"މިރޭ އިރުއޮއްސުމަށް ފަހު މާދަމާ އަލިވިލުމުގެ ކުރިން އެއްވެސް އަލިކަމެއް ދެއްކުން މަނާ!"

"މިރޭ އިރުއޮއްސުމަށް ފަހު މާދަމާ އަލިވިލުމުގެ ކުރިން އެއްވެސް އަލިކަމެއް ދެއްކުން މަނާ!"

މާދަމާއަކީ ޝައްވާލުމަހުގެ ފުރަތަމަ ދުވަސްކަން މިހާރު އެނގޭނީ ހަނދު ސާބިތުވެއްޖެކަމަށް ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓަކުންނެވެ. މިނިސްޓްރީގެ އެންގުން ލިބޭނީ އަތުގައި އޮތް ސްމާޓް ފޯނަށެވެ. އެ ހިސާބުން އީދުގެ ތަހުނިޔާ ކިޔައި ފޮނުވާ މެސެޖުތައް ލިބެން ފަށާނެ އެވެ.

މި ނޫން ގޮތަކަށް މިކަން އޮވެއްޖެނަމަ ވާނޭ އުނދަގުލާއި ތުރާލެއް ހިތަށް ގެނައުމަކީވެސް އަޅުގަނޑުމެންގެ ޖީލަށް ފަސޭހަކަމަކަށް ނުވާނެ އެވެ. އަޅުގަނޑުމެންގެ ޖީލޭ މިދެންނެވީ އަޅުގަނޑުވެސް ހިމަނައިގެންނެވެ. އެއީ ކިޔައިދޭން މިއުޅޭ ޒަމާނަކީ އަޅުގަނޑުވެސް ދުށް ޒަމާނަކަށް ނުވާތީ އެވެ. އަޅުގަނޑުމެން ދުށީ ރޭޑިއޯގެ ޒަމާނެވެ. އެއީ މިޒަމާނުގެ އިންސާނީ ފަސޭހަތަކަށް އަހުލުވެރިވާން ފެށިތާ ކުރީކޮޅޭ ދެންނެވިދާނެ އެވެ. އޭރުވެސް އީދުރޯދައަށް ހަނދު ބެލުމުގައި 'ހިޖުރަ އޮޅިގެން' އުޅޭކަށް ނުޖެހެ އެވެ.

ރޯދައާއި އީދަށް ހަނދު ބެލުމާއި ހަނދު ސާބިތުކުރުމަކީ އެ ޒަމާނުގައި ފަސޭހަ ކަމެއް ނޫނެވެ. ރޯދަ މަހުގެ ނަވާވީސް ވަނަ ދުވަހުގެ ހަވީރުން ފެށިގެން ހަނދު ބަލަން ނުކުންނަން ރައްޔިތުންނަށް ގޮވާނެ އެވެ. ހަނދު ބެލުމަށްޓަކައި މީހުން ނުކުންނާނީ ރަށުގެ ހުޅަނގުފަރާތު އަތިރިމައްޗަށެވެ. ހަށީ ވަރުހުރި އެންމެން ނުކުމެ އިޝާ ނަމާދު ވަންދެން ހަނދު ފެނޭތޯ ތިބޭނެ އެވެ. މިހެން ތިބޭއިރު ނަމާދުގެ ޖަމާއަތަށް ދާނީ އެއްބަޔަކެވެ. އަނެއް ބަޔަކަށް ދެވޭނީ ފުރަތަމަ ދިޔަ މީހުން އެނބުރި އައުމުންނެވެ.

ހަނދު ބަލަން ނުކުންނަން ގޮވާއިރު، ވަރުގަދަ އެންގުމެއް އަންގާނެ އެވެ. އެއީ އެރެއަށް އިރުއޮއްސުމަށްފަހު އަލިވިލުމާ ދެމެދު އެއްވެސް ގެއަކުން ނުވަތަ ބަދިގެއަކުންވިޔަސް އެއްވެސް ބާވަތެއްގެ އަލިކަމެއް ނުދެއްކުމެވެ. މިއީ ވަރަށް ވަރުގަދަ ހިކުމަތެއް އޮވެގެން އަންގާ އެންގުމެކެވެ.

އެ ޒަމާނުގައި އެއް ރަށަކަށް ހަނދު ފެނިއްޖެނަމަ ކައިރީގައި ހުރި ރަށްތަކަށް އެކަން އަންގާނެ އެވެ. އެކަން އަންގަން ހަދާ ގޮތަކީ އަލިފާން ރޯކޮށްގެން އަލި ދެއްކުމެވެ. އެހެންވީމާ އަލިކަމެއް ފެނިއްޖެނަމަ އެއީ އެރަށަށް ހަނދު ފެނުނީކަމުގައި ހީވެ، އަނެއް ރަށެއްގެ މީހެއް ވިދިގެން އަންނަ ދުވަހު އީދުކޮށްފާނެ އެވެ. ނުވަތަ ހަނދު ފެނުނުކަން ކަށަވަރުކުރުމަށް އެރަށަށް ދަތުރުކޮށްފާނެ އެވެ.

ދަތުރުކުރުމޭ ދެންނެވީމާ އެއީކީ ފަސޭހަ ކަމެއް ނޫނެވެ. ދިމާ ވެލި ފެންނަން އޮތް ރަށަށް ދަތުރުކުރަން ޖެހުނަސް އަތުން ފޮޅުލާ ވަރަށް ފަލިޖަހައި، އެރަށަކަށް ދެވޭނީ ދެތިން ގަޑިއިރުންނެވެ. އަމުދުން ވިއްސާރަ ނުވަތަ ކަނޑުގަދަ ދުވަސްވަރަކާ ލައްވާލައިފިނަމަ އެޖެހުނީ އަނެއް މުސީބާތެވެ. އެރަށަކަށް ގޮސްފައި ހަނދު ފެނިއްޖެކަން ކަށަވަރުކޮށް އެނބުރި އަންނަން ހަމަ އެހާ ވަގުތެވެ. ހަނދު ފެނުނުކަން ސާބިތުކުރަން ދިޔަ އެތިގަނޑު އެނބުރި ނާންނަނީސް ހާރުދަން ލައްވާލައިފިނަމަ އަނެއް ދުވަހު ރޯދައަށް ތިބެން އެންމެން ހާރު ކާނެ އެވެ. ބައެއް ފަހަރު ދިމާވާ ކަމެއްގެ ސަބަބުން، ހަނދު ފެނުނު ކަމުގެ ހަބަރު ހިފައިގެން އާދެވޭނީ އަނެއް ދުވަހުގެ އިރު އަސުރުން ތިރިވާ ފަހުންނެވެ. އޭރު ރަށެއްގެ ރައްޔިތުން ތިބޭނީ، ހަނދު ފެނުނުކަން ސާބިތުނުވާތީ ޝައްވާލުމަހުގެ އެއްވަނަ ދުވަސްކަން ނޭނގި ރޯދައަށެވެ.

ބައެއް ފަހަރު ރަށަކުން އައްޔެއް ފެނިގެން އެރަށަކަށް ދަތުރުކޮށްފައި ދާއިރު، ރަށުގެ އެންމެން ތިބޭނީ ނިދާފަ އެވެ. ރަށުން ދިރިހުރި ފުރާނައަކާ ބައްދަލުވާ ގޮތް ނުވީމާ ދެންދާނީ ކަތީބު ގޯއްޗަށެވެ. ކަތީބަށް ގޮވައި މި އާދެވޭ ގޮތްވީ މިރަށުން އައްޔެއް ފެނިގެން އެކަމުގެ ހަބަރު ބަލާލަންކަމަށް ދެންނެވީމާ އެރަށަށް ހަނދު ނުފެންނަކަމަށް ކަތީބު ވިދާޅުވާނެ އެވެ. ދެން ކަތީބު ފަށްޓަވާނީ ތަހުގީގެވެ. ނާ އެރޭ ނިދިކުރެއްވީ އެއްވެސް އަލިކަމެއް ބޭރަށް ނުދައްކާން ބޮޑު އެންގުން އަންގަވާފަ އެވެ. އެކަން ނޭނގޭ ރައްޔިތަކު ހުރެގެން ނުވާނެ އެވެ. އެ ފުރަ ދަންވަރު ގަދަ ނިދީގައި ތިބި ރައްޔިތުންނަށް ގޮވައި ހޭލައްވައިގެން އެތައް އިރެއްގެ ތަހުގީގަށްފަހު ސާފުވާ ކަމަކީ އެވެނި ގެއެއްގެ ބަދިގެއިން އެއްޗެއް ރޯފިލުވާން އުނދުން ރޯކުރި ކަމެވެ. ނުވަތަ އެވެނި މީހަކު ބަނޑުގައި ރިއްސާތީ އަހިފަތެއް ހޯދައިލާން ދިޔައިރު ފުޅިބައްތި ގެންދިޔަ ކަމެވެ. ހަނދު ފެނުނީކަމަށް އައި މީހުން ކަރު އެލުވާލައިގެން އެނބުރި ރަށަށް ދާން އަނެއްކާވެސް އެހައި ހިންމަތް ކުރާން ޖެހެ އެވެ.

ރޯދަ މަހުގެ ނަވާވީސްވަނަ ދުވަހުގެ އިރުއޮއްސުމަށްފަހު އަލިކަމެއް ބޭރަށް ނުދައްކާން ހަރުކަށި އެންގުން އަންގަނީ މިކަހަލަ ތަކުލީފުތައް ދުރުކުރުމަށެވެ. އެ ޒަމާނުގައި ހުރި ވަސީލަތްތަކަށް ބަލާއިރު އެކަމުގައި އަމަލުކުރެވޭނޭ މިނޫން ގޮތެއް ނުވެސް އޮންނަނީ އެވެ.

މި ހާލެއްގައި ޝަކުވާއެއް ނެތި ދިވެހިން އުޅުނީ ހާދަހާ ޒަމާނަކު އެވެ. އަޅުގަނޑުމެންގެ ތެރެއިން މި ތަކުލީފު ނުފިލާ އޮތް ޒަމާނުގެ މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ޒަމާނުގެ ވަސީލަތްތަކާއެކު އަޅުގަނޑުމެންނަށް ލިބުނު ފަސޭހަކަމަށް ޝުކުރުވެރިކަމުގެ ލޮލަކުން ބަލާލެވެނީ މި ފަސޭހަތައް ނެތް ޒަމާނުގެ ހާލާތު އޮޅުން ފިލުމުންނެވެ. ދުނިޔެއިން ވެއަތުވާ ކޮންމެ ދުވަހަކާއެކު ތަރައްގީއާއި ތަމައްދުންގައި އިންސާނީ ދަރިކޮޅު ކުރިއަރައިދާއިރު، އަޅުގަނޑުމެންނާ ހަމައަށް މި ތަރައްގީ ގެނުވި އިންސާނުންގެ މަގުސަދަކީވެސް އިންސާނީ ދިރިއުޅުން ފަސޭހަ ކުރުމެވެ.

މާދަމާ ރޯދައަށް ހުންނާންވީތޯ ނޫންތޯ ނިންމުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ކުޅަ ހިންމަތަށް ސާބަސް ހައްގެވެ. އެ ޖީލުގެ ތަކުލީފުތައް މިއަދު އުފުލާން ނުޖެހުމަކީ އަޅުގަނޑުމެންގެ ނަސީބެވެ. އެ ހިތްވަރު ދެއްކިދާނީ މި ޖީލުގެ މަދު މީހަކަށެވެ.

މައުލޫމާތު؛ އުތީމު އާދަމް އަބްދުއްރަހްމާން؛ ފަތްތޫރަ 331

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox