ކަނޑުއޮތްގިރިއަށް ކިލޯއެއް 25ރ. ގެ މަގުން ބޮޑުކަންނެލި ގަންނަން ފަށައިފި

ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25ރ. ގެ މަގުން

ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25ރ. ގެ މަގުން

މިފްކޯގެ ބެލުމުގެ ދަށުގައިވާ ކަނޑުއޮތްގިރިން ބޮޑުކަންނެލި ގަންނަން މިއަދު ފަށައިފި އެވެ.

ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފެށުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބަލާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިން ބޮޑުކަންނެލި ކިލޯއެއް 25ރ. ގެ މަގުން މިއަދުން ފެށިގެން މިފްކޯއަށް ކިރަމުންދާނެ ކަމަށެވެ.

ކަނޑުއޮތްގިރި އަލުން އޮޕަރޭޝަނަށް ގެނައުމަށްފަހު ބޮޑުކަންނެލީގެ އިތުރުން ކަޅުބިލަމަސް ވެސް އެތަނަށް މިހާރު ވަނީ ގަންނަން ފަށާފަ އެވެ.

މިފްކޯއިން މަސް ފެކްޓްރީއެއް ހިންގަމުން ދިޔަ ކަނޑުއޮތްގިރި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ސަރުކާރުން އޯގަސްޓް 21، 2024، ގައި އިއުލާންކުރި އެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަނެއްކާ ވެސް އެތަން މިފްކޯއަށް ދިނެވެ.

މިފްކޯއަށް ބޮޑު ކަންނެލި ގަތުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިގޮތުން އެ ވައުދު ފުއްދުމަށް ގޮވާލާ މިދިޔަ މަހު 10, ގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގައި މާލެ ފަޅު ކައިރީގައި ގިނަ އަދަދެއްގެ މަސް ދޯނިތައް ބާއްވައިގެން އިހުތިޖާޖުކޮށްފަ އެވެ.

ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ނުފެށެ އެވެ.

މަސްދޯނިތަކުން މިފްކޯއަށް ކިރާ މަހަށް ބީއެމްއެލް މެދުވެރިކޮށް އަންނަނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox