ގުޅީފަޅުން ހިއްކަން ނުފަށާ ސަރަހައްދަކަށް ގޯތިތައް ބަދަލުކުރަން ސަރުކާރުން ނިންމައިފި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން: ރަތްކުލައިގެ ބޮޅުން ފާހަގަކޮށްފައިވާ ސަރަހައްދަކީ ބިން ހިއްކުމުގެ މަޝްރޫއުގައި ނުހިމެނޭ ބައެއް --

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން: ރަތްކުލައިގެ ބޮޅުން ފާހަގަކޮށްފައިވާ ސަރަހައްދަކީ ބިން ހިއްކުމުގެ މަޝްރޫއުގައި ނުހިމެނޭ ބައެއް --

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް މިހާތަނަށް ހިއްކަން ނުވެސް ފަށާ، ހިއްކަން ބަޔަކާ ހަވާލު ވެސް ނުކުރާ ސަރަހައްދަކަށް "ބިންވެރިޔާ" ސްކީމުގެ ބައެއް ގޯތިތައް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މި ސަރުކާރުގެ ހައުސިން މިިނިސްޓްރީން އެންމެ ފަހުން އާންމުކުރި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި އޭގެ ކުރިން އާންމުކުރި ލޭންޑް ޔޫސް ޕްލޭނަކީ މިހާރު ހިއްކަން ހަވާލުކޮށްފައިވާ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއް ހިމަނައިގެން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭނެކެވެ.

ލޭންޑް ޔޫސް ޕްލޭންގައި ސަރުކާރުން ހިމަނައިގެން އުޅޭ ސަރަހައްދަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ޕްރޮޖެކްޓު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ކުރީ ސަރުކާރުން ފެށި ބިން ހިއްކުމުގެ މަޝްރޫއުތަކަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވި ސަރަހައްދެކެވެ.

"...85 ހެކްޓަރުގެ ލޭންޑް، ބިން އިތުރުވެގެންދާނެ ގުޅިފަޅަށް. ހަމަ އެއާއެކީގައި، ގިރާވަރުފަޅުގައި ވެސް، މިހާރު އެ ކުރިއަށްދާ މިންވަރަށް ވުރެ މާބޮޑުތަނުން އިތުރުކުރެވި، އިތުރު 50 ހެކްޓަރު، ގިރާވަރު ފަޅުން ވެސް އަޅުގަނޑުމެން ހިއްކާނަން،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެ ދުވަހު މިހެން ވިދާޅުވި ނަމަވެސް މި މަސައްކަތަކީ މިހާރު ހިންގަމުންދާ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ބައެއް ނޫނެވެ. މިހާރު ހިނގަމުންދާ މަޝްރޫއަކީ ޔޫރަޕުގެ ބޭންކުތަކަކުން ލޯނު ނަގައިގެން ބޮސްކާލިސްއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހިއްކަނީ 192 ހެކްޓަރެވެ.

ބޮސްކާލިސްއިން މިހާރު 85 ހެކްޓަރު ނުހިމެނޭކަން މީގެ ދެ ހަފުތާ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ކަށަވަރުކޮށްދެއްވި އެވެ.

"ކުރިއަށް އޮތް މަސް ދުވަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް ބޮސްކާލިސްއަށް މިހާރު ހަވާލުކޮށްފައި އޮތް މިންވަރަށް ބިން ހިއްކާ ލެވޭނެ. ދެން އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ފަހުން އިއުލާންކުރެއްވި 85 ހެކްޓަރުގެ ބިން ހިއްކުމަށް." އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަށް މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ނޫންވީމައި، މިހާރު ދާ ކޮންޓްރެކްޓްގެ މަސައްކަތް ނިމުމަށްފަހުގައި އަޅުގަނޑުމެން އިތުރަށް ހިއްކަން ޖެހޭ ބައި ހިއްކުމުގެ ފެށުމަށް ވާން ޖެހޭ ތައްޔާރީތަކެއް އަޅުގަނޑުމެން ވަމުން ގެންދާނަން،"

ގުޅީފަޅަށް ބިން އިތުކުރަން ނުފެށި ނަމަވެސް ސަރުކާރު އާންމުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ވަނީ މިހާރު ހިއްކާ ނިމިނިމި އޮތް ސަރަހައްދުގައި ހުރި 1،250 އަކަފޫޓާއި 1،650 އަކަފޫޓުގެ ގިނަ ގޯތިތަކެއް ހިއްކަން ނުފަށާ ސަރަހައްދަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން، 2050 އަކަފޫޓުގެ ބައެއް ގޯތިތައް ވެސް ހިއްކަން ނުފަށާ ސަރަހައްދަށް ބަދަލުކޮށްފައިވެ އެވެ.

ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށް ފަހު ސަރުކާރުން ވަނީ ގިރާވަރުފަޅުން ދޫކުރި 1347 އަށް ވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލުކުރަން ވެސް ނިންމާފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ދީފައިވާ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ބަދަލުކުރަން ބޭނުންވާ ކަމަށެވެ.

ގިރާވަރުފަޅުގައި ހުރި ގޯތިތައް ގުޅީފަޅަށް ބަދަލުކުރާ ސަބަބެއް ކަމަށް ސަރުކާރުން ބުނީ އެތަނުގައި އެވަރަށް ޖާގަ ނެތުން ކަމަށެވެ. އެކަމަކު އެއީ ވެސް ބިން އިތުރުކުރަން ރައީސްގެ ޕްލޭންކުރައްވާފައިވާ ތަނެކެވެ.

ގޯތި ދޫކޮށްފައިވާ ރަށް ބަދަލުކުރުމަކީ ރައީސްގެ ވައުދަކާ ހިލާފު ކަމެކެވެ. އަދި ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ރިޔާސީ ކެމްޕޭނާއި ވެރިކަމަށް ވަޑައިގެންނެވި ފަހުން އެކި މަންސަތަކުގައި ތަކުރާރުކުރައްވާފައިވެ އެވެ. ނިމުނު ހަފުތާގެ ހުކުރު ދުވަހު ބޭއްވި ޖަލްސާއެއްގައި ވެސް ރައީސް އެ ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑު މި ވައުދުވީ، ނުހިއްކާ އޮތް ތަނުން ވެސް، ފަޅު ތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނީއްޔާމު އެ ފްލެޓެއް ދޭން ނިންމި ތަނަކުން ދޭނެ ކަމަށް، އެ ވައުދު އަޅުގަނޑު ވިން، އެ ވައުދު މަތީގައި އަޅުގަނޑުމެން މި ތިބީ، އިރާދަކުރެއްވިއްޔާ އެ ވައުދު ހަމަ އެ ގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox