ހުލާސާކޮށް އިއްޔެ: ފައްޔާޒަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނުކުރޭ، ޕޮލިހަށް ހާޒިރުކުރީ ގޮތް ހުސްވެގެން!

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ޕޮލިހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިޔާދު/ އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ޕޮލިހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިޔާދު/ އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތު ފުލުހުން ނުކުރާ ކަމަށް އިއްޔެ އޭނާ ޕޮލިހަށް ހާޒިރުކޮށްފައި ސާފުކޮށްދިން ކަމަށް އޭނާގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވި އެވެ.

ފުލުހުން ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނެފައި އޮތީ އޭނާ ހާޒިރު ކުރާ ސަބަބަކީ އާރްޑީސީގެ ފައިސާއަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ހިޔާނާތްތެރިވެ، އެ ހިޔާނާތްތެރިވި ފައިސާއިން ފައްޔާޒަށް މާލީ މަންފާތަކެއް ލިބިފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.

ނަމަވެސް ފުލުހުން އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒްގެ ވަކީލު މަހްފޫޒް ވިދާޅުވީ ފައްޔާޒަށް ކުރެވޭ ތުހުމަތަކީ އާރްޑީސީއާއެކު ވިޔަފާރީގެ މުއާމަލާތެއް ކުރާ ކުންފުންޏަކަށް ފޮނުވި ޕޭމަންޓަކުން ލިބުމުން އެ ކުންފުނިން ފައްޔާޒްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވުން ކަމަށެވެ.

Advertisement

"އާރްޑީސީއާ ގުޅިގެން އެ ބަލާ މައްސަލައާ ޗެއާޕާސަންއާ އެއްވެސް ގުޅުމެއް ހުރި ކަމަށް ވެސް މިއަދު ފުލުހުން އަދި މިހާތަނަށް ވިދާޅުވެފައެއް ނެތް،" ވަކީލު ވިދާޅުވި އެވެ. "ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނުކުރެވޭ، ހާޒިރު ކުރެވުނީ ވެސް ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ހައިސިއްޔަތަކުން ނޫން."

ފައްޔާޒް ހާޒިރު ކުރީ ހަމައެކަނި މައުލޫމާތު ސާފު ކުރަން ކަމަށް ފުލުހުން ބުނި ކަމަށާއި ނަމަވެސް ފުލުހުން ސާފު ކުރަން ބޭނުންވި މައުލޫމާތަކީ އާންމުކޮށްފައިވާ މައުލޫމާތު ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެއީ މިނިސްޓަރުންގެ މާލީ ބަޔާންތަކުގައި މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތު ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

"މިއީ ހަމަ ފުރައްސާ ކުރުން. ޑިމޮކްރަސީއެއްގައި، މިއީ އަޅުގަނޑު ކޮށްފައި އޮތް ކަމެއް ވިޔަސް މިއަދަކު ނޫން ހާޒިރު ކުރާނީ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވާ އިދިކޮޅު ޕާޓީއެއްގެ ޗެއާޕާސަން ގެނެސްގެން މި ސަކަރާތް މި ޖަހަނީ ހަމަ ބިރުދައްކަން. ދެން ތަންދޮރު ވެސް ނޭނގެނީ، އިނގޭތޯ،" ފައްޔާޒް ވިދާޅުވި އެވެ.

އާރްޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތަކީ މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި އެ އިދާރާއަށް ހުށަހެޅި މައްސަލައެކެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ފައްޔާޒު ޕޮލިހަށް ހާޒިރު ކުރީ، އޭޕްރީލް 21 ގައި ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ނުލިބޭނެތީ، ގޮތް ހޮސްވެގެން ކަމަށެވެ.

އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ފުލުހަށް ހާޒިރުކުރުން ކުށްވެރިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ފައްޔާޒު ފުލުހަށް ހާޒިރުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްގައި ކަމަށެވެ.

"ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުންނަށް ބިރުދެއްކުމަށް ކުރަމުން ގެންދާ މަސައްކަތްތައް، ސަރުކާރު ހިންގުމުގައި މި ސަރުކާރުގެ އަމަލުތައް ހުރި ބީދައިން ކާމިޔާބެއް ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ މަސައްކަތްތައް މަޑުޖައްސައިނުލާނެ ކަމަށާއި ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox