއޭޝަންތަކުން ދޭ ސްޕޮންސާ ފައިސާގެ އިތުުރުން ދިވެހި ސަރުކާރުން ދޭ ބަޖެޓާއި އެފްއޭއެމްގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިން ކަން އެނގެ އެވެ.

ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އަދި ބޭރު ގައުމުތަކުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެހީގެ ގޮތުގައި ދޭ ފައިސާއިންނެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގްރާންޓް ފައިސާއާއި، އެފް.އޭ.އެމްގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިންނެވެ.

އެ ގޮތުން، ބަލަމުން އަންނަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިއަން ޔޫ.އެސް ޑޮލަރު) ފީފާއިން އެފްއޭއެމް އަށް ދީފައިވެ އެވެ. އެއީ، ދިވެހި ރުފިޔާއިންނަމަ 19 މިލިއަން ރުފިޔާ އެވެ.

ތަހުގީގަށް ދެން ލިބުނު މައުލޫމާތުން އެނގިގެންދިޔައީ، ފީފާއިންނާއި ބޭރުގެ އެހެނިގެން ގައުމުތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރުފައިސާއިން ކަމަށެވެ. އަދި އެފްއޭއެމް އިން އެ ފައިސާ އެހެން ފަރާތްތަކަށް ވިއްކައިގެން، "ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި" ކަން ވެސް ވަނީ އެނގިފަ އެވެ.

"އެފްއޭއެމް އެކައުންޓުން އެފްއޭއެމްގެ ރައީސް ގ. ފަހިވާގެ، ބައްސާމް ޢަދީލް ޖަލީލްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވެ އެވެ. ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "sales of dollars" ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވެ އެވެ. މާލީ މުޢާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަ ކަށެވެ،" ޕީޖީ އޮފީހުގެ އުންސުރުގައި ލިޔެފައިވެ އެެވެ.

މީގެ އިތުރުން، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް އެކިއެކި، ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހަރަދުތައް ކުރަމުން ގެންދާކަމާއި، އާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަމުގެ މައުލޫމާތު ވެސް ތަހުގީގަށް ވަނީ ލިބިފަ އެވެ.

މިފަދަ އެއް މުޢާމަލާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް 31 ޖެނުއަރީ 2024 ދުވަހު ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދަޢުވާ އުފުލަން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަ ކުރުމުގެ ތުހުމަތު ވެސް އޮތް ބައްސާމްގެ ކޮރަޕްޝަނާ ގުޅޭ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމެމުންދާ ވަރަކަށް ކޯޓަށް ހުށަހަޅަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ އެކިއެކި މައްސަލަތަކާއި ދިވެހި ފުޓްބޯޅަ މި ވަގުތު އޮތް ހާލަތު ދެނެގަންނަން ފީފާގެ ޓީމެއް މި މަސް ތެރޭ ރާއްޖެ އަންނާނެ ކަމަށް މީޑިއާ އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox