ވޯޓުގައި ކަންހިނގާނޭ ގޮތެއް ނޭނގޭނެ، މިވެސް ވެދާނެ ގޮތެއް!

އެމްޑީޕީގެ ދިދަ -- ފޮޓޯ: އަދަދު

އެމްޑީޕީގެ ދިދަ -- ފޮޓޯ: އަދަދު

ކެމްޕޭނެއްގައި އަތޮޅުތެރޭގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ވެސް މީހުންގެ ތައުރީފާއި، ފުރައްސާރައާއި ހަނގާކުރުމާއި، އެއްބާރުލުން ދިނުމާއި މި ހުރިހާ ކަމެއް އެބަ ތަޖުރިބާ ކުރެވެ އެވެ. ކެމްޕޭނުގައި ދޮރުން ދޮރަށް ހިނގުމަށްފަހު ލިބޭ ހުސްވަގުތުކޮޅުގައި އަޅުގަނޑުމެން ސައިބޯން ވަންނަނީ މާމެންދޫގެ އެންމެ ގިނަ މީހުން ވަދެ އުޅޭ ހޮޓަލަށެވެ. ކިޔައިދޭން މިއުޅޭ ވާހަކައަކީ އެ ހޮޓަލުގެ ވެރިމީހާ އަޅުގަނޑަށް ކިޔައިދިން ވާހަކަ އެކެވެ.

އޭނާ ކިޔައިދެ އެވެ. ދަތުރުވަރިއެއްގައި އުތުރުގެ ރަށަކަށް ދެވިއްޖެ އެވެ. ރަށަށް ލެފުމުގެ ބޭނުމަކީ ބޯފެން ހޯދުމެވެ. ދަންނަ މީހަކު އުޅޭ ރަށަކަށް ނުވާތީ ފުރަތަމަ ޖެހުނީ މީހުން ދެނެގަންނާށެވެ. މިއީ 2010 ނުވަތަ 2011 ހިސާބުގެ ވާހަކަ އެކެވެ.

ފަރުވާތެރިކަމާއެކު މީހުންގެ މޫނަށް ބަލަން ހުރުމަށްފަހު، މޫނުމަތި އަލި، ހަރުފާޑު ޖަހާ މީހެއް ކައިރީގައި މި އައި ބޭނުމުގެ ވާހަކަ ބުނެފި އެވެ. މީހާ ވީ މިކަހަލަ ވާހަކައެއް ދައްކާން ހަމަ އެންމެ އެކަށީގެންވާ ކަހަލަ މީހަކަށެވެ. ރަށުގެ ކުރީގެ ކަތީބެކެވެ. މިހާރު ހުރީ މުސްކުޅި ކުރައްވާފަ އެވެ.

މީނާ ބުންޏޯލަ އެވެ. ތި ކުދިން ބޭނުންވެގެން ތިޔަ އުޅޭ ކަންތައް ކޮށްދޭނަމެވެ. އަދި އޭނާގެ މެހެމާންދާރީގައި އެގޭގައި ތިބުމަށް ދައުވަތުވެސް ދީފި އެވެ. މި ދައުވަތު ގަބޫލުކޮށް އެގެއަށް ގޮސް، ދިން އެއްޗެއް ކައި، ދުފައިގެން ދުން އަރުވަމުން ހާލުއަހުވާލާއި ރަށުގެ ހަބަރުން ވާހަކަ ފެށިއްޖެ އެވެ. އިރުކޮޅަކުން އެ ވާހަކައިގެ މިސްރާބު އެނބުރުނީ ސިޔާސީ މަސްރަހަށެވެ.

އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދެވެ. ހިނގަމުންދާ ވެރިކަމާމެދު ހިޔާލަކީ ކޮބައިތޯ އެހުމުންވެސް ކަތީބު މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ބުންޏޯލަ އެވެ. މިވަރުގެ ނުބައި ނުލަފާ ވެރިޔަކު ތިމަންނާ އަދި ނުދެކެމެވެ. ނުލާހިކު އަމާން އޮމާންކޮށް އޮތް ދިވެހިރާއްޖޭގެ މުޅި މަންޒަރު ހަރާބުކޮށްލައިފި އެވެ. ރާއްޖޭގެ ހުރިހާ ކަމެއް މިދަނީ ބޮއްސުންލަމުންނެވެ. ތަކެތީގެ އަގުބޮޑުވަނީ އެވެ. ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ އެވެ. މިރާގުން އެދުވަސްވަރު ސަރުކާރާ ނުރުހި ތިބި އެންމެންވެސް ދައްކާ ކަހަލަ ވާހަކަތައް އެއް ނޭވައިން ދައްކައި ނިންމާލައިފި އެވެ.

ރުޅިވެރި ރާގެއްގައި ދެއްކި މި ވާހަކަތަކަށްފަހު ފުން ނޭވައެއް ދޫކޮށްލާފައި ބުންޏޯލަ އެވެ. އެހެނެއްކަމަކު މަވެސް ވޯޓު ދިނީ ނަޝީދަށެވެ. އަޑުއަހަން ތިބި މީހުން ހައިރާންވެ ސުވާލުކުރި އެވެ. ބަލަ ތިޔަވީ ކިހިނެއް ހެއްޔެވެ؟

ކަތީބު ކިޔައިދެ އެވެ. ރާއްޖޭގައި މި ސިޔާސީ ޕާޓީތަކެއް ހަދައިގެން މި ހައިޖާނަކަށް ފެށުނީއްސުރެ ނަޝީދު ދެކެ މަ އަންނަނީކީ އަމަށަކު ރުޅިއެއް ނޫނެވެ. މި ނަޝީދެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަހުލާގު ގެއްލި ވެރިންނަށް ކިޔަމަންވުން ދޫކޮށްލައިފި އެވެ. މިހެން އޭނާ ދެކެ އާދެވޭ ރުޅިއަކުން އޭނާގެ ނަން އަޑުއިވުނަސް ދަތްކުނޑިވިކި މުޅި މީހާ އެކީ ރޫރޫ އަޅަ އެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތް ދުވަހަކީ މި ކަތީބުގެ ހަޔާތުގައިވެސް ދޭ މިފަދަ މިނިވަން ދެވަނަ ވޯޓެވެ. ފުރަތަމަ ވޯޓަކީ ނިޒާމީ ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒަށް ވަނީވެސް ބޭރުގައި ތިބި މީހުން ކައިރީގައި ރައީސް މައުމޫނަށް ވޯޓުދޭން އެދި ކެމްޕޭނުކޮށްފަ އެވެ. ގާނޫނާ ގަވާއިދާ ހިލާފު ވިޔަސް ކަމުގެ މުހިންމުކަން ބޮޑުކަމުން އެކަންވެސް ކޮށްލީ އެވެ. ވޯޓުލާ މަރުކަޒަށް ވަނުމުން މަރުކަޒުގައި ތިބި އިލެކްޝަންސްގެ މުވައްޒަފުން މީނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ބަލައި، ސުމާރުން މީނާގެ ނަން ކަނޑައި އިނގިލީގައި ފާހަގަޖަހައި ވޯޓު ކަރުދާސްކޮޅު އަތަށް ދީފި އެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ވޯޓުލާ ބޫތަށް ވަދެ ވޯޓު ކަރުދާސް މޭޒުމަތީގައި ބާއްވައި ގަލަން ނަގަމުން ކަރުދާހަށް ބަލާލި އެވެ.

ކަތީބު ބުންޏޯލަ އެވެ. ފުރަތަމަވެސް ނަޒަރު ހުއްޓުނީ ނަޝީދުގެ ނަމަށެވެ. ހަމަ އެނަން ފެނުމާއެކު ލަހެއްފަހެއް ނެތި ހަށިގަނޑަށް އެއްކަލަ ގޮތްގަނޑު ވާން ފަށައިފި އެވެ. ދެދަތްޕިލަޖެހި ހަށިގަނޑަށް އެރި ބާރުގަނޑާއެކު ތުރުތުރުއަޅާ ހާލު ހިންގާލި ގަލަމުން ނަޝީދުގެ ނަމާ ދިމާލުގައި ހެޔޮފާހަގަ ޖެހިއްޖެ އެވެ. ދެން ވީ ގޮތަކީ މުޅި މީހާ ގަނޑުވީ އެވެ. މި ހެދުނު ކޮހަކާމެދު ވިސްނާން، ބޫތު ތެރޭގައި ހުއްޓި ހުރެވުނީ މީހަކު އެތަނުގެ ތެރޭގައި ހުރެދާނޭ ވަގުތަށް ވުރެ މާ ގިނަ ވަގުތު ވާންދެނެވެ. ކިޔޫގައި ތިބި މީހުންނަށް ލަސްވާތީ އިލެކްޝަންގެ މުވައްޒަފުން އިޝާރާތެއް ކޮށްލުމުން، ސަންދޯކެއް ފަހަތުން ހިނގާފައިދާ މީހެއްހެން، އެއްކަލަ މުވައްޒަފުގެ ފަހަތުން އޭނާ ދެއްކި މަގުން ހިގަމުން ވޯޓު ކަރުދާސް ފަށްޖަހަމުން ގޮސް ފޮށްޓަށް ވައްޓާލާފައި އެތަނުން ނުކުމެގެން ދިޔައީ އެވެ. ކަތީބު ބުންޏޯލަ އެވެ. މި ހެދުނު ގޯހުގެ މައްޗަށް ހިތާމަކުރުމުގައި އަދިވެސް އެބަހުރީމެވެ. ކަތީބުގެ މޫނުމަތިން ފާޅުވި މޮޅިވެރިކަން ފެނި އެވަގުތު މަޑުން ތިބިނަމަވެސް މިވާހަކަ އަޅުގަނޑަށް ކިޔައިދިން މީހާ މިވާހަކަ ކިޔައިދޭ ކޮންމެ މަޖިލީހަކުން ހުނުމުގެ އަޑު ނޫނީ ނީވޭނެ އެވެ.

ވާހަކަ ކިޔައިދީފައި އޭނާ ބުނެ އެވެ. ތަގުދީރުގައި އޮތީ ކޮންކަހަލަ މޮޅު ރޭވުމެއްކަން މީހަކަށް ނޭނގޭނެ އެވެ. މަގުތައް ކޮށެވި އާރަސްތުވެގެން އަންނަ ގޮތް ވީމާ އެއްވެސް އަތަކުން ތަގުދީރުގައި ނުހިފެހެއްޓޭނެ އެވެ. ނުހުއްޓި މަސައްކަތް ކުރާށެވެ. ކާމިޔާބީއަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox