ދޮންކެޔޮ ލިބުން ދަތިވެ، ބާޒާރުން ދޮންކެޔޮ މަދުވެއްޖެ

ބާޒާރުގައި އެކި ތަންތާ ދޮންކެޔޮ ހުރި ނަމަވެސް، އެ ދޮންކެޔޮ ނުވިއްކާ ކަމަށް ޖަހާފައި، ބާޒާރުގައި ހުރި ގިނަ ދޮންކެޔޮ ވަނީ ވިކި ހުސްވެފައި -- ފޮޓޯ: އަދަދު

ބާޒާރުގައި އެކި ތަންތާ ދޮންކެޔޮ ހުރި ނަމަވެސް، އެ ދޮންކެޔޮ ނުވިއްކާ ކަމަށް ޖަހާފައި، ބާޒާރުގައި ހުރި ގިނަ ދޮންކެޔޮ ވަނީ ވިކި ހުސްވެފައި -- ފޮޓޯ: އަދަދު

އެހެން ރޯދަމަސްތަކާ ހިލާފަށް މިފަހަރުގެ ރޯދަ މަހު ފުރަތަމަ ދުވަހު ދޮންކެޔޮ ލިބުން ދަތިވެ، މާލޭ ލޯކަލް މާރުކޭޓުން ދޮންކެޔޮ ވަރަށް މަދުވެއްޖެ އެވެ.

ބާޒާރު މަތިން "އަދަދު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ދޮންކެޔޮ ބާޒާރުން މަދުވީ ރަށްރަށުން ނުލިބޭތީ ކަމަށާއި، ބާޒާރުގައި މިވަގުތު ހުރި ހުރިހާ ދޮންކޭލެއް ކަހަލަ ގޮތަކަށް ސަޕްލައި ކުރާ ފަރާތްތަކުން ގަނެފައިވާ ކަމަށެވެ.

ރަށްރަށުން ދޮންކެޔޮ ލިބުމުގެ ދަތިކަން ހުރުމާއެކު އިންޑިއާ އަދި އެހެނިހެން ގައުމުތަކުގެ ދޮންކޭލަށް ޑިމާންޑު ވެސް ބޮޑު ކަމަށާއި، ދޮންކެޔޮ ތިޔާގިވާން ދުވަސްކޮޅެއް ނަގާނެ ކަމަށް އޭނާ ބުންޏެވެ.

"ފުސްކެޔޮ ކިލޯއެއް ލިބެން ހުރީ 90ރ. އަށް. އާދައިގެ ދޮންކެޔޮ ކިލޯއެއް 40ރ. އަށް ލިބިދާނެ. ދޮންކެޔޮ ލިބުން ވަރަށް ދަތި. މިތާ ހުރި ގިނަ އެއްޗެހިވެސް ހުރީ ވިކިފައި،" ބާޒާރުން ވާހަކަ ދެއްކި މީހާ ބުނި އެވެ.

މިއަދު ބާޒާރުގައި އެންމެ ތިޔާގިކޮށް ފެނިގެންދިޔައީ ކަރާގެ އިތުރުން ބަނބުކޭލެވެ. ބަނބުކެޔޮ ކިލޯއެއް 50ރ. އާއި 80ރ. އާ ދެމެދު ހުރިއިރު ބައެއް ގޮޅިތަކުން ބަނބުކޭލެއް 30ރ. އާއި 40ރ. ލިބެން ހުއްޓެވެ.

ބާޒާރުމަތީގައި މީހަކު ވިޔަފާރިކުރަނީ -- ފޮޓޯ: އަދަދު
ބާޒާރުމަތީގައި މީހަކު ވިޔަފާރިކުރަނީ -- ފޮޓޯ: އަދަދު

ބާޒާރުމަތީގައި މީހަކު ވިޔަފާރިކުރަނީ -- ފޮޓޯ: އަދަދު

ކަރާގެ އަގަށް ބަލާއިރު ކިލޯއެއް 18ރ. އާއި 20ރ އާ ދެމެދު ލިބެން ހުއްޓެވެ. އަދި އަލަނާސި ކަރާ ލިބެން ހުރީ 25ރ. އާއި 30ރ އާ ދެމެދުގެ އަގެއްގަ އެވެ.

ކަނޑޫދޫ މިރުސް ކިލޯއެއް 700 އާއި 800ރ. އާ ދެމެދު ލިބެން ހުރިއިރު، 100 ގުރާމް ވިއްކަމުންދިޔައީ 75ރ. އާއި 85ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި މިދިޔަ ހަފްތާގައި އަގު އަރައިގެންދިޔަ ލުނބޯ ކިލޯއެއް މިހާރު ލިބެން ހުރީ 70ރ. އަށެވެ. ލުނބޯގެ އަގު ވެއްޓުނީ އެސްޓީއޯއިން ޝިޕްމަންޓެއް ގެނެސް، އަގު ކޮންޓްރޯލް ކުރުމުންނެވެ.

ކޮޕީފަތް ބޮނޑިއެއް 10ރ. އާއި 15ރ. ދެމެދުގެ އަގެއްގައި ހުރިއިރު، ކުއްޅަވަށް ބޮނޑިއެއް ލިބެން ހުރީ 25ރ އަށެވެ. އަދި ލެޓިއުސް ކިލޯއެއް 80ރ. އަށް ލިބެން ހުރިއިރު، ކިއުކަމްބާ ކިލޯއެއް ލިބެންހުރީ 30ރ. އާއި 35ރ. ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި އަލަނާސި ކިލޯއެއް ހުރީ 45ރ އަށެވެ. އަދި އޮރެންޖެއް 7ރ. އާއި 8ރ. އަށް ލިބެން ހުރިއިރު، ކުރުނބާ ހުރީ 35ރ އިން 50ރ އާ ދެމެދުގެ އަގަކަށް ލިބޭށެވެ. އަދި ރާއްޖެ އަނބު ލިބެން ހުރީ 150ރ އަށް ކިލޯއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox