ސީޕްލޭން ހަބަކާއި 6،000 އެނދު ހިމެނޭ އައްޑޫ އައްސޭރި ޓޫރިޒަމް ޕްލޭން އިފްތިތާހުކޮށްފި

އައްޑޫ ސިޓީއަށް ހާއްސާ އައްސޭރި ޓޫރިޒަމް ޕްލޭން އިފްތިތާހުކުރުން. މީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ----

އައްޑޫ ސިޓީއަށް ހާއްސާ އައްސޭރި ޓޫރިޒަމް ޕްލޭން އިފްތިތާހުކުރުން. މީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ----

ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީގައި 6،000 ޓޫރިސްޓު އެނދު ގާއިމުކުރުމަށް ކުރިއަށްގެންދާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" މިއަދު އިފުތިތާހުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ހާއްސަކޮށްގެން އެކުލަވާލަން ނިންމާފައިވާ ތަރައްގީގެ އެ ޕްލޭން އިފުތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރީ ސީޑީސީ ކޮންސަލްޓިން އިންނެވެ. އަދި އެ ޕްލޭނަކީ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، އައްޑޫ ސިޓީގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ބުންޏެވެ.

އެގޮތުން ފަސް އަހަރު ދުވަހުގެ ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީއާއެކު ތަފްސީލީ އެނަލިސިސް ރިޕޯޓެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލޭނުގައި 6،000 ޓޫރިސްޓް އެނދު ގާއިމުކުރުމާއި، 10،000 ވަޒީފާ އުފެއްދުމާއި ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސީޕްލޭން ހަބެއް ގާއިމުކުރުން ފަދަ މުހިންމު ރިޔާސީ ވައުދުތައް ވެސް ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން ކަލްޗަރަލް ވިލެޖާއި ވެލްނެސް ޒޯންތަކާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތަކާއި ހޮސްޕިޓާލިޓީ ސްކޫލް އުފެއްދުން ފަދަ ގިނަ ކަންތައްތަކެއް މި ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

މިނިސްޓްރީން ބުނީ އެ ހަރަކާތްތަކުގެ މަގުސަދަކީ ފަތުރުވެރިން ޝައުގުވެރިކުރުވުމުގެ އިތުރުން އައްޑޫ ސިޓީގެ މުއްސަނދި ތަރިކައާއި ގުދުރަތީ ރީތިކަން ދައްކުވައިދީ، ދިވެހިންނަށް ވެސް ތަފާތު އަދި ހިތްގައިމު ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.

"އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" ގައި ފަތުރުވެރިކަމުގެ މަސައްކަތްތަކަށް އާ މިންގަނޑެއް ކަނޑައަޅައި، އައްޑޫ ސިޓީއަށާއި އެ ސިޓީގެ ރައްޔިތުންނަށް އުޖާލާ އަދި ތަނަވަސް މުސްތަގުބަލެއް ލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox