ބެޑްމިންޓަން އެސޯސިއޭޝަން އިން ހައްގު ނިގުޅައިގަތުމުން ރިވައިވަލް އިން ބީޑަބްލިއުއެފް އަށް

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އެ އެސޯސިއޭޝަންގެ އިންތިހާބުގައި ރިވައިވަލް ސްޕޯޓްސް ކްލަބަށް ވޯޓު ލުމުގެ ހައްގު ނުދޭން ނިންމި ނިންމުން ބަލައިނުގަނެވޭތީ، އެ ކްލަބުން، ބީއޭއެމްގެ އެ ނިންމުން ދެކޮޅު ނުޖެހޭތީ، އެ މައްސަލަ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަމާލުކަމަށް ގެނެސްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މިހާރު ވަނީ "މާހައުލު ތަން ނުދޭ" ކަމަށް ބުނެ ފަސްކޮށްފަ އެވެ.

އައްޑޫ އިކުއޭޓްރަލް ވިލެޖުގައި ބާއްވަން މަސައްކަތް ކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ އެ އިންތިހާބު ނުބޭއްވުނުއިރު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ މި އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އެންގެވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އަަސާސީ ގަވާއިދާ ގުޅޭ މައްސަލަތައް ހައްލުކޮށް އިންތިހާބަކަށް ދިއުމަށެވެ. އޭސީސީ އަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަައެއް ހުށަހަޅާފައިވާތީ، އެ ކޮމިޝަނުން އެންގީ ވަކި އެއްޗެއް އަންގަންދެން އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށެވެ.

އޭގެ ފަހުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅުން ހުރި ތަންތަން އޭސީސީން ވަނީ ބަލައިފަ އެވެ. މީގެ ކުރިން، އޭސީސީގެ ޓީމަކުން ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް ވެސް ރެއިޑްކޮށްފައިވެ އެވެ.

ރިވައިވަލްގެ ކަންބޮޑުވުންތައް

ރާއްޖޭގެ ބެޑްމިންޓަނުގައި މިދިޔަ ހަތަރު ވަރަކަށް އަހަރު، އެންމެ އެކްޓިވްކޮށް ފެނުނު ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބް އަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ނުދެ އެވެ. އެކަމާ މެދު އެންމެ ފުރަތަމަ ދުވަހު ވެސް ކަންބޮޑުވުންތައް އޮތެެވެ.

ރިވައިވަލް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަހަޅައިފަ އެވެ.

އެ އަށް ޖަވާބު ދިނުމުގެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ވަނީ، 2022 ވަނަ އަހަރު ގައުމީ މުބާރާތުގައި ކްލަބްތަކަށް އަމާޒުކޮށްގެން ބޭއްވި މިކްސްޑް ޓީމު އިވެންޓްގައި ވެސް ރިވައިވަލް ބައިވެރިނުވާކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް ބަޔާންކޮށްފަ އެވެ.

"ފާއިތުވި ދެ އަހަރު (2022 އާއި 2023) ކްލަބްތަކަށް އަމާޒުކޮށްގެން ހުޅުވާލި މުބާރާތްތަކުގެ ތެރެއިން 75 % މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް، މި އެސޯސިއޭޝަންގެ ރެކޯޑްތަކުން ނުދައްކާތީވެ، 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުމަށް އެލިޖިބަލް ނުވާ ވާހަކަ ދެންނެވީމެވެ." ބެޑްމިންޓަން އެސޯސިއޭޝަނުން ރިވައިވަލް އަށް ފޮނުވި ސިޓީގައިވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މި ސިޓީ އަށް ޖަވާބު ދިނުމުގެ ގޮތުން، ރިވައިވަލް އިން ވަނީ އިތުރު ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ރިވައިވަލް އިން ބުނެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަަޔާންކޮށްފައިވަނީ، "އެސޯސިއޭޓް މެމްބަރުން އެސޯސިއޭޝަންގެ ފަރާތުން ހިންގާ މުބާރާތްތަކުގައި ބައިވެރިވާންވާނެ އެވެ. މި ގޮތުނބް، އެސޯސިއޭޝަނުން ކްލަބް ޖަމިއްޔާތަކަށް އަމާޒުކުރާ މުބާރާތްތަކުގެ ތެރެއިން، ކޮންމެ އަހަރަކު މަދުގެން 75% މުބާރާތްތަކުގައި ބައިވެރިވާންވާނެ އެވެ. އަހަރެއްގެ ތެރޭގައި ކްލަބް ޖަމިއްޔާތަކަށް އަމާޒުކުރެވޭ މުބާރާތްތަކުގެ ތެރެއިން، 50% މުބާރާތުގައި ބައިވެރިނުވާނަމަ އެ ފަދަ އެސޯސިއޭޓް މެމްބަރުންގެ މެމްބަޝިޕް ބާތިލްކުރުމުގެ އިހުތިޔާރު ހިންގާ ކޮމިޓީ އަށް ލިިބިގެންވެ އެވެ" މި ގޮތަށް ކަމަށެވެ.

އެކަމަކު، ހިންގާ ކޮމިޓީ އަށް ލިބޭ އެ ފަދަ ބާރެއްގެ ބޭނުންކޮށްގެން ވެސް، ރިވައިވަލްގެ މެމްބާޝިޕް ބާތިލްނުކޮށް އޮތުމަކީ، އެ ކްލަބަކީ އެކްޓިވް ކްލަބެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް ގަބޫލުކުރާކަން އެނގޭ ކަމެއް ކަމަށް ރިވައިވަލް އިން ބުނެފައިވެ އެވެ.

އަދި ރިވައިވަލް އަކީ، ވޭތުވެދިޔަ އަހަރުގައި، ގައުމީ ޓީމަށް ކްލަބްތަކުން ކުޅުންތެރިން ނެގުމަށް އެކުލަވާލި އުސޫލާ އެއް ގޮތަށް ހަމައެކަނި އަމަލުކުރި ކްލަބް ކަމަށެވެ. އަދި އެ ކްލަބްގެ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނިގެން އެކި ކަހަލަ މުއާމަލާތުތައް އެ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަނާ ދެމެދު ހިނގާފައިވާއިރު، މިއީ ވެސް އެ ކްލަބްގެ އެކްޓިވްކަން ސާބިތުވާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވަނީ، ދެ ކްލަބަކަށެވެ، އެކަމަކު، އެ ކްލަބްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، 30 އަށް ވުރެ ގިނަ ކްލަބް އެ އެސޯސިއޭޝަނާ އެކު، އެކި ކަހަލަ މުއާމަލާތް ކުރަމުންދެ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނަށް ތުހުމަތު އަމާޒުވާ ކަމަކީ، ވޯޓު ލުމުގެ ފުރުސަތު ދިނީ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ރުހޭ ކްލަބްތަކަށް ކަމަށެވެ.

ކަންބޮޑުވުންތައް ދުނިޔޭގެ ފެޑެރޭޝަން އަށް

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ބެޑްމިންޓަނުގައި އެކި ލެވަލްގައި ޝާމިލުވެ އުޅޭ އެކި ފަރާތްތަކުން އަންނަނީ، ބެޑްމިންޓަން އެސޯސިއޭޝަންގައި ހުރި މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުންނެވެ.

އެ ގޮތުން، ބައެއް ފަރާތްތަކުން ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަނުގެ ސަމާލުމަކަށް ވެސް އެ މައްސަލަތައް ވަނީ ގެނެސްފަ އެވެ.

އެ ގޮތުން، ރިވައިވަލް އަތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ނިގުޅައިގަތް މައްސަލައިގައި، އެ ކްލަބުން ވަނީ އެކަން ދުނިޔޭގެ ފެޑެރޭޝަނަށް ހުށަހަޅައި، ރާއްޖޭގެ ބެޑްމިންޓަންގެ ހާލަތު ވެސް ކިޔައިދީފަ އެވެ.

ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ދިން ޖަވާބުގައި ބުނީ، ރިވައިވަލް އިން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅޭ ކަންތައްތަކެއް މި ވަގުތު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ބެޑްމިންޓަން އެސޯސިއޭޝަނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރިވައިވަލް އިން ހުށަހަޅާފައިވާ ކަންތައްތަކަކީ، އަމިއްލަ ގައުމުގައި ހުރި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލުކުރެވޭނެ ކަމެއް ކަމަށާއި ބީޑަބްލިއުއެފް އަކީ އަބަދުވެސް ކޮންމެ މެމްބަރު އެސޯސިއޭޝަނެއްގެ އޮޓޮނަމީ ހިފަހައްޓަން ބާރު އަޅާ ޖަމިއްޔާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި، ރާއްޖޭގެ ބެޑްމިންޓަންގެ ކަންކަން ހިނގަމުން އަންނަ ގޮތް ވަރަށް ގާތުން ބަލަމުން އަންނާނެ ކަމަށާއި އެކަންކަން ހިނގަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އުސޫލުތަކާއި ގުޑް ގަވަރްނަންސް މިންގަޑާ އެއްގޮތަށް ތޯ ކަށަވަރުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މޫސަ ތިން ވަނަ ދައުރަކަށް އިންތިހާބުކުރީ، 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. މޫސަގެ އެ ލީޑަޝިޕްގެ، އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. އެހެންކަމުން، މި މަހުގެ 11 އަށް މިހާރު އޮތް ބޯޑުގެ ދައުރު ވަނީ ހަމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox