ކުޅުންތެރިން އޮފިޝަލުންނަށް އިހުތިރާމްކުރަންޖެހޭ: މަރޭ

Mar 8, 2024, 1:02 PM
ކުޅުންތެރިން އޮފިޝަލުންނަށް އިހުތިރާމްކުރަންޖެހޭ: މަރޭ

ލަންޑަން (މާޗް 7) - ޓެނިސް ކުޅުންތެރިން މިހާރަށް ވުރެ ބޮޑަށް މެޗު އޮފިޝަލުންނަށް އިހުތިރާމް އަދާކުރަން ޖެހޭ ކަމަށް އިނގިރޭސި ޓެނިސް ތަރި، އެންޑީ މަރޭ ބުނެފި އެވެ.

އިންޑިއަން ވެލްސްގެ ދެ ވަނަ ބުރުގައި، މަރޭއާ ދެކޮޅަށް ކުޅޭ ރަޝިއާގެ އަންޑްރޭ ރުބްލޭފް ވަނީ ދާދި ފަހުން ދުބާއީ މުބާރާތުގައި ރެފްރީއާ ދިމާލަށް ހުތުރު ބަހުން މުއާމަލާތުކޮށްފައިވާތީ، ޑިސްކޮލިފައިކޮށްފަ އެވެ. ދުބާއީ މުބާރާތުގެ ސެމީ ފައިނަލުގައި، ރުބްލޭފް ވަނީ، ލައިން ޖަޖާ ދިމާލަށް ހަޅޭލަވައި، އަޑުގަދަކޮށްފަ އެވެ. މުބާރާތުން ޑިސްކޮލިފައި ކުރި ނަމަވެސް، ރުބްލޭފް ވަނީ މޮޅުވި މެޗުތަކަށް ދޭ އިނާމް ފައިސާ ހޯދުމުގެ އެޕީލްގައި ކާމިޔާބު ހޯދައިފަ އެވެ.

ރުބްލޭފާ ދެކޮޅަށް މަރޭ ކުޅޭ މެޗުގެ ކުރިން އޭނާއާ އަމާޒުވި ސުވާލަކީ، މެޗު އޮފިޝަލުންނާ ދިމާލަށް ކުޅުންތެރިން ޝުއޫރުފާޅުކުރުމުގެ ގޮތުން ދައްކާ ވާހަކަތަކާ މެދު ދެކޭ ގޮތެއް ކިޔައިދިނުމަށެވެ.

"އަހަރެން ވެސް ހިމެނޭގޮތަށް ހުރިހާ ކުޅުންތެރިން ވިސްނަން ޖެހޭ މި ކަަމާ މެދު، އަހަރެމެން މެޗު އޮފިޝަލުންނާ މި މުއާމަލާތު ކުރާ ގޮތް. ގިނަ ފަހަރު މީގެ ސަބަބުން ގެއްލުންވަނީ ކުޅުންތެރިންނަށް. އެހެންވީމަ އަހަރެމެން އެބަޖެހޭ ކުޅިވަރުގެ ރިވެތި އުސޫލުގެ ތެރެއިން ކަންކަން ކުރަން،" މަރޭ ބުންޏެވެ.

"ފުޓްބޯޅަ އާއި ރަގްބީ އަށް ބަލާނަމަ މީގެ އޮތް ތަފާތު ބޮޑު، އެ ދެ ކުޅިވަރުގައި ރެފްރީންގެ ހިމާޔަތުގައި މި އަންނަ ކަންކަން ވަރަށް ރަނގަޅަށް އޮތީ، ކުޅުންތެރިންނަށް ވެސް މީގެ ކަންކަން ސާފުވެފައި އޮތީ، އެ ރަނގަޅު ކަންކަން ޓެނިހަށް ވެސް އަންނަން އެބަޖެހޭ،"

ދުބާއީ މުބާރާތުގައި ހިނގި ކަންތައްތަކަށް ބަލައި، ރުބްލޭފް ވަނީ 36،400 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މި ފަހުގެ ތާރީހެއްގައި މެޗު އޮފިޝަލަކާ ދިމާކޮށްގެން އެންމެ ބޮޑު ކަންތައްތަކެއް ހިނގީ 2022 ވަނަ އަހަރުގެ މެކްސިކަން އޯޕަންގަ އެވެ. އެ މުބާރާތުގައި، ރަޝިއާގެ އަލެކްސަންޑަ ޒްވެރެވް ހިތްހަަމަނުޖެހިގެން ގިނަ ފަހަރުތަކެއް ވަންދެން، އަމްޕަޔަރުގެ ގޮނޑިއާ އަމާޒުކޮށް ޝޮޓްތަކެއް ފޮނުވާލި އެވެ. އެއް ފަހަރު، އަމްޕަޔަރުގެ ފައިގައި ނުޖެހި ދިޔައީ ކިރިޔާ އެވެ. އެ މެޗުގައި ޒްވެރެވްގެ ފަރާތުން ފެނުނު ކަންތައްތަކަށް ބަލައި، އޭނާ އަށް ވަނީ އަށް ހަފްތާގެ ސަސްޕެންޝަނެއް އަތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox