ޕީއެންސީގެ ޖަގަހައިގައި ރިޔާޒުގެ ޖަލްސާ ބާއްވަން އުޅުމުން ތިމަރަފުށީގައި މުޒާހަރާކޮށްފި

ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓު ހުއްޓައި އެ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކޮށް ޖަގަހައެއް ހުޅުވުމަށް މިނިސްޓަރުން ފޮނުވުމުން ކުރި މުޒާހަރާގައި އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު، އިބްރާހިމް ސަނާހު (ސަންޓޯ) ބައިވެރިވަނީ --

ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓު ހުއްޓައި އެ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކޮށް ޖަގަހައެއް ހުޅުވުމަށް މިނިސްޓަރުން ފޮނުވުމުން ކުރި މުޒާހަރާގައި އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު، އިބްރާހިމް ސަނާހު (ސަންޓޯ) ބައިވެރިވަނީ --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓު އެކަހެރިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއިދު ކުރައްވާ ކެންޑިޑޭޓު، އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހައިގެ ގޮތުގައި ޕީއެންސީގެ ޖަގަހަ ހުޅުވަން އުޅުމުން، އެ ރަށު ޕާޓީގެ މެންބަރުން ރުޅިގަދަވެ، މުޒާހަރާކޮށްފި އެވެ.

ޖެނުއަރީ މަހު ބޭއްވި ޕީއެންސީ ޕްރައިމަރީ ކާމިޔާބުކޮށްގެން ޕާޓީގެ ޓިކެޓު ހޯދީ އިބްރާހިމް ސަނާހު (ސަންޓޯ) އެވެ. އޭނާއަކީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރައީސް މުއިއްޒަށް ހޯދައި ދިނުމަށް ޕީޕީއެމްގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރި އެކަކެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ސަނާހުއަކީ ރައީސް މުއިއްޒުގެ ޕާސަނަލް އެސިސްޓަންޓު ވެސްމެ އެވެ.

ނަމަވެސް މިހާރު ރައީސް މުއިއްޒު ތާއިދު ކުރައްވަނީ ތިމަރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ، އަހުމަދު ރިޔާޒު އަށެވެ. އޭނާ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާއިރު، ކެމްޕޭނު ކުރަމުން ދަނީ ސަރުކާރު ކެންޑިޑޭޓުގެ ނަމުގަ އެވެ. ނަމަވެސް އަހުމަދު ރިޔާޒަކީ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ވެސް ކުރި ކެންޑިޑޭޓެއް ނޫނެވެ.

އަހުމަދު ރިޔާޒުއަށް ތާއިދު ހޯދުމަށާއި، އޭނާގެ ޖަގަހަ ހުޅުވުމަށް މިއަދު ތިމަރަފުއްޓަށް ވަޑައިގަތީ ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.

ނަމަވެސް ޕީއެންސީގެ ޖަގަހަ އަކީ ރިޔާޒުގެ ޖަގަހައިގެ ގޮތުގައި ހުޅުވައި، އެތަނުގައި ޖަލްސާ ބޭއްވުމަށް، އެ ދާއިރާއަށް ވާދަކުރަން ޕީއެންސީގެ ޓިކެޓު ލިބިފައިވާ ސަނާހު އާއި އޭނާގެ ސަޕޯޓަރުން ދެކޮޅު ހަދައި މުޒާހަރާކުރި އެވެ. އެ މުޒާހަރާގެ އެންމެ ކުރީގައި ވެސް ހުރީ ސަނާހު އެވެ.

"ޕީއެންސީ ޖަހަގަ ހުރީ ރިޔާސީ އިންތިހާބުގެ ތެރޭގައި ހުޅުވާފައި. އެ ޖަގަހައިގައި ސަރުކާރުގެ ކެންޑިޑޭޓުގެ ނަމުގައި، އެހެން ބޭފުޅެއްގެ ހަރަކާތެއް ނުބޭއްވޭނެ. އަހަރެންނަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި މެމްބަރުން ހޮވާފައިވާ ކެންޑިޑޭޓަކީ. އެހެންވީމަ، އެކަމާ ދެކޮޅަށް މުޒާހަރާ ކުރީ،" ސަނާހު ވިދާޅުވި އެވެ.

ޕީއެންސީގެ ކުލަ އާއި ލޯގޯ ޖަހާފައިވާ ޕީއެންސީގެ ޖަގަހަ އަކީ އަމިއްލަ ކެންޑިޑޭޓުގެ ޖަގަހައިގެ ގޮތުގައި ހުޅުވައި، އަދި އެތަނުގައި ޖަލްސާ ބާއްވަން އުޅުމަކީ ސަނާހުގެ އިންތިހާބީ ހައްގަކަށް ޕާޓީގެ ލީޑަޝިޕުން އަރައިގަތް ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަހަރެމެން ދެކޮޅު ހަދައި މުޒާހަރާ ކުރުމުން ޖަލްސާ ބޭއްވީ އަބްދުﷲ ރިޔާޒުގެ އިމާރާތެއްގައި،" ސަނާހު ބުންޏެވެ.

ތިމަރަފުށީގައި މައްސަލަ ގޯސްވެފައިވާއިރު، އެ ރަށުގައި ހުންނަ ޕީއެންސީ ޖަގަހައިގެ އެތެރޭގައާއި ބޭރުގައި ވަނީ އަހުމަދު ރިޔާޒުގެ ފޮޓޯ ޖަހައިފަ އެވެ. އެ ޖަގަހަ އަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ތިމަރަފުށީގައި ހުޅުވި ޖަގަހަ އެކެވެ.

ތިމަރަފުށްޓަކީ ޕާޓީގެ ޕްރައިމަރީ ކާމިޔާބުރި ކެންޑިޑޭޓަކު ހުއްޓައި އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރަން ރައީސް މުއިއްޒު ނިންމެވި ފުރަތަމަ ދާއިރާއެއް ނޫނެވެ.

އޭގެ ތެރޭގައި ހުރާ ދާއިރާގެ ޕްރައިމަރީން ބަލިވި ކުރީގެ މަޖިލިސް މެންބަރު، އަނާރާ ނައީމްއާއި ގަލޮޅު އުތުރު ދާއިރާގެ ޕްރައިމަރީން ބަލިވި އާމިނަތު މިޔާދާ (އާނަ) ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ޕީއެންސީގެ ކެންޑިޑޭޓުން ތިބެ އެވެ.

އަދި މިފަހުން އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރަކަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މަތިވެރި ދާއިރާގެ މެންބަރު ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ ކެމްޕޭނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައި ތިބި ކެންޑިޑޭޓުން އެބަތިއްބެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ތިއްބައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް ތާއީދު ކުރައްވާއިރު، ޕީއެންސީގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް އެ ޕާޓީ މެންބަރުންގެ ވާޖިބުތައް ބަޔާންކޮށްފައިވެ އެވެ.

titledesc

އެ ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދައިދިނުމާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ޕީއެންސީގެ އާންމު މެންބަރުންނަށް އަސާސީ ގަވާއިދުން ވާޖިބު ކޮށްފައި އޮތްއިރު، އަސާސީ ގަވާއިދާ ހިލާފުވާ ފަަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ވެސް އެ ގަވާއިދުގައި އޮވެ އެވެ.

އެގޮތުން ޕާޓީން ސުލޫކީ ފިޔަވަޅު އެޅޭނެ ކަންތައްތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި މެންބަރުންގެ ވާޖިބުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން އަދާކުރަން އުޒުރުވެރިވުން ހިމަނާފައިވެ އެވެ.

titledesc

އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި

  • އިންޒާރުދިނުން
  • އިންތިހާބީ މަގާމެއްގައި ހުރި މެންބަރެއްނަމަ. އެ މަގާމަކުން ސަސްޕެންޑު ކުރުން
  • ޕާޓީގެ އިންތިހާބީ މަގާމުތަކަށް ވަކި މުއްދަކަށް ކުރިމަތިނުލެވޭ ގޮތަށް ހަމަޖެއްސުން
  • ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކުރުން
  • ޕާޓީން ވަކިކުރުން

އެ ފިޔަވަޅުތަކުގެ އިތުރުން ސުލޫކީ އެހެން ފިޔަވަޅެއް އެޅުމުގެ ބާރު ވެސް މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް ލިބިގެންވާ ކަމަށް އަސާސީ ގަވާއިދުގައި ލިޔެފައިވެ އެވެ.

އަސާސީ ގަވާއިދުގައި ޕާޓީގެ އިސް ލީޑަރެއް، އާންމު މެންބަރެއް ތަފާތުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox