ހަކީމީ ހޯދަން ރެއާލާ ސިޓީން މަސައްކަތް ކުރަނީ

Mar 3, 2024, 4:27 AM
ހަކީމީ ހޯދަން ރެއާލާ ސިޓީން މަސައްކަތް ކުރަނީ

މެޑްރިޑް - (މާޗް 3) ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ހޯދަން ޔޫރަޕްގެ ބޮޑު ދެ ކުލަބުން މަސައްކަތް ފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަކީމީ މި ޓްރާންސްފާ މާކެޓުގައި ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި, އިންގްލަންޑްގެ މެންޗެސްޓާ ސިޓީ އިންނެވެ.

ރެއާލުން ހަކީމީގެ ސޮއި ހޯދަން ބޭނުންވަނީ އެ ޓީމުގެ ޑިފެންޑަރުންނަށް ތަކުރާރުކޮށް އަނިޔާގެ މައްސަލަ ކުރިމަތިވާއިރު ސީޒަނެއްގައި ގިނަ މެޗުތަކެއްގައި އެއް ލެވަލެއްގައި ކުޅެވޭނެ ފިޓްނަސް ހިފެހެއްޓޭ ޑިފެންޑަރެއް ބޭނުންވާތީ އެވެ. އަދި އެކަން ފޫ ބައްދަން ފުލްބެކެއްގެ ގޮތުގައި ހަކީމީ ހޯދުމަކީ ރެއާލްގެ ވިސްނުމެވެ.

ހަކީމީ ވަނީ މީގެ ކުރިންވެސް ރެއާލަށް ކުޅެފަ އެވެ. ރެއާލާ އެކު ކާމިޔާބު ދުވަސްތަކެއް ހަކީމީ ހޭދަކޮށްފައިވާއިރު, ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ހަކީމީ ދާނަމަ އޭނާ ދާން ބޭނުންވަނީ ރެއާލަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީއާ އެކު ހަކީމީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2026 ގަ އެވެ.

އެކަމަކު، ޕީއެސްޖީ އިން އޮތީ 65 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން ބިޑެއް ލިބިއްޖެނަމަ ހަކީމީ ވިއްކާލަން ތައްޔާރަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީ އިން ވެސް އޮތީ ހަކީމީ މި ވަރުގެ ފީއެއް ދީފައި ގަންނަން ތައްޔާރަށެވެ. އެހެންވެ، ކުރިއަށް އޮތް ދެތިން ހަފުތާއެއްހާ ދުވަސްތެރޭ ސިޓީ އިން ހަކީމީ ހޯދަން ބިޑް ކުރާނެ އެވެ.

ރެއާލުން ހަކީމީ އެ ޓީމަށް ގެންނަ ނަމަ ފުރަތަމަ ބިޑް ކުރާނީ 50 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި އަދަދާ މެދު ޕީއެސްޖީ އިން އެއްބަސް ނުވާނެ ކަމަށް ބެލެވެ އެވެ.

ރެއާލުން ހަކީމީ ހޯދަން މަސައްކަތް ކުރާއިރު, މި ސީޒަން ނިމުމާ އެކު ޕީއެސްޖީގެ ތަރި، ކީލިއަން އެމްބާޕޭ ބަދަލުވާން އުޅޭ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. އަދި އެމްބާޕޭ ރެއާލަށް އަންނާނީ ޕީއެސްޖީގެ މުސާރަ އަށް ވުރެ ކުޑަ މުސާރައެއްގައި ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox