ރަމްސީ އެނބުރި ވޭލްްސްގެ ގައުމީ ޓީމަށް

Mar 14, 2024, 7:21 AM
ރަމްސީ އެނބުރި ވޭލްްސްގެ ގައުމީ ޓީމަށް

ކާޑިފް (މާޗު 14) - ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މަދު މެޗުތަކެއްގައި ކުޅުނު ނަމަވެސް، ވޭލްސްގެ ޔޫރޯގެ ޕްލޭއޮފް އަށް ނެގި ވޭލްސްގެ ސްކޮޑުގައި ތަޖުރިބާކާރު މިޑްފީލްޑަރު އޭރަން ރަމްސީ ހިމަނައިފި އެވެ.

ކުރިން އާސެނަލް އާއި ޔުވެންޓަސް އަށް ކުޅުނު ރަމްސީ ،33، މެޗެއްގެ ފުރަތަމަ 11ގައި ނުކުޅެތާ ހަ މަސް ދުވަސްވެއްޖެއެވެ.

ކާޑިފް ސިޓީ އަށް މިހާރު ކުޅެމުންދާ ރަމްސީގެ ކަކުލަށް މިދިޔަ ސެޕްޓެމްބަރު މަހު އަނިޔާވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ ކާޑިފްގެ ފުރަތަމަ 11 ގައި ނުކުޅެ އެވެ. ސެޕްޓެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް އޭނާ ޖުމްލަ ކުޅެފައިވަނީ 72 މިނިޓެވެ.

އެހެން ނަމަވެސް, ވޭލްސްގެ ކޯޗު ރޮބް ޕޭޖް ވަނީ ގައުމީ ޓީމުން ރަމްސީ އަށް ފުރުސަތު ދީފައެވެ.

ޔޫރޯ ކޮލިފައިންގެ ޕްލޭ އޮފްގައި ފިންލޭންޑާ ދެކޮޅަށް މި މަހުގެ 21 ވަނަ ދުވަހު ވޭލްސް ނުކުންނާނެ އެެވެ.

ޕޭޖް ބުނީ ވޭލްސްގެ ސްކޮޑުގައި ރަމްސީ ބޭނުންކުރުމުގެ ފުރުސަތު އޭނާ ދޫނުކުރާނެ ކަމަށެވެ. އަދި ރަމްސީއަކީ ވޭލްސްގެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"ރަމްސީ ކަހަލަ ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ހުރުމުން އެހެން ކުޅުންތެރިންނަށް ވެސް ފައިދާކުރާނެ. ރަމްސީ އެ ދަނީ ފިޓުވުމަށް މަސައްކަތްކުރަމުން،" ޕޭޖް ބުންޏެވެ.

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox