ވެލެންސިއާ ސަސްޕެންޑް: އެފްއޭއެމް އަލުން އިންތިހާބަކަށް އިއުލާނުކޮށްފި

Mar 7, 2024, 8:18 PM
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.---- ފޮޓޯ: އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.---- ފޮޓޯ: އަދަދު

ކްލަބް ވެލެންސިއާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައި، އަލުން އިންތިހާބަކަށް އެ އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ.

އެފްއޭއެމް އިން ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަަބު ގުޅިފައި އޮތީ ކްލަބް ވެލެންސިއާއާ އެވެ.

ކެންސަލްކުރަން ޖެހުނު އެފްއޭއެމްގެ އެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅި ދެ ކެންޑިޑޭޓުން ކަމަށްވާ، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އާއި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އަށް ވެލެންސިއާ އިން ތާއީދު ސިޓީ ދިނެވެ. އެ މައްސަލަ އެފްއޭއެމް އިން ބަލައި، ވެލެންސިއާގެ ދެ ތާއީދު ސިޓީ ކެންސަލްކުރި އެވެ. އެއާ އެކު، ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި އެވެ. އެއީ، އެފްއޭއެމް އަސާސީ ގަވާއިދުގައިވާ ގޮތަށް، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ ތާއީދު ނެތުމުންނެވެ. އެ މައްސަލަ ތޯރިގު އެޕީލް ކުރިއިރު، އިލެކްޓޯރަލް ކޯޑުގައިވާ ގޮތަށް އިލެކްޓޯރިއަލް ކޮމިޓީ އާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އުފައްދާފައިނުވާތީ، ފީފާ އާއި އޭއެފްސީން އެންގީ އިންތިހާބު ކެންސަލްކުރުމަށެވެ.

އެފްއޭއެމް އިން ފީފާ އާއި އޭއެފްސީގެ އެންގުމަށް، އިންތިހާބީ ކޮމިޓީތައް އައްޔަންކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވި އެވެ. އެކަމަކު، އެ ކޮންގްރެސްގައި ވެސް ވެލެންސިއާގެ ބައިވެރިވުމެއް ނެތެވެ.

ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު މެމްބަރުން ހިމެނޭ ގޮތަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލްގެ ގެ ކައިރީގައި އެއްވި އެވެ. އަދި އޭގެ ފަހުން، ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންއާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ގޮސްފަ އެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެނުދިނެވެ.

އެ ހުރިހާ ކަމެއް ހިނގި ފަހުން، އެފްއޭއެމް އިން މިއަދު (މާޗް 7 ގައި) މި ވަނީ ވެލެންސިއާ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެމް އިން މި ގޮތަށް ނިންމާފައިވަނީ، އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރު، ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އެވެ. އަދި ވެލެންސިއާ އިން އާ ބޯޑެއް އިންތިހާބު ކުރަންދެން އެ ކްލަބް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ވެލެންސިއާ ސަސްޕެންޑްކޮށްފައި މި ވަނީ، އެފްއޭއެމް އިންތިހާބާ ދިމާކޮށް ކަމަށްތޯ ކުރި ސުވާލަށް ޖަވާބެއް ލިބިފައިނުވެ އެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވެލެންސިއާ އަށް ދީފައިވާ މި ސަސްޕެންޝަން އެޕީލްކުރަން ވަނީ ހަތް ދުވަހުގެ މުުހުލަތެއް ދީފަ އެވެ.

އެއީ، އެފްއޭއެމް އަސާސީ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް އިންތިހާބަކަށް ކުރިމަތިލެވޭނީ، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދާ އެކު ކަމަށް އޮވެ އެވެ. މިހާރު އޮތް ގޮތުން، އެއް ކެންޑިޑޭޓަކަށް ފަސް ކްލަބްގެ ތާއީދު ލިބިއްޖެނަމަ، އިތުރު ކެންޑިޑޭޓަކަށް ކުރިމަތިލުމުގެ ޝަރުތު ވެސް ހަމަނުވާނެ އެވެ. އެއީ، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ވެލެންސިއާ ސަސްޕެންޑްކޮށްފައި، އޮތުމުން ދެން އޮންނާނީ ހަތް ކްލަބް ކަމަށްވާތީ އެވެ.

އެފްއޭއެމް އިންތިހާބު އޭޕްރީލް 20 ގައި

އެފްއޭއެމް އިން މިއަދު ވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީން މުފާ ވަނީ ދާދި ފަހުން އިސްތިއުފާ ދީފަ އެވެ.

މުފާ މަގާމުން ދުރުވި ފަހުން މި ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، ކޯރަމް ހަމަވެފައިވޭތޯ ކުރި ސުވާލަށް އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، އެފްއޭއެމްގައި އަދިވެސް ސައްހަ އެކްސްކޯއެއް (ހިންގާ ކޮމީޓީއެއް) އެބައޮތް ކަމަށެވެ.

މިއަދުގެ ހިންގާ ކޮމީޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އަސާސީ ގަވާއިދާ އެއްގޮތަށް، 45 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 20 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި މި މަހުގެ 16 ގެ 14:00 ގެ ކުރިން މަގާމަށް ކުރިމަތިލާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން އެދޭ ކަމަށެވެ.

އެފްއޭއެމް އިން ޖެނުއަރީ މަހު ބާއްވަން އުޅުނު އިންތިހާބަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިމަތިނުލާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެފްއޭއެމް އިން މި ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ ކުރިއަށް ދެން ބާއްވާ އިންތިހާބެއްގައި ވާދަކުރުމާ މެދު ގޮތެއް ނުނިންމަވާ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

(އެފްއޭއެމް އަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ދޭ ފައިސާގެ ތެރެއިން 10،000 ޑޮލަރު، އެފްއޭއެމްގެ ރައީސް ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި، ބޭނުންކޮށްފައިވާތޯ، އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެެވެ. އެފްއޭއެމްއާ ގުޅޭ ހިޔާނާތުގެ ގިނަ މައްސަލަތަކެއް އަންނަނީ ޕީޖީ އޮފީހާއި ފުލުހުން ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox