އޮލިމްޕިކްސް އިން ކަޓައި މަރީގެ ޓެނިސް ކެރިއަރު ނިމުމަކަށް

Aug 2, 2024, 5:22 AM
އޮލިމްޕިކްސް އިން ކަޓައި މަރީގެ ޓެނިސް ކެރިއަރު ނިމުމަކަށް

ޕެރިސް (އޮގަސްޓް 2) - ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގެ ޑަބަލްސް ކެޓަގަރީގެ ކުއާޓާ ފައިނަލުން، އެންޑީ މަރީ އާއި ޑޭން އެވާންސްގެ ޕެއާ ކެޓުމާ އެކު، މަރީގެ ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ނިމުމަކަށް އަތުވެއްޖެ އެވެ.

މިއީ، މަރީ، 37، ގެ ފަސް ވަނަ އޮލިމްޕިކްސް އެވެ. މި ފަހަރުގެ ގޭމްސްގައި އޭނާ ސިންގަލްސް އާއި ޑަބަލްސް ކުޅެން ފުރަތަމަ ނިންމި ނަމަވެސް، ފަހުން ހަމައެކަނި ކުޅޭނީ ޑަބަލްސް ކަމަށް ނިންމި އެވެ. މަރީ އާއި އެވާންސްގެ ޕެއާ، ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުން ކެޓީ، އެމެރިކާގެ ޓޭލާ ފްރިޓްޒް އާއި ޓޮމީ ޕޯލް އަތުން، 6-2، 6-4 އިން ބަލިވުމުންނެވެ.

"ކޮންމެ ގޮތަކަށް ނިންމާލަން ޖެހުނު ނަމަވެސް، މި ކުޅިވަރަށްޓަކައި އަހަންނަށް ކުރެވުނު ކޮންމެ ކަމަކާ މެދު ފަހުރުވެރިވަން،" ރޭގެ މެޗަށް ފަހު މަރީ ބުންޏެވެ.

ސަޕޯޓަރުންގެ ތަރުހީބާ އެކު، ރޮވިފައި ހުރި މަރީ، އޭގެ ފަހުން ދިން އިންޓަވިއުއެއްގައި ބުނީ މިއީ އޭނާ އަށް ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށެވެ. އެކަމަކު، ރިޓަޔާކުރަން ނިންމީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ޓެނިސް ކެރިއަރުގައި ކުރެވުނު ގިނަ ކަންކަމާ މެދު ފަހުރުވެރިވާ ކަމަށެވެ.

އޮލިމްޕިކްސްގައި މަރީ އެންމެ ފުރަތަމަ ވާދަކުރީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވިއިރު އެވެ. އެ ފަހަރު ފުރަތަމަ ބުރުން، ޗައިނާގެ ލޫ ޔެން ސުން އަތުން ބަލިވެ ކެޓީ އެވެ. އޭގެ ހަތަރު އަހަރު ފަހުން، ލަންޑަން އޮލިމްޕިކްސްގައި މަރީ ވަނީ އިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ފައިނަލުގައި، ރޮޖާ ފެޑެރާ ބަލިކުރުމަށް ފަހު އެވެ. އޭގެ ފަހުން، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި، ފައިނަލުގައި ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށް، މަރީ ވަނީ އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށް، ޓެނިހުގެ ތާރީހުގައި އެ ކާމިޔާބު ހޯދި ހަމައެކަނި ފިރިހެން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

"އެންމެ އުފާ ކުރެވޭ ކަމަކީ، ފަހު ހަނދާންތައް ގުޅިފައި މި އޮތީ އެންމެ ކާމިޔާބު މުބާރާތާ އަހަރެންގެ، އޮލިމްޕިކްސް އިން ނިންމާލެވޭތީ އުފާވޭ،" މަރީ ބުންޏެވެ.

އޮލިމްޕިކްސްގައި މަރީގެ އެހެން ކާމިޔާބުތަަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސް އިން ރިހި މެޑަލް ހޯދި އެވެ.

ޓެނިހުގެ އެންމެ ބޮޑު މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި މަރޭ، 2019 ވަނަ އަހަރު އުނަގަނޑުގެ އޮޕަރޭޝަނެއް ކުރި ފަހުން، އޭނާ އަށް އަނިޔާގެ ގިނަ މައްސަލަަަތަކެއް އަންނަނީ ކުރިމަރތިވަމުންނެވެ. އެ ގޮތުން، ގިނަ މުބާރާތްތަކަކުން ނަން ނަގަން ޖެހުނެވެ. ރިޓަޔާކުރި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އަނިޔާގެ މައްސަލަތަކެވެ.

މަރީ ކެރިއަރު ރަަސްމީކޮށް ފެށީ 2005 ވަނަ އަހަރު އެވެ. އޭނާ ވަނީ 1001 ސިންގަލްސް މެޗާއި ގިނަ އަދަދެއްގެ ޑަބަލްސް މެޗުތަކެއް ކުޅެފަ އެވެ. އޭނާ، 46 އޭޓީޕީ މުބާރާތް ކާމިޔާބުކުރިއިިރު، އިނގިރޭސިން 2015 ވަނަ އަހަރު ޑޭވިސް ކަޕް ކާމިޔާބުކުރިއިރު، އިސް ރޯލެއް ކުޅެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox