ބެޑްމިންޓަން އެސޯސިއޭޝަނުން ފެންމަތިވީ ޒަމާންތަކެއް ވަންދެން އޮތް މައްސަލަތަކެއް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ): އޭނަ އަށް ގިނަ ތުހުމަތުތަކެއް އަމާޒުވޭ.-- ފޮޓޯ؛ އަދަދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ): އޭނަ އަށް ގިނަ ތުހުމަތުތަކެއް އަމާޒުވޭ.-- ފޮޓޯ؛ އަދަދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ގިނަ މައްސަލަތަކެއްގެ ވާހަކަ ކުޅިވަރުގެ ވާހަކަތައް ދައްކާ އެކިއެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުން އެބަ ދެ އެވެ. ރާއްޖޭގެ ބެޑްމިންޓަނާ ގުޅުންހުރި އެތައް ފަރާތެއްގެ ޝުއޫރުތައް ހުރީ ދާދި އެއް ގޮތަކަށެވެ. މިއީ، އިއްޔެ އަކު ނޫނީ މިއަދު ވާ ކަމެއް ނޫން ކަމަށެވެ. މިހާރު އެ ފެންމަތިވަމުން އަންނަ މައްސަލަތަކުގެ ވާހަކަތަކަކީ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮވެ، އެންމެ ފަހުން ކެތްތެރިކަން ކޮޅުންލައިގެން ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުން ހާމަކުރަމުން އަންނަ ގިނަ ހަގީގަތްތަކެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ކުރީގެ ކުޅުންތެރިޔާ މޫސާ ނާޝިދު (މޫސަ)، ފުރުއްވަމުން އެ އަންނަނީ، ތިން ވަނަ ދައުރެވެ. ގިނަ ބަޔަކު، ފާހަކުރަމުން އަންނަ އެއް ވާހަކަ އަކީ، ބެޑްމިންޓަން އެސޯސިއޭޝަނުން މި ވަގުތު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުންތަކަށް ވެސް ބެލުމެއް ނެތި، ކަންކަން ކުރިއަށްގެންގޮސް، (މި މަހު 22 ވަނަ ދުވަހު އައްޑޫ އިކުއެޓްރަލް ވިލެޖުގައި) އިންތިހާބެއް ބާއްވަން އެ އުޅެނީ، ކުރިއަށް އޮތް ދައުރަށް ވެސް މޫސަ ބޭނުންވާ ގޮތަށް، އެސޯސިއޭޝަންގެ ކަންކަން ގެންދިއުމަށެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލްއާ "އަދަދު" އިން ސުވާލުކުރުމުން، ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވީ، އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ނުގެންދަން ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި އެ އެސޯސިއޭޝަނާ ގުޅޭގޮތުން، އަމިއްލަ ފަރާތްތަކުން ވެސް، ކުޅުންތެރިންގެ ފަރާތުން ވެސް، ދެން، އަސާސީ ގަވާއިދުގައި އެ ހުރި ކަންތައްތައް ރަނގަޅުނުކޮށް، އިންތިހާބަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ތޮލާލް ވިދާޅުވި އެވެ. "އެހެންވީމަ، އަޅުގަނޑު އެދިފައިވަނީ، އަޅުގަނޑުމެން، ސްޕޯޓްސް މިނިސްޓަރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކައުންސިލުން މިކަމާ މަޝްވަރާ ކޮށްފައި، ދެން، ބެޑްމިންޓަން އެސޯސިއޭޝަނާ ވެސް މަޝްވަރާ ކުރުމަށް ފަހު، ކަންކަން ރަނގަޅުކޮށްގެން ކުރިއަށްދާން،"

ބެޑްމިންޓަނުގައި ހުރި މައިގަނޑު ބައެއް މައްސަލަތަކަށް ބަލާއިރު، ސީދާ އެސޯސިއޭޝަންގެ ރައީސް މޫސަ އަށް އަމާޒުވާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް އެބަހުއްޓެވެ. ފާޅުކަން ބޮޑުގޮތެއްގައި، އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރު ހިންގަން އިސްކޮށް ތިބި ފަރާތްތަކަށް މި ކަންކަމުގެ މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފަ އެވެ.

titledesc

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، ދިވެހި ބަހުން ލިޔެފައި، ކޮމިިޝަނާ އޮފް ސްޕޯޓްސް، ސްޕޯޓްސް މިނިސްޓަރު، ސްޕޯޓްސް ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ފޮނުވާފައިވާ މި ސިޓީގެ އިނގިރޭސި ތަރުޖަމާއެއް ވަނީ، ބެޑްމިންޓަންގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

"ތި މައްސަލަތައް ތި ގޮތަށް އޮންނަތާ އަހަރުތަކެއް ގުނަން ޖެހިއްޖެ، އެއްވެސް ސަރުކާރަކުން އެއްވެސް މުއައްސަަސާ އަކުން އަޅައިނުލާ އޮތީމަ ކަންކަން މިހާ ހިސާބަށް ގޮސްފައި މި އޮތީ، ރަނގަޅަށް އޮޑިޓްނުކޮށް ހިންގާ އެސޯސިއޭޝަންތަކަށް ބަޖެޓް ދީގެން، ކަންކަން ކުރަން އުޅެގެން، މި ފަދަ އެސޯސިއޭޝަންތައް މިހާރު އެ ތިބެނީ ގާނޫނަށް ވުރެ މަތީގައި،" ބެޑްމިންޓަންގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ގިނަ ފަރާތްތަކުން، އެންމެ ބޮޑަށް ކަންބޮޑުވާ މައްސަަލަ ގުޅިފައި އޮތީ، ބެޑްމިންޓަންގެ އަސާސީ ގަވާއިދަށެވެ. އެ ގޮތުން، އަސާސީ ގަވާއިދުގައި ހުރި ބައެއް ކަންތައްތައް ބަދަލު ގެންނަން ޖެހޭކަން ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ވެސް ވަނީ މީގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގައިފަ އެވެ.

އެކަމަކު، ބެޑްމިންޓަން އެސޯސިއޭޝަނުން ޖަވާބުގައި ބުނެފައިވަނީ، އަސާސީ ގަވާއިދު އިސްލާހު ކުރެވެން އޮތީ، ދެން އިންތިހާބުކުރާ ހިންގާ ކޮމިޓީ އަށް ކަމަށާއި މިހާރު އޮތް އަސާސީ ގަވާއިދަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅޭގޮތަށް އެކުލަވާލެވިފައި އޮތް އުސޫލުތަކެއް ކަމަށެވެ.

އެހެން ނަމަވެސް، ބެޑްމިންޓަނާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވާހަކަ ދައްކައި، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ބެޑްމިންޓަންގެ ހިންގާ ގަވާއިދު އޮތީ، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅޭ ގޮތަށް ވުރެ، "އަމިއްލަ" ގޮތްތަކަކަށެވެ.

އިންތިހާބު ކޮންޓްރޯލް ކުރަން ގެންގުޅެނީ، "ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ)"؟

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ ގޮތަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބާރުދީފައި އޮންނަ، ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމެއް ވެސް ނެތި/ ރާއްޖޭގެ އެއްވެސް ރަސްމީ މުއައްސަސާއެއްގައި ރަޖިސްޓްރީ ނުކުރާ ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބޭނުންވާ ގޮތަކަށް ކަންކަން ނުފޫޒު ފޯރުވޭ ގޮތަށް އޮތް ބަޔެކެވެ.

ގިނަ ފަހަރު ބީޑީސީތައް ހިންގަން ފުރުސަތު ދެނީ ވެސް އެސޯސިއޭޝަން ރުހޭ ރަށްތަކަށެވެ. އެއީ، އިންތިހާބަކާ ދިމާކޮށް، އެ ބީޑީސީތަކެއްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތެއް ބަލައިފަ އެވެ.

ބެޑްމިންޓަން ކްލަބްތަކަށް ނުލިބޭ ފަދަ ހައްގުތަކެއް، ބީޑީސީތަކަށް ދީފައި އޮންނަ އޮތުމުގައި ވެސް ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ކަންކަން ފަހިވެފައި އޮތް ކަމަކީ ވެސް ކަންބޮޑުވުމެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދު އޮންނަ ގޮތުން، އެސޯސިއޭޝަނުގައި ރަޖިސްޓްރީކުރާ ބީޑީސީތަކުން އިންތިހާބަށް ވޯޓުލާއިރު، ކޮންމެ 10 މެމްބަރަކަށް 15 ވޯޓު ލެވެ އެވެ. ބީޑީސީތަކަށް މެމްބަރުން ނެގުމުގައި ވަކި އަދަދެއް ބަޔާންކުރާ ވަކި އުސޫލެއް ނެތެވެ. ބީޑީސީ އަކީ ފުރިހަމަ މެމްބަރެއް ކަމަށްވާތީ، ވަކި ފީއެއް ދައްކަން ވެސް ލާޒިމެއް ނުކުރެ އެވެ. އެކަމަކު، 18000 ރުފިޔާ އަހަރަކު ދައްކަން ޖެހޭ، ބެޑްމިންޓަން ކްލަބްތަކަށް އެންމެ ގިނަ ވެގެން ވެސް ހިމެނެނީ، 15 މެމްބަރުންނެވެ. އެ އަށް ވުރެ އިތުރެއް ނުކުރެވެ އެވެ.

އެހެންކަމުން، ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ، ބީޑީސީތަކަކީ، އެސޯސިއޭޝަންގެ އިންތިހާބަށް ނުފޫޒު ފޯރުވައި، މަގާމު ދިފާއުކުރަން އެސޯސިއޭޝަން ރައީސަށް ކޮށިފައި އޮންނަ މަގެއް ކަމެވެ.

މި ފަހަރުގެ އެސޯސިއޭޝަންގެ އިންތިހާބު އިއުލާނުކޮށް، އައްޑޫގައި އިންތިހާބު ބާއްވަން، ބެޑްމިންޓަން އެސޯސިއޭޝަނުން ބޭނުންވީ، "އެސޯސިއޭޝަން ބޭނުންވާ ގޮތަށް ނުފޫޒު ފޯރުވައިގެން،" ގިނަ މެމްބަރުންތަކެއްގެ ހައްގު ގެއްލުނަސް އެ އަށް ވެސް ބެލުމެއް ނެތި، ބޭނުންވާ ކަންކަން ހާސިލްކުރުމަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

އެސޯސިއޭޝަނާއި ކުޅުންތެރިން އަދި އޮފިޝަލުންނާ މެދު ގުޅުން ގޯސްވުން

ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަަ ފަހެއް ނޫނީ ހަ ވަރަކަށް އަހަރު ތެރޭ، އެ އެސޯސިއޭޝަނުން ގެންގުޅެމުން އަންނަ ގައުމީ ޓީމުގެ ސްކޮޑާއި ބައިނަލްއަގުވާމީ ލެވަލްގައި ތިބި ކޯޓު އޮފިޝަލުންނާ މެދު ވަނީ އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކުރިމަތިކޮށްފަ އެވެ.

އެސޯސިއޭޝަނުން ނުރުހޭ ކުޅުންތެރިއަކަށް ނަމަ ފުރުސަތެއް ނޯވެ އެވެ. އެސޯސިއޭޝަނާ ހިޔާލު ތަފާތުވާ އޮފިޝަލަކަށް މުބާރާތްތަކުން ފުރުސަތެއް ނުލިބެ އެވެ.

މި ފަހުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހަބަރުތަކާ ގުޅިގެން، ޝުއޫރުފާޅުކުރަމުން އަންނަ ގިނަ ކުޅުންތެރިން ވެސް ފާހަގަކުރާ އެންމެ މުހިންމު ކަމަކީ، ހަމަހަމަ ކަމާ އެކު ކަންކަން ނުކުރުމުގެ "ސަގާފަތެއް" ބެޑްމިންޓަން އެސޯސިއޭޝަންގެ ތެރޭގައި ދިރުވަމުން އައިސް، މިހާރު އެ ކުޅިވަރުގެ މުސްތަގުބަލަށް އޭގެ ނުރަނގަޅު އަސަރު ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން، އެންމެ ފަހުން، ޕާކިސްތާންގައި ކުރިއަށްދިޔަ، ބެޑްމިންޓަން އޭޝިއާގެ ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް (ޖޫނިއާ މުބާރާތް) އަށް ކުޅުންތެރިން ނެގި ގޮތުން، އެކަމާ ހިތްހަމަނުޖެހިގެން، ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގެ އުސޫލެއް އޮތްތޯ ސުވާލުކުރުމުން، އެ ކަން ވެސް އެސޯސިއޭޝަނަށް ނަގައިގަނެވުނީ، މިއީ ޒާތީ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު، ގިނަ ކުޅުންތެރިންތަކެއްގެ ހައްގު ހިމެނޭ ކަމެއްގެ ގޮތުގައި އޮންނަ، ގައުމީ ޓީމަށް ކުޅުންތެރިން ނަގާ އުސޫލެއް އޮތްތޯ ސުވާލު ކުރުމަކީ، އެސޯސިއޭޝަނުން ކަންބޮޑުވެ، އެކަން ކުރި ފަރާތަކަށް ނުރުހުން ވާން ޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ކަންކަން އިސްލާހުކޮށް ރަނގަޅު ޓްރެކުގައި ކުރިއަށް ގެންދިއުން މުހިންމު ކަމެއްގެ ގޮތުގައި ބެލުމުގެ ގާބިލުކަން އެސޯސިއޭޝަނުގައި ހުންނަން ވާނެ އެވެ.

ކުޅިވަރެއްގެ މިސްރާބު ގޯސްވާނެ އެންމެ ބޮޑު ކަަމަކީ، އެ ކުޅިވަރަކާ މެދު، ގިނަ ބަޔެއްގެ ތަސައްވުރު ގޯސްވުމެވެ. ބެޑްމިންޓަން އެސޯސިއޭޝަންގައި މިހާރު ކަންކަން ބޮއްސުންލާފައި އޮތް މިންވަރަކީ، ކުޅުންތެރިންނާއި އޮފިޝަލުން އެއްވެސް ހާސްކަމެއް ނެތި، ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި، އެސޯސިއޭޝަންގެ ރައީސް މޫސަ އަށް އިތުބާރު ނެތްކަމުގެ ވާހަކަ ދައްކައި، ޝުއޫރުފާޅުކުރުމެވެ. އެސޯސިއޭޝަނެއް ހިންގަން، ތިބި ބަޔަކާ މެދު އިތުބާރު ގެއްލިއްޖެ ހިނދެއްގައި، އެ ބަޔަކު އެތަނުގައި އިތުރަށް ކުރިއަށްދާން އުޅެން ފަށައިފިނަމަ، އޭގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ، އެ ކުޅިވަރެއްގެ މުސްތަގުބަލަށެވެ. ބެޑްމިންޓަންގެ މުސްތަގުބަލަށްޓަކައި، މިހާރު މި ހުރި މައްސަލަތައް ހައްލުކުރަން އިސްކަންދިނުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox