މިފްކޯގެ "ފަސްމީރު މާމީރު" ރޯދަ ޕްރޮމޯޝަންގައި އެއް ވަނައަށް ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފި އެވެ.
މިފްކޯއިން ރޭ ލޯންޗުކުރި ރޯދަ ޕްރޮމޯޝަން އަންނަ އަންނަ އެޕްރީލް މަހު 17 ގެ ނިޔަލަށް ކުރިޔަށް ގެންދާއިރު، މިފްކޯއިން ބުނީ 200 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ލިބޭ ކޫޕަން ފުރައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން މިފްކޯގެ ސެންޓަރުތަކުގައި ހުންނަ މަސްފިހާރަތަކުން ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޕްރޮމޯޝަންގެ މުއްދަތު ހަމަވަމުން ތިން ނަސީބުވެރިން ހޮވުމަށް ނިންމާފައި ވާއިރު، ދެވަނައަށް ދާ ނަސީބުވެރިޔާއަށް ދިނުމަށް ނިންމާފައި ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ތިންވަނައަށް ދާ ނަސީބުވެރިޔާއަށް ދިނުމަށް ނިންމާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިފްކޯއިން ކޮންމެ އަހަރެއްގެ ރޯދަ މަހަކާ ދިމާކޮށް ކުރިޔަށްގެންދާ ރޯދަ ޕްރޮމޯޝަންގައި ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅަ އެވެ.











