ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަތް ވަން އިންޑިއާގެ މަސްބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މި އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެއީ އިންޑިއާގެ އުޅަނދެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެ ބޯޓު އަތުލައިގަތީ ހއ. ކެލާގެ އިރުމަތިން، ރާއްޖޭގެ އީއީޒެޑުގެ 13 މޭލު އެތެރެއިން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
އެ މަސްބޯޓު މިހާރު ވަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތަކުން މަސްބާނާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.













