މާލޭގެ މުހިންމު އާސާރުތަކެއް ބެލެހެއްޓުން ސްޓެލްކޯއާ ހަވާލުކޮށްފި

Feb 4, 2024, 2:20 PM
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީއާއި ކަލްޗާ މިނިސްޓަރު ނަސީރު، މާލޭގެ އާސާރުތައް ބެލެހެއްޓުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށް ލިޔެކިޔުންތައް ބަދަލުކުރަނީ - ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީއާއި ކަލްޗާ މިނިސްޓަރު ނަސީރު، މާލޭގެ އާސާރުތައް ބެލެހެއްޓުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށް ލިޔެކިޔުންތައް ބަދަލުކުރަނީ - ފޮޓޯ: ސްޓެލްކޯ

މާލޭގައި ހުރި މުހިންމު ތާރީހީ އާސާރުތައް މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމާއި އެ ތަންތަން ޒީނަތްތެރިކޮށް ބެލެހެއްޓުގެ މަސައްކަތް، ކަލްޗާ މިނިސްޓްރީން ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯއާ ހަވާލުކޮށްފައި މި ވަނީ، މާލެ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެއާއި މުންނާރުގެ އިތުރުން، މާލެ މެދު ޒިޔާރަތާއި، ކަޅު ވަކަރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރެ ބެލެހެއްޓުމެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، މީގެ ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި، ކަލްޗާ މިނިސްޓަރު އާދަމް ނަސީރެވެ.

ކަލްޗާ މިނިސްޓްރީއާއި ސްޓެލްކޯ ގުޅިގެން މި މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއިކުރީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އާބާތުރަފިލުވުމާއި މަރާމާތާއި، ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރަށް އެ ތަންތަނުގައި ކުރަން ހުރި ކަރަންޓުގެ އެކި މަސައްކަތްތައް ވެސް އެ ފަހުމުނާމާގެ ދަށުން ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސްޓެލްކޯގައި އެ ކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ، މީގެ ކުރިން މޫސުން ތަން ނުދީގެން އެ މަސައްކަތް ލަސްވި ނަމަވެސް ދެން އެ މަސައްކަތް ކުރިއަށް ދިޔުމުގައި ލަސްތަކެއް ނުވާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް މޫސުން ތަން ނުދިނީމަ، އެހެން ނޫން ނަމަ މި މަސައްކަތް، އަޅުގަނޑުމެންނަށް ވާނީ މީގެ ކުރިންވެސް ފެށިފައި،" އޭނާ ވިދާޅުވި އެވެ.

ކަލްޗާ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި، ސްޓެލްކޯއާ އެ މަސައްކަތް ހަވާލުކުރި ސަބަބަކީ އެ ތަޖުރިބާ އެ ކުންފުނީގައި ހުރެ، މި ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވުމެވެ.

"ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިން ވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް، ވަރަށް ގިނަ އެހީތެރިކަން ދެއްވި، އަޅުގަނޑުމެން މި ވުޒާރާގެ މަސައްކަތާ ހަވާލުވި ފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގަ ވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކުންފުނި، ސްޓެލްކޯއިން މީގެ ކުރިން ވެސް މާލެ ހުކުރު މިސްކިތާއި ހިރިގާ ވަޅުތަކާއި، މުންނާރާއި، މެދު ޒިޔާރަތުގެ އާބާތުރަފިލުވައި ޒީނަތް ކުރުމުގެ މަސައްކަތްތަކެއް ގެންގޮސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox