ހިތްދަތި ހަނދާނެއް، ވަކީލު ފީ ލިބޭނޭ ކަމަށް ކުރި އުއްމީދު ފެނަށް!!

ހިތްދަތި ހަނދާނެއް، ވަކީލު ފީ ލިބޭނޭ ކަމަށް ކުރި އުއްމީދު ފެނަށް!!

ގާނޫނީ ދާއިރާގެ މަސައްކަތްތަކުގައި ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ކުރަން ޖެހުނީ އާދަޔާ ހިލާފު ތަޖުރިބާ ތަކެކެވެ. އޭރުގެ ސިޔާސީ ހާލާތު އޮތްގޮތުން އަޅުގަނޑުމެންގެ މަސައްކަތަކަށްވެފައި އޮތީ ސިޔާސީ ކުށްވެރިންގެ ދިފާއުގައި މަސައްކަތްކުރުމެވެ. ސިޔާސީ ބޭފުޅުން އަޅުގަނޑުމެންނަށް އުނގަންނައި ބުނެދީފައި އޮންނަ ގޮތުން އެ މަސައްކަތަކީ ގައުމީ މަސައްކަތެކެވެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރަމުން ގެންދިޔަ މަސައްކަތަކީވެސް ގައުމަށްޓަކައި ކުރާ ބޮޑުވެގެންވާ ޖިހާދަކޯލަ އެވެ. އެކަމާ ވެވޭ ފަހުރާއި ހިތަށް ލިބޭ އުފަލަކީ އަޅުގަނޑުމެންގެ މަސައްކަތުގެ އުޖޫރަ އެވެ.

އޭރުގެ ސަރުކާރުން ޖެހި ސިޔާސީ ދަލުގައި ޖެހޭ ކުދި މަސްތަކަށް އެހީތެރިވުމުގައި ޖޯޝާ ފޯރީގައި އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދިޔައީމެވެ. އެއްވެސް ޝަކުވާއެއް ފޫހިކަމެއް ވަރުބަލިވުމެއްވެސް ނޯވެ އެވެ. އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ މަސައްކަތަކީ ހެނދުނު ދަންފަޅީގައި ކޯޓުތަކުގައި އޮންނަ އަޑުއެހުންތަކަށް ދިއުމާއި، މެންދުރުފަހު ދަންފަޅި ދޫނިދޫ ދަތުރުތަކަށް ހާއްސަ ކުރުމެވެ. ރޭގަނޑު އޮންނާނީ ގައިދީންގެ އާއިލާތަކާއި ސިޔާސީ ބޮޑުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމާއި މައުލޫމާތު ހޯދުމެވެ.

އެ އަހަރު ނިމޭން އުޅެނިކޮށް، ސަރުކާރުން އެއްލި ސިޔާސީ ދަލުގައި ބޮޑު އެއްޗެއް ޖެހިއްޖެ އެވެ. މުޅި ރާއްޖޭގައި އެނޫން ވާހަކައެއް ނުދެކެވޭ ވަރުގެ ބޮޑު އެއްޗެކެވެ. ގައުމުގެ އިސް މަގާމުތައް އަދާކުރި، އަދި އަތްމަތި ނުލާހިކު ތަނަވަސް ސިޔާސީ މީހަކު މަޅިއެއްގައި ބެދުމުން ނިކަން އަވަހަށް ވަކީލުންގެ ޓީމެއް އޭނާގެ ދިފާއުގައި ތެދުވި އެވެ. އޭރު އަޅުގަނޑު ހުންނާނީ ދިމާވި ހާދިސާއަކަށް ފަރުވާ ހޯދާންކަމަށް ގޮސް ކޮޅުނބުގަ އެވެ.

މި ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުން ގެންދިޔައީ ވަރަށްވެސް ރޭވުންތެރިކަމާއެކުގަ އެވެ. ހެޔޮވަރުގެ ވަކީލު ފީއެއް ވެސް އެ ވަކީލުންނަށް ލިބުނު ކަމަށް ފަހުން އަޑުއެހީމެވެ. އެކަމަކު އަޅުގަނޑަށް ރާއްޖެ އާދެވުނުއިރު އެ ވަކީލުންގެ ޓީމު އޮތީ ރޫޅިފަ އެވެ. ބައެއް ވަކީލުން ސަސްޕެންޑުކުރެވި، ބައެއް ވަކީލުން އަމިއްލަ ސަލާމަތަށްޓަކައި ރާއްޖެއިން ބޭރަށް އަރުވާލެވުނީ އެވެ. ދިފާއީ ޓީމުގެ މަސައްކަތްވެސް އޮތީ ހުއްޓިފަ އެވެ. އަޅުގަނޑަށް ރާއްޖެ އާދެވުމާއެކު، ޖެހިގެން އައި ދުވަހު މަސައްކަތަށް ނުކުތީމެވެ. ބައެއް ސިޔާސީ ބޭފުޅުންގެ އެދުމަކަށް އަޅުގަނޑަށް ޖެހުނީ އެއްކަލަ މައްސަލައިގައިވެސް މަސައްކަތްކޮށްދޭށެވެ. ބައެއް ސަބަބުތަކާހުރެ ފުރަތަމަ އެ މަސައްކަތްކުރީ ފަރުދާގެ ފުރަގަހުގަ އެވެ.

އާންމު ގޮތެއްގައި ސިޔާސީ މީހުންގެ މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިން ނަމަވެސް، މި ބޭފުޅާއާ ބައްދަލުވި ފުރަތަމަ ދުވަހުވެސް ވަރަށް ރަނގަޅު އިނާޔަތެއް ހަމަޖައްސަދެއްވާނޭ ވާހަކަ ވިދާޅުވި އެވެ. ފުރަތަމަ މަސް ދުވަހުގެ ތެރޭގައި، އޭރު އަޅުގަނޑުމެންނަށް ލިބެމުންދިޔަ އާމްދަނީއާ އަޅާ ބަލާއިރު ރަނގަޅު އަދަދެކޭ ބުނެވިދާނޭ ވަރުގެ އަދަދެއް އަޅުގަނޑުމެންނަށް ހަމަޖައްސަވައިވެސް ދެއްވި އެވެ.

އަޅުގަނޑާއި އިތުރު ދެ ވަކީލަކު ބައިވެރިވެގެން ވަކީލުންގެ ޓީމެއް ހަދައިފީމެވެ. އަޅުގަނޑުމެން ގެންދިޔައީ އޭނާގެ މައްޗަށް ހުށަހެޅިފައި ހުރި މައްސަލަތަކާއި ތަހުގީގުކުރެވެމުން ދިޔަ މައްސަލަތަކުގައި މަސައްކަތް ކުރަމުންނެވެ. މައްސަލަތަކުގެ އަދަދު ގިނަކަމުން ރެޔާއި ދުވާލުގެ 24 ގަޑިއިރުވެސް އެ މަސައްކަތަށް މަދެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދެއްވި ވަކީލު ފީ އަށްފަހު، އިތުރު ފައިސާއެއް ނުލިބި އަށެއްކަ މަސް ހޭދަވެއްޖެ އެވެ. މި މައްސަލައާ ހަވާލުވެގެން އުޅޭތީ އޭރު ކަންކަން ހުރި ގޮތުން، އިތުރު ބަޔަކު އަޅުގަނޑުމެންނަކާ މައްސަލައެއްވެސް ހަވާލެއް ނުކުރެ އެވެ. ސަރުކާރާއި ކޯޓުތަކާ ދެކޮޅު ވަކީލުން ކަމަށް ލޭބަލް ވެފައި އޮންނާތީ އެވެ.

އަޅުގަނޑުމެންގެ އަތްމަތި ތާށިވާން ފަށައިފި އެވެ. މިކަމާ ލައްކަ ވިސްނުމެއް ވިސްނުމަށްފަހު އަޅުގަނޑުމެން ވަކީލުންގެ މެދުގައި މިކަމުގެ މަޝްވަރާކޮށް ނިންމުނީ ލަދަކާހުރެ ތަދެއް ނުފިލާނޭތީ އަޅުގަނޑުމެންގެ ހާލަތުގެ ވާހަކަ މުވައްކިލަށް ދަންނަވައި ވަކީލުންނަށް އުޖޫރައެއް ހަމަޖައްސައި ދިނުމަށް އެދުމަށެވެ. މުވައްކިލަކީ އަތްމަތި ތަނަވަސް މީހެކެވެ. އޭނާގެ މިލްކުގައި ހުރި ފައިސާ މިވަގުތު އަތުޖެހޭނޭ ގޮތެއް ނެތީ އެވެ.

އަޅުގަނޑުމެންގެ މުވައްކިލަށް މި ވާހަކަ ދެންނެވުމުން މުވައްކިލު ލިޔެ ދެއްވީ ސިޓީތަކެކެވެ. ރާއްޖޭގައި ނަން ހިނގާ ވަރަށް ގިނަ ވިޔަފާރިވެރިންނާއި، އެހައި މަޝްހޫރު ނޫން ބައެއް ވިޔަފާރިވެރިންނަށެވެ. ކޮންމެ ސިޓީއެއްގައި ވެސް އެދިފައި އޮތީ 'އަޅުގަނޑުގެ ވަކީލުންގެ ކަންތައް ހަމަޖައްސާލުމަށް ކޮންމެވެސް އެއްޗެއް' ހަމަޖައްސަވައި ދެއްވުމަށެވެ. އަޅުގަނޑުމެންނަށް އިރުޝާދު ލިބުނީ އެ ސިޓީތައް ހިފައިގެން ގޮސް އެ ބޭބޭފުޅުންނާ ބައްދަލުކޮށްލުމަށެވެ. އެ ވިޔަފާރިވެރިންނަކީ އަޅުގަނޑުމެންގެ މުވައްކިލުގެ އެހީތެރިކަން އިންތިހާއަށް ލިބުނު ބައެކެވެ. އެހެންވެ އެކަހަލަ ކުޑަކުޑަ ކަމެއް ހަމަޖައްސައި ދިނުން އެއީ ކަމެކޭވެސް އެ ބޭފުޅުން ނުހިތްތަވާނެޔޭ އަޅުގަނޑުމެންގެ މުވައްކިލު ވިދާޅުވި އެވެ. އަޅުގަނޑުމެން އެ ސިޓީތަކަށް ކީ 'ބޭންކް އޮފް ދޫނިދޫގެ ޗެކު' އެވެ.

ސިޓީތައް ހިފައިގެން ގޮސް އަޅުގަނޑުމެން ވަކިވަކިން ވިޔަފާރިވެރިންނަށް ގުޅަން ފެށީމެވެ. ބައެއް ބޭފުޅުން އަޅުގަނޑުމެންގެ މުވައްކިލުގެ ނަން ބުނެލާއިރަށް ފޯނު ބާއްވަނީ އެވެ. ބައެއް ބޭފުޅުން ބައްދަލުވުމަށް އަންނަން ކިޔަނީ ނުގަޑީގަ އެވެ. އެއިން ބޭފުޅަކާ ބައްދަލުކުރުމަށް، ހަދަމުންދިޔަ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއަށް ސިޑިން އަރަންޖެހުނު ހަނދާނަކީވެސް ހާއްސަ ހަނދާނެކެވެ. އެއީ އަޅުގަނޑާ ބައްދަލުކުރާ މަންޒަރު މީހަކަށް ފެނިދާނޭތީ ހަމަޖެއްސި އިންތިޒާމެކެވެ.

އަޅުގަނޑުގެ މުވައްކިލާ ގުޅުމެއް އޮތްކަން ސަރުކާރަށް އެނގިއްޖެނަމަ ހަދާލާނޭ ގޮތް ހިތަށް ގެނެވި އެ މީހުން ބިރުގަންނަނީ އެވެ. އޭރު މީހުން ސަރުކާރު ދެކެ ވަރަށް ބޮޑަށް ޖެހިލުންވެ އެވެ. ސަރުކާރު ކޯފާވެއްޖެނަމަ ކޮށްފައި ނުކުރާކަށް ހަމަ އެއްކަމެއްވެސް ނޯންނާނޭކަން ވިޔަފާރިވެރިން ދަނެ އެވެ. އަޅުގަނޑުމެންގެ މުވައްކިލު ފުރަތަމަ ފަހަރަށް ދިން ހުރިހާ 'ޗެކެއް' ބައުންސް ވީ އެވެ. އެއިން ޗެކަކަށް ފައިސާއެއް ލިބޭނޭ ހަމަ އެއްގޮތެއްވެސް ނުވި އެވެ. މި ވާހަކަ ދެންނެވުމުން އަނެއްކާވެސް އިތުރު 'ޗެކު'ތަކެއް ދެއްވައިފި އެވެ. މި ފަހަރު ދެއްވި ޗެކުތަކުގައި ތާނަ އަކުރުން، އުރުދޫ ބަހުން ލިޔެފައި އޮތް ޗެކެއްވެސް އޮތެވެ.

އަޅުގަނޑުމެންނަށް ދޫކުރެވުނު ޗެކުތައް ހުސްވުމާ ގާތަށް ދިޔައިރުވެސް ހެޔޮ ހަބަރެއް ލިބޭ ގޮތެއް ނުވެ އެވެ. މި ސިޓީތައް ހިފައިގެން އަޅުގަނޑުމެން މާލެތެރޭގައި އެނބުރޭތާ ދެމަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް އެތަނުން ބޭފުޅެއްގެ ހަބަރުވެއްޖެ އެވެ. ވަރަށް އަސަރާއެކު ވިދާޅުވީ ތިމަންނާގެ އެކުވެރިޔާ ތިޔަ ހާލުގައި އުޅޭ ކަމެއް ނުދެނަހުރިން ކަމަށެވެ. އަޅުގަނޑުގެ މުވައްކިލަކީ އޭނާއަށް ވަރަށް އެހީތެރިވީ މީހެއްކަމަށް ބުނެ، އޭނާގެ އެހީތެރިކަމުގެ ބަދަލެއްގެ ގޮތުން މިއަދުން ފެށިގެން އޭނާ ޖަލުން މިނިވަން ވަންދެން އޭނާގެ ހުރިހާ ހަރަދަކާ ހަވާލުވާން ތައްޔާރަށް ހުރިކަމަށް ވެސް ބުނެފި އެވެ. އަދި މާދަމާ ބޭސްފަރުވާއަކަށް ކޮޅުނބަށް ޖެހިލާފައި ހަފުތާއެއްގެ ތެރޭގައި އެނބުރި އައިސް ބައްދަލުކުރާނޭކަމަށް ވެސް ބުންޏެވެ.

ޖެހިގެން އައި ދުވަހު ދޫނިދޫ ބައްދަލުވުމުގައި އެންމެން ތިބީ ހެވި ދިއްލިފަ އެވެ. އުފާވެރި ބައްދަލުވުމެކެވެ. ވަކީލުންގެ އުޖޫރައިގެ އިތުރުން، އަޅުގަނޑުގެ މުވައްކިލު ބޭނުންވެފައި ހުރި އެހެނިހެން ކަންކަމަށްވެސް ފައިސާ ހަމަޖެހޭ ގޮތްވީ އެވެ. ހަފުތާއެއް ވަރު ލަސް ވިޔަސް ދެން މިވީހާ ލަހެއް ނުވާޔެނޭ ހިތައި އަޅުގަނޑުމެން އުފާކުރީމެވެ.

ދެ ދުވަހެއް ފަހުން އަޅުގަނޑުމެންގެ ވަކީލުންގެ ޓީމުގެ ވަކީލަކު އަޅުގަނޑަށް ގުޅައި ބައްދަލުކުރަން އެދުނެވެ. އަޅުގަނޑު ބައްދަލުކުރިއިރު އޭނާ ހުރީ މިލައި މޯޅިވެފަ އެވެ. ކުޑަކޮށް ރޮވިފައި ހުރިހެންވެސް ހީވި އެވެ. ވާހަކަ ދައްކަން ފަށާފައި ހުއްޓާލައި ދެފަހަރަކަށް ކަރުކެހިލައި ފެންތައްޓެއް ދަމާލާފައި ބުނެ އެވެ. އޮތީ ވަރަށް ދެރަ ހަބަރެކެވެ. އަޅުގަނޑުމެންނަށް ފައިސާ ދޭނޭކަމަށް ބުނި ވިޔަފާރިވެރިޔާ ރޭ ފަތިހު ކޮޅުނބުގައި ނިޔާވެއްޖެ އެވެ. ހާޓުއެޓޭކެއް ކަމަށްވެސް ބުންޏެވެ. އެ ހަބަރު އަހައި އަޅުގަނޑުގެ ހިތުގެ ހިނގުން ހުއްޓިފައި އިނދެވުނީ ކިހާއިރަކު ކަމެއް ނޭނގެ އެވެ. އަޅުގަނޑުމެން އެ މޭޒުގައި ތިބި ގަޑިއެއްހައިއިރު އަޅުގަނޑުމެންގެ އެއްވެސް މީހަކު އިތުރު އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެރޭ މަރުވީ އެ ވިޔަފާރިވެރިޔާ އެކަންޏެއް ނޫނެވެ. އޭނާއާއެކު އަޅުގަނޑުމެންގެ އުއްމީދުތައްވެސް ކަފުންކޮށް ވަޅުލެވުނީ އެވެ.

އެރޭ އެ މަރުހޫމުގެ މައްޗަށް ޣައިބުގައި ކުރި ކަށު ނަމާދުގައި ބައިވެރިވެ އޭނާއަށް ހެޔޮދުއާ ކުރީމެވެ. އަޅުގަނޑުމެންނަށް ހެޔޮކަމެއް ކޮށްދޭން އޭނާ ހިތު ނިޔަތްގަތްކަން އެއީވެސް ވަރަށް ބޮޑު ހެޔޮކަމެކެވެ. އަޅުގަނޑުމެންގެ ނަސީބު ހުރި ގޮތުން އޭނާ ދޭން ހުށަހެޅި މަދަދު އަޅުގަނޑުމެންނަށް ލިބޭނޭ ގޮތް ނުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox