ގްރީންވުޑާ ދިމާލަށް "ރޭޕިސްޓް" އޭ ބުނި މައްސަލައިގައި ބެލިންހަމް ހޫނު ފެނަށް

Feb 3, 2024, 3:52 AM
ގްރީންވުޑާ ދިމާލަށް "ރޭޕިސްޓް" އޭ ބުނި މައްސަލައިގައި ބެލިންހަމް ހޫނު ފެނަށް

މެޑްރިޑް (ފެބްރުއަރީ 3) - ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެންމެ ފަހުން ކުޅުނު މެޗުގައި ގެޓަފޭގެ ފޯވާޑް، މޭސަން ގްރީންވުޑްއާ ދިމާކޮށްލި މައްސަލަ ސްޕެނިޝް ލީގުން ބަލަން ފަށައިފި އެވެ.

ލީގުގައި ގެޓަފޭ އަތުން ރެއާލް 2-0 އިން މޮޅުވި މެޗުގައި ގްރީންވުޑް ރުޅި އަރުވާލުމުގެ ގޮތުން އޭނާއާ ދިމާލަށް ބެލިންހަމް ވަނީ ވާހަކަ ތަކެއް ދައްކައިފަ އެވެ. އެ ވަގުތު ގްރީންވުޑާ ދިމާލަށް ބެލިންހަމް، "ރޭޕިސްޓް" އޭ ބުނާ އަޑު ވީޑިއޯ އަށް އަރާ ކަމަށް ބުނެ، ގެޓަފޭ އިން ވަނީ އެ މައްސަލަ ބަލައިދޭން ލަލީގާ އަށް ހުށަހަޅައިފަ އެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށް ލަލީގާ އިން ވަނީ ހާމަކޮށްފަ އެވެ.

ރޭޕުގެ ތުހުމަތު އަމާޒުވެ، ގްރީންވުޑް އަށް ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުުނުއިރު، އެ މައްސަލައިގެ ދައުވާ ކުރި ފަރާތުން އަނބުރާ މައްސަލަ ގެންދިއުމުން ގްރީންވުޑް ވަނީ ސަލާމަތްވެފަ އެވެ. އެ މައްސަލައިގައި ޔުނައިޓެޑުން ވަކި ތަހުގީގެއް ހިންގައި، ނިންމީ އެ ކްލަބުން ގްރީންވުޑް އަށް ފުރުސަތެއް ނުދީ ލޯނަކަށް އޭނާ ދޫކޮށްލާށެވެ.

ގްރީންވުޑް، ލޯން އެއްބަސްވުމެއްގައި ގެޓަފޭއާ ގުޅުނީ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު އެވެ. ގްރީންވުޑް ވަނީ މިހާތަނަށް ގެޓަފޭ އަށް ކުޅުނު 21 މެޗުން ހަ ލަނޑު ޖަހައިފަ އެވެ. ހަ މަހުގެ ލޯނެއްގައި ގެޓަފޭ އަށް ކުޅޭ ގްރީންވުޑް، ޔުނައިޓެޑާ އެކު ހުރި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ޖޫންގެ ނިޔަލަށެވެ.

ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް، 130 މިލިއަން ޑޮލަރުގެ ޑީލެއްގައި ރެއާލަށް މި ސީޒަނުގައި ބަދަލުވި ބެލިންހަމް އަންނަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލަށް ކުޅެދިން 27 މެޗުން ވަނީ 18 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox