ޗައިނާގެ ކޯސްޓްގާޑް 4 އުޅަނދެއް އިރުމަތީ ޗައިނާ ކަނޑަށް ވަތް މައްސަލަ ހޫނުވެއްޖެ

ޗައިނާގެ ކޯސްޓްގާޑު އުޅަނދެއް: ސެންކާކޫ އައިލެންޑްސް ސަރަހައްދަށް ޗައިނާގެ ހަތަރު އުޅަނދު ވަދެފައިވޭ -- ފޮޓޯ: ޖަޕާން ކޯސްޓް ގާޑް

ޗައިނާގެ ކޯސްޓްގާޑު އުޅަނދެއް: ސެންކާކޫ އައިލެންޑްސް ސަރަހައްދަށް ޗައިނާގެ ހަތަރު އުޅަނދު ވަދެފައިވޭ -- ފޮޓޯ: ޖަޕާން ކޯސްޓް ގާޑް

ޗައިނާގެ ކޯސްޓްގާޑް ހަތަރު އުޅަނދެއް މައްސަލަ ބޮޑުވެފައިވާ އިރުމަތީ ޗައިނާ ކަނޑަށް ވަތް މައްސަލަ ހޫނުވެއްޖެ އެވެ.

މައްސަލަ ހޫނުވީ އަންގާރަ ދުވަހު ޗައިނާގެ ކޯސްޓުގާޑުގެ އުޅަނދުތައް އިރުމަތީ ޗައިނާ ކަނޑަށް ވަނުމާ ގުޅިގެން ޖަޕާނުން އެކަމާ ހިތްހަމަ ނުޖެހި އެ ހަތަރު އުޅަނދު އެ ސަރަހައްދުން ނިކުތުމަށް އެންގުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޗައިނާއިން ބުނީ، އެ ގައުމުގެ ކޯސްޓްގާޑު އުޅަނދުތައް އިރުމަތީ ޗައިނާގެ ކަނޑަށް ވަނީ ސެންކާކޫ އައިލޭންޑްސް ހިމެނޭ ސަރަހައްދު ޕެޓްރޯލް ކުރުމަށް ކަމަށެވެ.

އިރުމަތީ ޗައިނާ ކަނޑު ސަރަހައްދަކީ ޗައިނާ އާއި ޖަޕާނާއި، ދެކުނު ކޮރެއާގެ އިތުރުން ޓައިވާން ހިމެނޭ ސަރަހައްދުގައި އޮންނަ ކަނޑެކެވެ. އެ ކަނޑަކީ ޗައިނާ އާއި ޖަޕާނުގެ އިތުރުން ޓައިވާންގެ އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑެއް ކަމަށް އެ ތިން ގައުމުން ދައުވާ ކުރެ އެވެ.

ޖަޕާނުގެ ކޯސްޓް ގާޑުން ބުނާ ގޮތުގައި ޗައިނާގެ ކޯސްޓް ގާޑް އުޅަނދުތައް ޖެނުއަރީ 27, ގައި ވެސް އިރުމަތީ ޗައިނާގެ ކަނޑުގެ ސަރަހައްދަށް ވަނެވެ.

އިރުމަތީ ޗައިނާ ކަނޑުގެ މައްސަލައިގައި މިހާތަނަށް ރަސްމީކޮށް އެއްވެސް ގޮތެއް ނުނިންމަ އެވެ. ބައިނަލްއަގުވާމީ ގާނޫނޫ ދަންނަ ގޮތުން އެ ސަރަހައްދަކީ ރަސްމީކޮށް އެއްވެސް ބައެއްގެ ސަރަހައްދެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox