އެކި ބާވަތުގެ ބަލިމަޑުކަމުގެ ތެރެއިން؛ ދޮގު ހެދުމުގެ ބަލި!

އެކި ބާވަތުގެ ބަލިމަޑުކަމުގެ ތެރެއިން؛ ދޮގު ހެދުމުގެ ބަލި!

އަޅުގަނޑު ދަންނަ، ނުލާހިކު ގާތް މިތުރަކާ ޒަމާންކޮށްފައި ދިމާވެއްޖެ އެވެ. ހާލު އަހުވާލުގެ ވާހަކަ އަހާލައި މިހާރު ލޮލުބޭހަކަށްވެސް ނުފެނޭ ނޫންހޭ އެހުމުން ބުންޏެވެ. މިއުޅުނީ އައްޑުއަތޮޅުގަ އެވެ. މިހާރު ހިތަދޫގައި ފަށައިގެން މިއުޅޭ ގެސްޓްހައުސްއާއި ރެސްޓޯރަންޓާއި ޖިމުގެ މަސައްކަތް ހިންގާން ގިނައިން މިއުޅެވެނީ އެކޮޅުމަތީގަ އެވެ. ސާޅީސް ކޮޓަރީގެ ގެސްޓުހައުސްއަކާއި، އެއްފަހަރާ ސަތޭކަ މީހުންނަށް ވަދެވޭ ވަރުގެ ޖިމެއް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށެއް ނުލެވޭނެ ނޫންހޭ ބުންޏެވެ. މި ހުރިހާ ކަމަކަށް ފަނަރަ ވަރަކަށް މިލިއަން ރުފިޔާވެސް ހަރަދުވެއްޖެ ވިއްޔާއޭ ބުނެ ކަންބޮޑުވުން ދެއްކި މޫނުމަތިން ފަހުރުވެރި ހިނިތުންވުމެއްވެސް ފެނެ އެވެ.

އޭނާ ނުފެންނަ ވާހަކަ އަހާލީ މިހުރިހާ ތަފުސީލުތަކެއް ދީފާނޭ ކަމަކަށް ނޫނެވެ. މިއީ އަޅުގަނޑަށް ނިކަން މުހިންމު ވާނޭ މައުލޫމާތުތަކެއް ކަމަށް ދެކިގެން މި މައުލޫމާތު ދިނީ އޭނާ އަމިއްލައަށެވެ. އަޅުގަނޑުމެން އެކުގައި ހިނގާލާފައި ގޮސް އެންމެ ކައިރީގަ ހުރި ކެފޭއަށް ވަދެ ކޮފީއަކަށް އޯޑަރުދީ އެ ކޮފީ ބޮއި ނިމި ދުފައި، ބިލު ދައްކައި ނިމުނުއިރުވެސް އޭނާ ދައްކަމުން ގެންދިޔައީ ސާޅީސް ކޮޓަރީގެ ގެސްޓުހައުސްގެ ވާހަކައާއި ރެސްޓޯރަންޓާއި ބޮޑު ސިންގާހާ ޖިމުގެ ވާހަކަ އެވެ. މިހާރުވެސް ފައިދާވާން ފަށައިފި ވާހަކައާއި، އެކަމުގައި އާންމުކޮށް ހުންނަ ގޮންޖެހުންތަކާއި އޭނާ އެ ވިޔަފާރި ހިންގާލާ ގޮތުގެ މޮޅުކަމުގެ ވާހަކަ އެވެ. ދޮގެއް ހަދާކަށް ނެތީމެވެ. އެކުވެރިޔާގެ ކާމިޔާބީއާމެދު އުފާކުރުމާއެކުވެސް، އަޅުގަނޑުގެ ދިރިއުޅުމާއި އޭނާގެ އެ ކާމިޔާބީއާ އަޅާ ކިޔައި، ކުޑަކުޑަ ރިހުމެއްވެސް ހިތުގައި ހިނގި އެވެ. އިންސާނީ ތަބީއަތެވެ.

އެ ބައްދަލުވުން ނިމުނުތާ ދުވަސްގަނޑެއް ފަހުން އެހެން އެކުވެރިންތަކަކާއެކު އޮތް ބައްދަލުވުމެއްގައި މި އެކުވެރިޔާގެ ވާހަކަ ދެކެވިއްޖެ އެވެ. އޭނާއަށް ގުޅަން އުޅުމުން އަޅުގަނޑު ބުނީމެވެ. އޭނާ ހުންނާނީ އައްޑޫގަ އެވެ. އެކޮޅުގައި އޭނާ ނިކަން ބޮޑެތި ވިޔަފާރިތައް އެބަހިންގާ ނޫންހޭ ބުނެ އޭނާގެ ފަރާތުން ލިބުނު ހުރިހާ ތަފުސީލެއް ދީފީމެވެ. އިރުކޮޅަކު ހިމޭނުން ތިބެފައި އެންމެން ޕަކަޕަކަ އަޅައި ހޭންފެށި އެވެ. ބުންޏެވެ. އޭނާ މިފަހަކުން އޭނާގެ އެކުވެރިޔަކާއެކު ދެ ދުވަހަކަށް އައްޑޫއަށް ދިޔަ އެވެ. އެ މީހާއަކީ ވިޔަފާރިވެރިއެކެވެ. ތި ވިޔަފާރިތަކަކީ އެމީހާ ވިޔަފާރިތަކަކަށް ވެދާނެ އެވެ. އަޅުގަނޑުމެންގެ އެކުވެރިޔާ އުޅެނީ ވަރަށް ހާލުގަ އެވެ. އަތްމަތި ދަތިވެގެން މީގެ ހަފުތާއެއް ކުރިންވެސް އަނބުރާ ދައްކާ ގޮތަށް ލާރިކޮޅެއްވެސް ހޯދިކަމަށް އަޅުގަނޑުގެ އެކުވެރިން ބުންޏެވެ.

ހައިރާންވެ ބަސްހުއްޓިފައި އިނދެވުނެވެ. ދެން އާވީ މާ ކުރީގެ ހަނދާނެކެވެ. ހަމަ މިއެކުވެރިޔާ އަޅުގަނޑު ގާތުގައި ބުންޏެވެ. ތިމަންނާ މިއުޅެނީ މީހަކާ އިންނާން ކަމަށެވެ. ރާއްޖޭގެ ވަރަށް މަޝްހޫރު ތަނަވަސް ސިޔާސީ ބޭފުޅެއްގެ ދަރިޔަކާއެވެ. އެ ސިޔާސީ މީހާއަށް މީނާ އަޅުގަނޑުމެން ގާތުގައި ކިޔައި އުޅުނީވެސް ބައްޕަ އެވެ. ބައްޕަ ބުންޏޯލަ އެވެ. ދަރިފުޅުމެން ކައިވެނިކޮށްގެން އުޅޭން ވާނީ އޮސްޓްރޭލިއާގަ އެވެ. މިހާރު ދަރިފުޅުގެ ނަމުގައި އެ ގައުމުން ގެއެއްވެސް ގަނެފީމެވެ. އަޅުގަނޑުމެންނަށް ފަހުން އެނގުނު ގޮތުގައި މި ސިޔާސީ މީހާއަކީ ދުވަހަކުވެސް ދަރިޔަކު ލިބުނު މީހެއްވެސް ނޫނެވެ. އޭނާގެ ދަރިއެއް ނުވެސް ހުރެ އެވެ. އަޅުގަނޑުމެންނަށްވެސް އަދި މިފޮނިކެނޑި އެކުވެރިޔާއަކަށްވެސް އޭރަކު އެކަމެއް ނޭނގެ އެވެ.

އަޅުގަނޑުގެ އެކުވެރިޔާގެ މި މިޒާޖަށް ވިސްނާއިރު، އޭނާއަށް ޖެހިފައި އެހުރީ ބައްޔެއް ކަމާމެދު ޝައްކެއް ނެތެވެ. އެއީ ދޮގުހެދުން އާދަވުމުގެ ބައްޔެވެ. އިނގިރޭސި ބަހުން މިކިޔާ ޕެތަލޮޖިކަލް ލައިން ނުވަތަ މިތަމޭނިއާ އެވެ.

މިތަމޭނިއާއަކީ ވާހަކަ ދެއްކުމުގައި ގިނައިން ދޮގުހެދުމާއި، އެ ދޮގުގެ ސަބަބުން ކުރާނޭ މަންފާއެއް ނެތަސް، ނުވަތަ ދޮގު ހަދަންޖެހޭ ސަބަބެއް ނެތަސް ދޮގު ހެދުން އާދަވުމުގެ ހާލަތަށް ސައިކޭޓްރީގައި ކިޔާ ނަމެކެވެ. މިއީ ސައިކޭޓްރީގައި އަދިވެސް ބަހުސް ކުރެވެމުންދާ މައުލޫއެކެވެ. އެ ހާލަތަކީ ސިކުނޑީގެ އުނިކަމަކުން ކުރިމަތިވާ ބައްޔެއްތޯ ނުވަތަ ސިކުނޑިއަށް ދިމާވެފައި ހުރި އެހެން ބައްޔެއްގެ އަލާމާތެއްތޯ އެއީ އަދި މިހާތަނަށް ކަށަވަރުކޮށް ހޯދިފައި ނެތް ކަމެކެވެ.

މިތޮމޭނިއާ އަކީ ބައްޔެއްގެ ގޮތުގައި އެންމެ ފުރަތަމަ ސިފަކުރީ އެމެރިކާގެ ސައިކައިޓްރިސްޓެއް ކަމަށްވާ ގްރޭންވިލް ސްޓޭންލީ އެވެ. އޭނާ މި ހޯދުން ހޯދީ 1890 ވަނަ އަހަރު އެވެ. އެހެންނަމަވެސް އޭރުގެ ހާލަތުން އޭނާއާ މިކަމުގައި އެއްބަސްވީ މަދު ބަޔެކެވެ. ގިނަ މީހުންގެ ދުށީ ދޮގު ހެދުމަކީ އެއީ ދޮގު ހަދާ މީހާގެ ނުބައި ނުލަފާކަން ކަމަށެވެ.

މިތޮމޭނިއާގެ ބަލި ހުންނަ މީހާ ދޮގު ހެދުމުގައި އޭނާއަށް އެ ދޮގުގެ ސަބަބުން މާއްދީ މަންފާއެއް އޮތްތޯ ނުބަލާނެ އެވެ. އެދޮގުން ހާސިލުކުރަން ބޭނުންވަނީ ކޮން ނަތީޖާއެއްތޯވެސް އެނގޭކަށް ނޯންނާނެ އެވެ. އަދި އޭނާ އެ ދޮގު ހަދާ ހާލަތަކީ ކޮންމެހެން ދޮގެއް ހަދައިގެން އޭނާގެ ސަލާމަތެއް ހޯދަންޖެހިފައި އޮތް ހާލަތަކަށްވެސް ނުވާނެ އެވެ.

މި ބަލި ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަންވެސް އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެހެންނަމަވެސް ތިމާ އެދޭ ސަމާލުކަން ނުލިބުމުން އެކަމުގެ ސަބަބުން ކުރާ އަސަރަކީ މިބަލީގެ ފެށުން ކަމުގައި ބައެއް ދިރާސާތަކުގައި ބުރަވެވިފައި ވެއެވެ.

މިތޮމޭނިއާ އަކީ ޑައިގްނޯސްޓިކް އެންޑް ސްޓެޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރ (ޑީއެސްއެމް) ގައި ނަފްސާނީ ބައްޔެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ ބައްޔެކެވެ. މި ބަލި ހުންނަ މީހުން ދޮގު ހެދުމަށްފަހު ފަހުން އެކަމާ ކަންބޮޑުވެ ދެރަ ވެއެވެ. މިއީ މިބަލި ފަސޭހަ ކުރެވިދާނޭ ހާލަތުގައި ހުރި މީހެއްކަން ދެނެގަނެވޭ ގޮތެވެ. އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ބަލި ބޮޑުވެ، ހެދޭ ދޮގުތަކާމެދު ދެރަވެ ލަދުގަތުމުގެ ގާބިލުކަންވެސް ގެއްލެ އެވެ.

މިތޮމޭނިއާގެ ބަލިމީހުން ހަދާ ދޮގުގެ ސަބަބުން މާއްދީ ގެއްލުމެއް ބައެއް ފަހަރު ނުވެދާނެ އެވެ. އެހެންނަމަވެސް އެ ދޮގުތަކުގެ ސަބަބުން ގުޅުންތައް ދެމެހެއްޓުމަށް އުނދަގޫ ވެ އެވެ. ނަތީޖާއެއްގެ ގޮތުން އެމީހަކު ދާނީ އޭނާގެ އެކުވެރިންނާއި އާއިލީ ގުޅުންތަކުގެ ބުރުން އެކަހެރިވަމުންނެވެ. ދައްކާ ކޮންމެ ވާހަކައަކަށް އަރިލޮލުން ބަލައި ވިސްނާޖެހޭނަމަ އެކަހަލަ މީހަކާ ގުޅުން ބޭއްވުން ދަތިވާނެ އެވެ.

ކޮންމެ މީހަކުވެސް ކޮންމެވެސް ވަރަކަށް ދޮގުހަދާނެ އެވެ. އެހެންވީމާ ވަށައިގެން ތިބޭ އެކުވެރިންގެ ތެރޭގައިވެސް ދޮގު ހަދާ އެކުވެރިން ވެސް އުޅޭނެ އެވެ. އެކަމަކު، އެކުވެރިޔާއަކީ ދޮގު ހެދުން އާދަވެފައި ހުރި، ބޭކާރު ކަންކަމާ ދޮގުހަދާ މީހެއްކަން ފާހަގަކުރެވޭނަމަ، އެކަމަށް ފަރުވާ ހޯދުމަށް އޭނާއަށް ވިސްނުވައި ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭނާގެ ވާހަކައަށް ބަރޯސާ ނުވުމާއި، އޭނާ ދައްކާ ހުރިހާ ވާހަކައަކީ ތެދަށް ނުވާނޭކަން ދަނެ، އެމީހަކާއެކު ބާއްވަންވާނީ ފާރަވެރިވާންޖެހޭފަދަ އެކުވެރިކަމެކެވެ. އެއީ އޭނާގެ ދޮގުގެ ސަބަބުން އޭނާއަށާއި އެހެން މީހުންނަށް ލިބިދާނޭ ގެއްލުމަކަށްޓަކައި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox