އެންޒޯ ދެކޭގޮތުގައި ޗެލްސީ އަށް ދެ ތަށި ހޯދޭނެ

Feb 14, 2024, 10:06 AM
އެންޒޯ ދެކޭގޮތުގައި ޗެލްސީ އަށް ދެ ތަށި ހޯދޭނެ

ލަންޑަން (ފެބްރުއަރީ 14) - ޗެލްސީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، އެންޒޯ ފެނާންޑޭޒް ދެކޭގޮތުގައި މި ސީޒަނުގައި އެ ޓީމަށް ދެ ތަށި ހޯދޭނެ ކަމަށް ބުނެފި އެވެ.

އާޖެންޓީނާއާ އެކު، 2022 ވަނަ އަހަރު ގަތަަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި، އެންޒޯ، ޗެލްސީ އަށް ބަދަލުވީ، މީގެ އެއް އަހަރު ކުރިންނެވެ. އެންޒޯ، ޗެލްސީ އަށް ސޮއިކުރީ، 130 މިލިއަން ޑޮލަރުގެ ޓްރާންސްފާއެއްގަ އެވެ. އެއީ، ނުވަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ޗެލްސީ، މި ވަގުތު، އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި އޮތްއިރު، އެ ޓީމަށް ގަދަ ހަތަރެއްގައި ނިންމާލައި، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތެއް އޮތީ ލީގުގައި ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ.

ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައިނުވެއްޖެނަމަ، އެންޒޯ އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވީ ނަމަވެސް އެންޒޯ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެންޒޯ ބުނީ، ޗެލްސީއާ އެކު އޭނާ މުސްތަގުބަލަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސީޒަނުގައި ވެސް ޗެލްސީ އަށް ދެ ތަށި ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެންޒޯ ވަނީ ބުނެފަ އެވެ.

"ކާމިޔާބު ހޯދޭނެ ވަރަށް މި ޓީމު މަސައްކަތް އެބަކުރޭ، އަހަރެމެންގެ ފޯމު ވެސް އަންނަނީ ރަނގަޅުވަމުން، މިއީ ދިގު ސީޒަނެއް، ދެ ތަށި އަހަރެމެންނަށް ހޯދިދާނެ،" އެންޒޯ ބުންޏެވެ.

މި މަހުގެ 25 ވަނަ ދުވަހު ޗެލްސީން އިނގިރޭސި ލީގު ކަޕް ފައިނަލުގައި ލިވަޕޫލާ ބައްދަލުކުރާނެ އެވެ. އަދި ޗެލްސީ ވަނީ އެފްއޭ ކަޕްގެ ގަދަ 16 އިން ވެސް ފުރުސަތު ހޯދައިފަ އެވެ. އެންޒޯ، އެ ފާހަގަކުރި ދެ ތަށްޓަކީ މި ދެ މުބާރާތެވެ.

އެންޒޯ ވަނީ މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް، ޗެލްސީ އަށް ބަދަލުވެ، އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، ކޯލް ޕާމާ އަކީ މުސްތަގުބަލުގައި ތަފާތު މޮޅު ކުޅުންތެރިއަކަށް ވާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox