ސްކޮލަޝިޕްތަކަށް ހަރަދު ކުރި ތަފްސީލު އޮލިމްޕިކް ކޮމިޓީން ބަލަނީ

2022 ވަނަ އަހަރުގެ އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން، ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް (މ) އާ އެކު އޮލިމްޕިކް ކޮމިޓީ އާއި ބެޑްމިންޓަން އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރަނީ.--- ފޮޓޯ: އަދަދު

2022 ވަނަ އަހަރުގެ އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން، ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް (މ) އާ އެކު އޮލިމްޕިކް ކޮމިޓީ އާއި ބެޑްމިންޓަން އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރަނީ.--- ފޮޓޯ: އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެތުލީޓުންނަށް ހަމަޖައްސައިދިން ސްކޮލަޝިޕްތަކުގެ ފައިސާ އާއި އެސޯސިއޭޝަންތަކަށް މާލީ ގޮތުން ބަޖެޓް އެސިސްޓަންސް ފޯރުކޮށްދީފައިވާއިރު، އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި، އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ، މީގެ ދެ ހަފްތާއެއް ނޫނީ ތިން ހަފްތާއެއް ކުރިން، އޮލިމްޕިކް ކޮމިޓީން ވާނީ އެ ޖަމިއްޔާ އިން މާލީ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެސޯސިއޭޝަނަކުން އެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލް ފޮނުވައިދިނުމަށް އެދިފައި ކަމަށެވެ.

އޭގެ ތެރޭގައި، އޮލިމްޕިކް ކޮމިޓީގެ ފަރާތުން، އެތުލީޓުންނަށް ހަަމަޖައްސައިގެން ސްކޮލަޝިޕްގެ ފައިސާ ހަރަދުކުރި ގޮތް ހޯދުން ވެސް ހިމެނެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވީ، އެތުލީޓުންނާއި އެސޯސިއޭޝަނަށް އޮލިމްޕިކް ކޮމިޓީން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެހީތެރިކަން ދިނުމަށް ފަހު ކަންކަން ކުރިއަށް ދާ ގޮތް ބެލުމަކީ ވެސް ޒިންމާއެއްގެ ގޮތުގައި ސައްތާރު ދެކިލައްވަ އެވެ.

"ސްކޮލަޝިޕް ފަންޑަކީ އެތުލީޓަކަށް ލިބެންޖެހޭ އެއްޗެއް. މިހާރު ވެސް އަޅުގަނޑުމެން ހުރިހާ އެސޯސިއޭޝަން އަކަށް އަޅުގަނޑުމެން، 2023 ވަނަ އަަހަރު އަޅުގަނޑުމެން ސްކޮލަޝިޕެއް ދީފައި ވެއްޖިއްޔާ، އޭގެ ހަރަދު ކުރި ގޮތުގެ ޑީޓެއިލްސް ފޮނުވަން އަންގާފައިވަނީ. އެއީ ވެސް ތި ކަހަލަ އެއްވެސް އިޝޫ (ފަންޑް ބޭނުންކުރުމުގަިއ މައްސަލައެއް) އެއް އުޅޭތޯ ބަލަން. ހުރިހާ އެސޯސިއޭޝަނަކަށް އަންގާފައި އޮންނާނީ އަޅުގަނޑުމެން ފަންޑެއް ދީފައި އޮތީއްޔާ އެ ބޭނުންކުރި ގޮތެއް ހިއްސާކުރަން،" ސައްތާރު ވިދާޅުވި އެވެ.

ފްރާންސްގެ ޕެރިހުގައި މި އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު، ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ، ބެޑްމިންޓަނުން ނިބާލް އަހުމަދު، އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޞިޔާއު އަށް ވަނީ 2022 ވަަނަ އަހަރު ދީފަ އެވެ.

ރާއްޖޭން ބޭރުގެ މުބާރާތްތަކާއި ޓްރެއިނިންތަކަށް ދާއިރު، ޓޫރިސްޓް ވިސާގައި އެތުލީޓުން ދާތީވެ، އެ ކަމާ މެދު ސުވާލުކުރުމުން އޮލިމްޕިކް ކޮމީޓީން ބުނީ، ބައިނަލްއަގުވާމީ މުބާރާތް ނޫނީ ޓްރެއިނިން އަކަށްދާއިރު، މީގެ ކަންކަން ކުރަނީ އެސޯސިއޭޝަނަކާއި އެ އިވެންޓެއް ބާއްވާ ފަރާތެއްގެ މެދުގައި ހިނގާ މުއާމަލާތްތަކުން ކަމަށެވެ.

"ގޭމްސް އަކަށް ދާއިރު، އެ ގޭމްސްގެ އެކްރެޑިޓޭޝަން ފާހަކީ، އެއީ ވިސާއެއްގެ ގޮތުގައި ބަލަނީ. ޓްރެއިނިން ކޭމްްޕްތަކަށްދާއިރު އެކި ހާލަތްތަކުގައި އެބަހުރި އެކި ވިސާތަކުގައި އެތުލީޓުން މަސައްކަތް ކޮށްފައި، އެއީ ކިހިނެއްތޯ އަޅުގަނޑުމެން އެއާ ޓެކަލް ކުރާނީ، އެ ބަލަންޖެހެނީ،" ތަމޫހު ވިދާޅުވި އެވެ.

"އެ އެސޯސިއޭޝަނަކާ، މިސާލަކަށް ރާއްޖޭން ބޭރުން އެފިލިއޭޓްވެފައި އޮންނަ އެކެޑަމީއަކާ އޮންނަ ގާތްގުޅުމެއްގެ ސަބަބުން ކަމެއް ހިނގައިފާނެ، އަޅުގަނޑުމެން އެ ޑީޓެއިލްސް އަކަށް ނުދާނެ،"

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެންމެ ފަހުން، އޮލިމްޕިކް ސްކޮލަޝިޕް ލިބުނު އެތުލީޓަކަށް ލިބޭ ބަޖެޓުން، އެސޯސިއޭޝަނުން އެންމެ ރަނގަޅަށް ހަރަދުގެ ކަންކަން ނުކުރާ ކަމަށް ބުނެ، އޮލިމްޕިކް ކޮމިޓީ އަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox