ސަރުކާރުން ޑްރޯންތައް ގަތް ގޮތާ މެދު އެމްޑީޕީގެ ބޮޑެތި ތުހުމަތު ތަކެއް

ތުރުކީގައި އުފައްދާ ސާވެއިލަންސް ޑްރޯންގެ ބާވަތެއް. ރާއްޖެއަށް ގަތް ކަމަށް ބެލެވެނީ މިބާވަތުގެ ޑްރޯން.

ތުރުކީގައި އުފައްދާ ސާވެއިލަންސް ޑްރޯންގެ ބާވަތެއް. ރާއްޖެއަށް ގަތް ކަމަށް ބެލެވެނީ މިބާވަތުގެ ޑްރޯން.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު މި ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ގަތީ އަވަސް އަރުވާލައިގެން ކަމަށް ބުނެ، އެ މަޝްރޫއާ މެދު އިދިކޮޅު އެމްޑީޕީން މިރޭ ބޮޑެތި ތުހުމަތަކެއް ކޮށްފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕެއިންގެ މައުލޫމާތު ދޭން އެ ކެމްޕޭނުގެ ތަރުޖަމާނު އަދި ރައްޔިތުުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުުމަދު އީސާ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުހުުމަތު ކުރެއްވީ ޑްރޯން ގަންނަން ކޮންޓިންޖެންސީ ބަޖެޓުން ހަރަދުކުރީ ކުރީގެ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓުވުމަށް ފަހުގައި ކަމަށެވެ. ސާވެއިލަންސް ޑްރޯންގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދޭން އެކުވެރި ގައުމަކުން އެމްޑީޕީގެ ސަރުކާރާ މަޝްވަރާކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ މިގައުމަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެފަރާތުގެ އެކަމާ ގުޅުން ހުރި އިސްބޭފުޅުން މަޝްވަރާކުރަމުން ދަނިކޮށް ސަރުކާރު ބަދަލުވީ، ދެން އެހިސާބުން އަޅުގަނޑުމެންނަށް ސުވާލު އުފެދޭ، ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަ ތެޅިފޮޅެމުން ވަޑައިގަތީ ތުރުކީއަށް ރައީސލް ޖުުުމްހޫރިއްޔާ،" އީސަ ވިދާޅުވި އެވެ.

Advertisement

އޭނާ ސިފަކުރެއްވި ގޮތުގައި ޑްރޯން ގަތުމަކީ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކުއްލިއަކަށް ނިންމެވި ނިންމެވުމެކެވެ. އެއީ އެ މަޝްރޫއަކީ ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި ވެސް ނުހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑްރޯންގަތުމަށް ޓަކައި 30 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ސަރުކާރުން ހަރަދުކުރި އިރު އެއަށް ވުރެ އިސްކަން ދޭން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް ޓަކައި އެއަށް ވުރެ މާ މުހިއްމު ކަންކަން ސަރުކާރުުން ކުރައްވަން އެބަހުރި. ވެރިކަމަށް ވަޑައިގެން ތިކަން ކުރުމުގެ [ޑްރޯން ގަތުމުގެ ކުުރިން] ފުރަތަމަ ކުރެއްވި ކަމަކީ ކުރީ ސަރުކާރުން ފަށާފައި ހުރި 1،720 ޕްރޮޖެކްޓް ހުއްޓައިލެއްވީ،" އޭނާ ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތަކާ އެކު އީސަ ވިދާޅުވީ ޑްރޯން ގަތުމަކީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދަން ކުރި ކަމެއް ކަމަށް ތުހުމަތުކުުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށް ޓަކައި، ނުުއަގުގައި، ބޮޑެތި އަގުތަކުގައި، އާއްމުކޮށް ބާޒާރުގައި ދުނިޔޭގެ ބާޒާރުގައި ތިޔަ ޓެކްނޮލޮޖީ ވިއްކަން ހުރި އަަގަށް ވުރެ މާބޮޑު އަހުުގައި އެކަން ކުރައްވާފައި އެއޮތީ،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއަށް ވުރެ އަގުހެޔޮކޮށް ޑްރޯން ހޯދޭނެ ގޮތުގެ ތަފްސީލުތައް އެމްޑީޕީގައި އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox