އެނގެންވީ އެނގޭކަން އެންމެންނަށް އެނގެންނުޖެހޭކަން!

އެނގެންވީ އެނގޭކަން އެންމެންނަށް އެނގެންނުޖެހޭކަން!

އަހަރުމެން އުޅެމުން މިދަނީ ވާދަވެރި ދުނިޔެއެއްގަ އެވެ. ފަހުރުވެރިނުވެ ދޫކޮށްލާކަށް ކަމެއް ނެތެވެ. އެކަކަށްވުރެ އަނެކަކު މޮޅުކަމާއި މަތިވެރިކަން ދެއްކުމަކީ މި ދުނިޔޭގައި އަޅުގަނޑުމެން ކުޅިފަސް ހޯދަން ހިފާ މަގެވެ. އަމިއްލަ އެއްވެސް އިހުތިޔާރެއް ނެތި މިންވަރުފުޅުން ތިމާ ނިސްބަތްވި ހަސަބާއި ނަސަބުގެ މައްޗަށްވެސް އަހަރުމެން ފަހުރުވެރިވަނީ އަމިއްލަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ފަދައިންނެވެ. ދުނިޔެއަށް ދައްކަނީ އެ މަންޒަރެވެ. އެފަދަ ނަސީބެއް ނެތްނަމަ 'އިލްމުވެރިކަން' ނުވަތަ އެނގޭކަން ދައްކައިގެން އިންސާނީ ސަފުތަކުގެ ކުރިއަށް ޖެހިލާނެ ފުރުސަތަކަށް ދަހިވެތިވެފައިވާ ހިތްތައް ގިނަ އެވެ. އެހެންނަމަވެސް، އެނގޭކަން ދައްކާންވީ މަހައްލުތަކާއި ހަނު ހުންނާންވީ މަހައްލު ވަކިކޮށް އެނގެނީ މަދު މީހަކަށެވެ.

އެއް ޒަމާނެއްގައި މާ ދުރު ރަށެއްގައި އުޅުނު ތިން އެކުވެރިންނެވެ. އެކަކީ ދީނީ އިލްމު އުނގެނިގެން ހުރި އާލިމެކެވެ. ދެވަނަ މީހާއަކީ ވަކީލެކެވެ. ތިންވަނަ މީހާއަކީ މާ ބޮޑު ތައުލީމެއް ލިބިފައި ނެތް މީހެކެވެ. އިލްމުވެރި ދެ މީހުން ކައިރީގައި އުޅުމުގެ ސަބަބުން އެ ދެ މީހުންނަށް ވުރެ ވެސް ބޮޑަށް 'އިލްމުވެރިވެފައި' ހުރި މީހެކެވެ. ރައުޔެއް ނެތް މައުލޫއެއް ނޯންނާނެ އެވެ. ދީނީ އިލްމުވެރިޔާ ދޭ ދަރުސްތަކަށް ފާޑުކިޔަ އެވެ. ވަކީލުގެ ގާނޫނީ ލަފާތައް ވެސް އިސްލާހުކޮށްދެ އެވެ. ނުދަންނަ މީހުން ގާތުގައި މި މީހާ ވެސް ވެފައިވަނީ މީނާގެ އެކުވެރިންފަދަ ތައުލީމުޔާފުތާ އަކަށެވެ. މި މީހާ ހިމެނޭ ގޮތުން މި ތިން އެކުވެރިންގެ އިލްމުވެރިކަމާއި، ގަދަރުވެރިކަމާމެދު ހަސަދަވެރިވާ މީހުން ވެސް މަދެއް ނޫނެވެ.

ލިބޭ ހުރިހާ ހުސްވަގުތެއްގައި އެކުގައި އުޅޭ މި ތިން އެކުވެރިންނަށް ލޮޓިޔެއް ދިނުމަށް ބަޔަކު ރާވައިފި އެވެ. ތިން މީހުންގެ މައްޗަށް ކުޅައީ މީހަކު މެރިކަމުގެ ތުހުމަތެވެ. ދޮގު ތުހުމަތަށް ބާރުދިން ދޮގު ހެކިތަކުގެ ސަބަބުން ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެ ތިން މީހުން މެރުމަށް ނިޔާ ކަނޑައެޅިއްޖެ އެވެ. ހުކުމް ތަންފީޒުކުރަން އޮންނަނީ ރަށުގެ ހާމަ މައިދާނުގައި ކުޅިބަލާ މީހުންގެ ހާޒިރުގަ އެވެ. މި ތިން މީހުން މަރާލުމަށް ކަނޑައަޅާފައި އޮތީ ބޯ ބުރިކޮށްގެންނެވެ. އަދަބު ކަނޑައެޅޭ މީހާގެ ބޯ ކަނދުރާއިން ވަކިކޮށްލެވެނީ އެކަމަށް ހާއްސަކޮށްފައިވާ 'މެޝިނު' ގައި ބާއްވާފަ އެވެ.

އެ މެޝިން ޑިޒައިން ކުރެވިފައި ހުންނަނީ އަދަބު ތަންފީޒު ކުރެވޭ މީހާ ކަކޫ ޖައްސުވައި ގުދުކޮށް ބާއްވައި އޭނާގެ ކަރު ޖައްސުވާފައި ބޭއްވޭނޭ ބަޔަކާއި، ކަރާ ދިމާލަށް ވައްޓާލެވޭގޮތަށް ވަލެއް އައްސައި ތައްޔާރުކޮށްފައި ހުންނަ ބޮޑު ތިލައެއް ހިމެނޭ ގޮތަށެވެ. އެ ތިލަ އޮންނާނީ މަތިން އޮންނަ ހުރަސްވަކަރުގައި ހަރުކޮށްފައި ހުންނަ ކައްޕިން ފިރުކާލެވޭ ގޮތަށެވެ. ވަލުގެ އަނެއް ކޮޅުގައި ހިފަހައްޓައިގެން ހުންނާނީ ޖައްލާދެވެ. މަރާލެވޭ މީހާ ފަހަތަށް ބިޑިއަޅުވައި ބިންމަތީގައި ކަކޫ ޖައްސުވާފައި ގުދުކޮށް، އޭނާގެ ކަރު، ތިރީ ވަކަރު މަތީ ބޭއްވުމަށްފަހު، ޖައްލާދު ހިފަހައްޓައިގެން ހުރި ވަލުން ދޫކޮށްލުމުން އެ ބޮޑު ތިލަ ފިރުކިގެން ގޮސް ހުއްޓޭނީ އެ ތިލައާ ހުރަސްވާ ގޮތަށް އޮތް ކަރު ބުރިކޮށް އެ ދާ ބާރުމިނުގައި ގޮސް ބިންމަތީގައި ޖެހުމުންނެވެ.

ހުކުމް ތަންފީޒުކުރުމަށްޓަކައި ތިން އެކުވެރިން ހާޒިރުކުރެވިއްޖެ އެވެ. ފުރަތަމަ ދީނީ އިލްމުވެރިޔާ އެވެ. އޭނާއާ ސުވާލުކުރެވުނެވެ. ކަލޭގެ ފަހު ބަހަކީ ކޮބައިހެއްޔެވެ. އޭނާ ބުނެ އެވެ. ތިމަންނާއަކީ މުޅި އުމުރު ދީނުގެ ހިދުމަތުގައި ހޭދަކުރި މީހަކީމެވެ. ތިމަންނާގެ މައުސޫމުކަމުގެ މައްޗަށް ﷲ ހެކިވެވޮޑިގަންނަވާނެ އެވެ. ތިމަންނާއަކީ ކުށެއް ނުކުރާ މައުސޫމަކީމެވެ. މާތްﷲ ހެޔޮގޮތް މިންވަރުކުރައްވާށި އެވެ. އޭނާގެ ފަހުބަސް އިއްވުމާއެކު ހުކުމް ތަންފީޒުކުރުމަށް ތައްޔާރުކުރެވިއްޖެ އެވެ. ފަނޑިޔާރުގެ އަމުރަށް ޖައްލާދު ހިފަހައްޓައިގެން ހުރި ވަލުން ދޫކޮށްލުމުން ވައިކަފަމުން އައި ތިލަ، ދީނީ އިލްމުވެރިޔާގެ ކަނދުރާގެ މަތިން އިންޗިއަކަށް ކައިރިވެފައި ހުއްޓިއްޖެ އެވެ. ބަލާންތިބި އެންމެން ހައިރާންކަމާއެކު ގޮވަ އެވެ. ހަމަ ކަށަވަރުން ﷲ އޭނާ ސަލާމަތްކުރެއްވީ އެވެ. އޭ އޭނާއަކީ މައުސޫމަކަށްވީމަ އެވެ. އޭނާ ދޫކޮށްލާށެވެ. އެއަޑު އަހައި އެހިނދުން އެހިނދަށް ހުކުމް ބަދަލުކޮށް އޭނާ މިނިވަންކުރުމަށް ފަނޑިޔާރު ކަނޑައަޅުއްވައިފި އެވެ.

ދެން ގެނެވުނީ ވަކީލެވެ. ފަހު ބަހުގެ ގޮތުގައި ވަކީލު ބުންޏެވެ. ތިމަންނާގެ މުޅި އުމުރު މި ހުސްކުރީ މީސްތަކުންނަށް އަދުލުއިންސާފު ހޯދައިދިނުމުގަ އެވެ. މިއަދު ތިމަންނާއާ މެދުގައި ކަން މިހިނގަނީ ބޭއިންސާފުންނެވެ. މާތްﷲ ގެ ރަހުމަތަށް އެދުން ފިޔަވައި އެހެން ބަހެއް ނެތެވެ. ހުކުމް ތަންފީޒުކުރާން ފެށިއްޖެ އެވެ. މި ފަހަރު ވެސް ވަކީލުގެ ކަނދުރާއާ އިންޗިއެއް ކައިރިވެފައި އެ ތިލަ ހުއްޓިއްޖެ އެވެ. ﷲ އަކުބަރު އޭ ކިޔައި އެއްވެފައި ތިބި އެންމެން ގޮވި ތަކުބީރުގެ އަޑުން މުޅި މައިދާން ގުގުމާލައިފި އެވެ. ފަނޑިޔާރު ބުންޏެވެ. މާތްﷲ ގެ ނިޔާފުޅަށް ރުހޭ ހާލު އޭނާ ވެސް މިނިވަންކުރުމަށް އަމުރުކުރަމެވެ.

ދެން ގެނެވުނީ ތިންވަނަ މީހާ އެވެ. އޭނާއާ ސުވާލުކުރެވުނެވެ. ކަލޭގެ ފަހުބަހަކީ ކޮބައިހެއްޔެވެ؟ އޭނާ ބުނެ އެވެ. މަގޭ ފަހުބަހަކީ ކޮބައިތޯ ނުބަލައި ކަލޭމެން ފުރަތަމަ މި މެޝިން ރަނގަޅުކުރަން އުޅޭށެވެ. މި މެޝިނުގެ ތިލައިގައި އައްސާފައި އޮތް ވަލުގައި އެއޮތީ ގޮށެއް ޖެހިފަ އެވެ. މަތީ ހުރަސްވަކަރުގައި ހަރުކޮށްފައި އޮތް ކައްޕީގައި ކޮންމެ ފަހަރަކު އެ ގޮށް އަޅައިގަނެ ތާށިވާގޮތް ވަނީ އެވެ. ތިލަ އެ ހުއްޓެނީ އެކަމުގެ ސަބަބުންނެވެ. ހުކުމް ތަންފީޒުކުރާންތިބި މީހުން ބަލާލިއިރު ތެދެކެވެ. ވަގުތުން އެ މައްސަލަ ހައްލުކޮށް ތިންވަނަ މީހާގެ މައްޗަށް ހުކުމް ތަންފީޒުކުރަން ފަނޑިޔާރު އަމުރުކޮށްފި އެވެ.

އޭނާ ބުނެ އެވެ. ކަލޭމެންނަށް ތިމަންނާ އުނގަންނައި ދީފީމެވެ. އޭގެ ބަދަލެއްގެ ގޮތުގައި އެހެންނާ ތިމަންނާ ދޫކޮށްލާށެވެ. އެހެންނާ ތިމަންނާގެ ދެ އެކުވެރިން ގެނެސް އެމީހުންގެ މައްޗަށްވެސް ހުކުމް ތަންފީޒުކުރާށެވެ. ކަލޭމެންނަށް މިހާރު ސާފުވެފައިވާނޭ ފަދައިން އެމީހުން ސަލާމަތްވީ އެމީހުންގެ ދީންވެރިކަމުގެ ސަބަބުން ﷲ ގެ ފަރާތުން އައި ރަހުމަތަކުންނެއް ނޫނެވެ. އެ ގޮށުގެ ސަބަބުންނެވެ.

ފަނޑިޔާރު ވިދާޅުވި އެވެ. އެމީހުން ސަލާމަތްވީ ޝައްކެއްވެސް ނެތި ﷲ ގެ ރަހުމަތުންނެވެ. ވަލުގައި ޖެހިފައި އޮތް ގޮށަކީ އެ ދެމީހުން ސަލާމަތްވުމަށް ﷲ މިންވަރު ކުރެއްވި ގޮތެވެ. ކަލޭ ސަލާމަތް ނުވުމުގެ ސަބަބަކަށްވީ ކަލޭގެ އަނގަ އެވެ. ދެން އެ މީހާ މަރާލެވިއްޖެ އެވެ.

ވާރޭވިލާ އަލީ ހުސައިން ދިވެހި ޑައިޖެސްޓުގައި ލިޔުއްވާފައި އޮވެ އެވެ. އޭނާގެ ޅަދުވަސްވަރު، ގޭގައި އަދާކުރި އެއް ޒިންމާއަކީ އަވީލާފައި ހުންނަ މަސް ކާން އަންނަ ކާޅު ފައްސަން ސޮއް ގޮވުމެވެ. ބޮޑުވެ ފުރާފުރިހަމަވުމުން ދަސްވީ ބައެއް ހާލަތުގައި ކާޅު ކެޔަސް ސޮއްގޮވައިގެން ނުވާނޭ ކަމެވެ. ކާޅު ކެޔަސް ސޮއްނުގޮވަން ނަސޭހަތް ދިނީ ކާޅު ފައްސަން ސޮއްގޮވަން އެންގި ދޫތަކުންނެވެ. ވިސްނައި ބަލާއިރު އެ ދެ ނަސޭހަތުގައި ފުށުއެރުމެއް ނެތެވެ. ހަމައެކަނި ދަންނަންޖެހޭނީ ސޮއްނުގޮވައި ހިމޭނުން ހުންނާންޖެހޭ ވަގުތަކީ ކޮބައިކަމެވެ. އަހަރުމެންނަށް އެނގިފައި ހުރީ ކިހާވަރަކަށްކަން އެއީ ހުރިހާ މަހައްލެއްގައި އެންމެންނަށް އެނގެންޖެހޭ ކަންކަމެއް ނޫނެވެ. ހަގީގަތުގައި ވެސް ތިބާއީ ދަންނަ މީހެއްނަމަ ތިބާގެ ހަނުހުރުމަކުން ތިބާގެ ދަންނަކަން ނުފޮރުވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox