ވަޔެކާނޯ އިން ރެއާލް ހިފަހައްޓައިފި

Feb 19, 2024, 5:04 AM
ވަޔެކާނޯ އިން ރެއާލް ހިފަހައްޓައިފި

މެޑްރިޑް (19 ފެބްރުއަރީ) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެެވެ.

މި މެޗު އެއްވަރުވިޔަސް، ތާވަލްގެ އެއް ވަނައިގައި އޮތް ރެއާލް އިން ވަނީ އެ ޓީމުގެ ލީޑު ހަ ޕޮއިންޓަށް ފުޅާކޮށްފަ އެވެ. ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ރެއާލް އިން ލީޑު ނެގީ ހޮސޭލޫ ޖެހި ލަނޑުންނެވެ.

އެކަމަކު، ވަޔެކާނޯ އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 27 ވަނަ މިނިޓުގައި އެ ޓީމުގެ ރައޫލް ޑެ ތޯމަސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ޑެނީ ކަރްވަހާލް އަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ މި މެޗުން އެއްވަރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"އަހަރަމެން ޖެހޭ ހުރިހާ މެޗަކުންވެސް މޮޅުވާން. އެކަމަކު ލީގެއް ހޯދަން މަސައްކަތްކުރާއިރު، މޮޅުނުވެވޭ މެޗުތަކުގައިވެސް ބަލަންޖެހޭނީ ބަލިނުވާން،" އެންޗަލޮޓީ ބުންޏެެވެ.

"ބައެއް ފަހަރު އެއްވަރުވުމަކީވެސް ގެއްލުމެއް. އެކަމަކު މިއީ ލީގު ހޯދުމަށް އަހަރަމެންނަށް އެޅުނު މުހިންމު ފިޔަވަޅަކަށްވެސް ވެދާނެ."

ރެއާލް ތާވަލްގެ އެއް ވަނައިގައި އޮތީ 62 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ޖިރޯނާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ތާވަލްގެ ތިން ވަނައިގައި އޮތީ 54 ޕޮއިންޓް ހޯދައިގެންނެވެ.

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖަނަމަ، ޖިރޯނާ އަށް ރެއާލްގެ ލީޑު ކުޑަކުރެވޭނެ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox