ކޮންގްރެސް އޮންލައިންކޮށް ބާއްވަން އުޅުނީ ހަރަދުކުޑަކުރަން: ބައްސާމް

Feb 8, 2024, 5:29 AM
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިހާރު ކުރިއަށްދާ އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން ބައްސާމް.--- ފޮޓޯ:  އަދަދު

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިހާރު ކުރިއަށްދާ އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން ބައްސާމް.--- ފޮޓޯ: އަދަދު

މިއަދު ބާއްވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެންމެ ފުރަތަމަ އޮންލައިންކޮށް ބާއްވަން އުޅުނީ އެފްއޭއެމްގެ ހާލަތު އޮތްގޮތުން ހަރަދުކުޑަކުރަން ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިހާރު ކުރިއަށްދާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ އެފްއޭއެމްގައި ބައެއް ކޮމިޓީތައް ނެތުމާ އެކީގައި އެ އަށް އަމަލުކުރުމަށް ފީފާ އަދި އޭއެފްސީން އެންގުމުން ބާއްވާ ކޮންގްރެސް އެކެވެ. މި ކޮމިޓީތައް ހުރީ ރަނގަޅަށް ނޫންކަން އެނގުނީ، އަވަސް އަރުވާލާފައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބުގެ ތެރެއިން ޖެހުނު މައްސަަލަތަކެއްގެ ތެރެއިންނެވެ.

ކޮންގްރެސް ފެއްޓުމުގެ ގޮތުން ދެއްކި ވާހަަކައިގައި ބައްސާމް ވަނީ އޮންލައިންކޮށް ކޮންގްރެސް ބާއްވަން ނިންމައި، ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުނު ސަބަބު ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަށް ބައެއް ކްލަބްތަކުން ލިބުނު، ހިޔާލާ އެއްގޮތަށް އަޅުގަނޑުމެން ފިޒިކަލީ މި ކޮންގްރެސް މިހާރު ބޭއްވިގެން މި ދަނީ، އަޅުގަނޑުމެން ފުރަތަމަ އޮންލައިންކޮށް ބޭއްވުމަށްޓަކައި ނިންމި ނިންމުމަކީ ވެސް އަޅުގަނޑުމެން މިހާރު އެފްއޭއެމް މި އޮތް ހާލަތާއި، މި އަހަރު ތެރޭގައި ކައިރިކައިރީގައި ކޮންގްރެސްތަކެއް ބާއްވަން ޖެހިދާނެތީކަމަށް ވާތީވެގެން، ހަރަދުތައް ކުޑަކުރުމަށާ އެއްކޮށް ނިންމި ނިންމުމެއް. އެހެން ނަމަވެސް ބައެއް މެމްބަރު ކްލަބްތަކުގެ މި ރިކުއެސްޓް، އައުމާ އެކީގައި އަޅުގަނޑުމެން އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުން، މި ބާއްވަނީ ފިޒިކަލީ މި ތަނުގައި، އެންމެންގެ ހާޒިރުގައި ތިބެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް އިން މިއަދުގެ ކޮންގްރެސް ބާއްވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

އެ ގޮތުން، ހިތްހަމަނުޖެހުން ފާޅުކުރި ކްލަބްތަކުން އަލި އަޅުވާލާފައިވާ ކަންތައްތަކަށް ބަލާއިރު، ހަތް ދުވަހުގެ ނޯޓިސްއާ އެކު ދައުވަތު ދިނީ އޮންލައިން ކޮންގްރެސް އަކަށް ކަމަށާއި އަސާސީ ގަވާއިދު ބުނާގޮތުން ބާއްވާތަނާއި ގަޑި އަދި އެޖެންޑާ ހަތް ދުވަސް ކުރިން އަންގަންޖެހެ އެވެ. އެހެންވުމުން، އެކަން އޮތީ އެ ގޮތަށް ގޮސްފައި ނޫން ކަމަށް ކްލަބްތަކުން ދެކެ އެވެ. އަދި ފިޒިކަލީ ހާޒިރުވެގެން ކޮންގްރެސް ބާއްވާ ގޮތަށް ބަދަލުކުރީ މީގެ ދެ ދުވަސް ކުރިން ކަމަށާއި މެމްބަރު ކްލަބްތަަށް ރަޖިސްޓްރީ ވުމަށް ފުރުސަތު ނުދޭ ޝަކުވާ ވެސް އެބައޮތެވެ.

އޮންލައިންކޮށް ކޮންގްރެސްގައި ބައިވެރިނުވެވޭނެކަން، 10 ކްލަަބަކުން އެފްއޭއެމަށް އެންގި އެވެ. އަދި މި ކޮންގްރެސް އަށް ކްލަބް ވެލެންސިއާ އަށް ރަސްމީކޮށް ދައުވަތު ނުލިބޭ ކަމަށް އެ ކްލަބުން ހާމަކޮށްފައިވާއިރު، އެ ޓީމުގެ ނަން ވަނީ ކޮންގްރެސްގައި ރަޖިސްޓްރީކޮށްފަ އެވެ. މިއީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރި ވެލެންސިއާގެ ފަހުގެ ބޯޑާއި ގުޅޭ ގޮތުން އެ ކްލަބް ތެރޭގައި އޮތް ދެ ފެކްޝަނުގެ ތެރެއިން ހިނގާފައިވާ ކަމެކެވެ.

އިޖުރާއަތް ފުރިހަމަ ނުކޮށް ކޮންގްރެސް ކުރިއަށްދާ ކަމަށް ދެކެވޭ ވާހަަކައާ ގުޅޭގޮތުން ބައްސާމް ވިދާޅުވީ، އަސާސީ ގަވާއިދުގައިވާ ކަންކަން ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. އެކަމަކު، މުއްދަތުތަކުގެ ތެރޭގައި ކަންކަން ކުރި ގޮތް ބައްސާމް ކިޔައެއް ނުދެއްވި އެވެ.

"އެ ގޮތުގެ މަތިން ހުރިހާ މެމްބަރު ކްލަބަކަށް މިއަދު މި އިންތިހާބު ކުރެވިގެންދާ ހުރިހާ ކޮމިޓީތަކަށް ނަންތައް ހުށަހެޅުމަށް ހިންގާ ގަވާއިދުގެ ތެރެއިން އެ ދީފައި އޮންނަ މުއްދަތުގެ ތެރޭގައި ވާނީ ހުރިހާ ބޭފުޅުންނަށް ފޮނުވިފައި. އަދި މި ޖަލްސާ އަށް ދައުވަތު ދިނުމަށް ވާނީ އެ އޮތް މުއްދަތު ތެރޭގައި ފޮރުކޮށްދެވިފައި،" ބައްސާމް ވިދާޅުވި އެވެ.

"މި ޖަލްސާގައި އެންމެ ބޮޑު ކަމަކަށް ކުރަން ހަމަޖެހިފައިވަނީ އިންތިހާބީ ކޮމިޓީތަކާއި ޖުޑީޝަލް ކޮމިޓީތައް އިންތިހާބު ވެގެންދިއުން. އަޅުގަނޑު އެދެނީ ހުރިހާ ފަރާތެއްގެ އެއްބާރުލުން މި ކަމުގައި ލިބި އިންތިހާބީ މަރުހަލާގެ ކަންކަން ގޮސް، އެންމެން ބޭނުންވާ މާހައުލުގައި އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުން،"

އެފްއޭއެމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބޭ ފައިސާ، ބައްސާމް އަމިއްލަ މަންފާ އަށް ބޭނުންކުރާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާއިރު، މި މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. މި މައްސަލަތަކުގެ ތަހުގީގަށް ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަަހައްޓައިފަ އެވެ. ފީފާގެ ބައްދަލުވުމެއްގައި ބައިވެރިވާން ދިއުމަށް ދަތުރުކުރުމުގެ ހުއްދަ އަކަށް ބައްސާމް އެދިފައިވަނިކޮށް، ކްރިމިނިލް ކޯޓުން އިއްޔެ ވަނީ އެކަން އެ ގޮތަށް ކުރެވެން ނެތް ކަމަށް އަންގައިފަ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމު ދެ ވަނަ ދައުރަކަށް ފުރަމުން އަންނަ ބައްސާމް ވަނީ ދެން އޮންނަ އިންތިހާބެއްގައި ވާދަނުކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެކަމަކު، މިއަދު އެ ސުވާލު ކުރިމަތިވުމުން، އެ އަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހެއްދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox