ސަރުކާރުން އެކުލަވާލާ ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގެ މަސައްކަތް ތަޖުރިބާކާރުންނާ އެކު ކުރިއަށް

Feb 2, 2024, 4:49 PM
ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ ދެ ބޭފުޅުން ކަމަށްވާ ސްޓީވް ރޯޝް އާއި މެތިއު ޖޭ. ރޮބިންސަން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ ދެ ބޭފުޅުން ކަމަށްވާ ސްޓީވް ރޯޝް އާއި މެތިއު ޖޭ. ރޮބިންސަން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކުޅިވަރު އެތުލީޓުން ބިނާކުރުމުގެ ވިސްނުމުގައި ހާއްސަ އިސްކަމެއް ދީގެން، ސްޕޯޓްސް މިނިސްޓްރީން އެކުލަވާލާ ދުރު ރާސްތާ ޕްލޭނުގެ މަސައްކަތް ބައިނަލްއަގުވާމީ ކުޅިވަރު ތަޖުރިބާކާރުންނާއި ރާއްޖޭގެ ކުޅިވަރުގެ އެކި ފަންތީގެ ފަރާތްތަކާ އެކު ފަށައިފި އެވެ.

އިއްޔެ ފެށި، ދުރު ރާސްތާ ޕްލޭނުގެ މި މަޝްވަރާ ބައްދަލުވުން ހަތް ދުވަހަށް ދިގު ދެމިގެންދާނެ އެވެ.

ފުރަތަމަ ބައްދަލުވުމެއްގެ ގޮތުގައި އިއްޔެ އޮތީ، މި ޕްލޭންގެ އިސް ހަރަކާތްތެރިން ކަމަށްވާ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ ފަރާތްތަކުން، ސްޕޯޓްސް މިނިސްޓްރީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ކޮމިޝަނާ އޮފް ސްޕޯޓްސް، ސްޕޯޓްސް ކައުންސިލް އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމެވެ.

އައިސީއީސީޕީ އަކީ އެމެރިކާގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ކޮމިޓީ އާއި އޮލިމްޕިކް ސޮލިޑާރިޓީ އަދި ޔުނިވާސިޓީ އޮފް ޑެލަވެއާއާ ގުޅިގެން، ކޯޗިންގެ އެންމެ މަތީ ފަންތީގެ ކަންކަން އުނގަނައިދޭ ދުނިޔޭގެ ފެންވަރުގެ ޖަމިއްޔާ އެކެވެ.

ކުޅިވަރުގެ މަތީ ފަންތީގެ ތަޖުރިބާ ބޮޑު، އައިސީއީސީޕީގެ ފަރާތުން ރާއްޖޭގެ މި ޕްލޭން ހެދުމުގައި ބައިވެރިވާ މެމްބަރުންނަށް ބަލާއިރު، ބީސީޑަބްލިއު ސްޕޯޓްސްގެ ސްޕޯޓްސް ޕާފޯމަންސް ޑިރެކްޓަރެއް ކަމަށްވާ ސްޓީވް ރޯޝް އާއި ސީޕީޓީއެމްގެ ސްޕޯޓްސް އެންޓަޕްރައިސްގެ ރައީސް، މެތިއު ޖޭ. ރޮބިންސަން ވެސް ހިމެނެ އެވެ.

މި ދެ ފަރާތަކީ، މި ފަދަ ޕްލޭންތައް ހެދުމުގައި އިލްމާއި ހިލްމުގެ އިތުރުން މަސައްކަތުގެ ތަޖުރިބާކާރު ފަރާތްތަކެކެވެ. ކުޅިވަރުގެ ކަންކަން ޕްލޭން ކުރުމުގައި އެމެެރިކާގައި މި ބޭފުޅުން ވަނީ ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނެއް، 20 އަހަރަށް ހާއްސަކޮށް ފަރުމާކުރާނެ ކަމަށް، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އިއުލާނުކުރެއްވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ޑިސެމްބަރު މަހު ބޭއްވި އެތުލީޓްސް ފޯރަމްގައި، އެތުލީޓުންނާ މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު އެވެ.

"އަޅުގަނޑުމެން މި އުޅެނީ ތިޔަކުދިން ތަމްރީން ކުރުމުގައި ގެންގުޅޭ ފިލޯސަފީ، ސިޔާސަތު، މި އަށް ވުރެ ރަނގަޅަށް، ކުޅިވަރުގެ ތުއްތު ކުދިން، ކުޅިވަރު ކުޅޭ ޕާކުން ފެށިގެން އިންޓަނޭޝަނަލް ޕޯޑިއަމްއާ ހަމައަށް ގެންދާނެ ކްލިއާ ޕާތުވޭ އެއް. އާދެ، މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިއަދުން ފެށިގެން ވެސް ކުރަމުން ގެންދާނެ،،" އެތުލީޓްސް ފޯރަމްގައި ވާހަކަ ދައްކަވަމުން، ރާފިއު ވިދާޅުވި އެވެ.

މި ޕްލޭނުގެ މަސައްކަތް ފެށިގެން މިއަދު ދެ ވަނަ ދުވަހުގެ ކަންކަން ކުރިއަށްދާއިރު، ސްޕޯޓްސް މިނިސްޓަރު، ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންގެ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ފެށުމަށް ވެގެންދާނެ ކަމަށެވެ.

މިއަދު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސްޕޯޓްސް މިނިސްޓްރީން މި ކުރިއަށްގެންދާ ޕްރޮގްރާމް ރޭވިފައިވާ ގޮތްތަކަށް ބަލާއިރު، މިއަދު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އެކި އެކި ކުޅިވަރު ފަރާތްތަކާ އެކު ބައްދަލުވުންތައް އޮންނާނެ އެވެ.

ދެން ރޭވިފައި އޮތް ކަންތައްތަކަށް ބަލާއިރު، ސަރުކާރުގެ އެކި ވުޒާރާތައް ކަމަށްވާ ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އެޗްޑީސީ އަދި ޔޫއެސް މިޝަން ޓު މޯލްޑިވްސްއާ ބައްދަލުކުރުން އޮންނާނެ އެވެ.

އެ އަށް ފަހު، މާލެ ސަރަހައްދުގައި ގާއިމްވެފައި ހުރި ކުޅިވަރުގެ ވަސީލަތްތައް ބަލައިލުމަށް، އައިސީއީސީޕީ އިން ވަގުތުތަކެއް ހޭދަކޮށް، ކަންކަން މިހާރު ކުރިއަށްދާ ގޮތް ދެނެގަންނާނެ އެވެ.

ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބަލާއިރު، އެންމެ ބޮޑު ގޮންޖެހުމަަކަށް ވެފައި އޮތީ، ޖިއޮގްރަފިކަލީ ރާއްޖެ އޮތް ގޮތެވެ. ރާއްޖެ އަކީ، އެއް ފަސް ގަނޑެއް ގޮތަަށް އޮތް ގައުމަކަށް ނުވާތީ، ރަށްރަށުގައި ކުޅިވަރު ޑިވެލޮޕްކުރުމުގައި ކަންކަން ކުރަން ޖެހެނީ ދަތުރުފަތުރުކޮށްގެންނެވެ. ދަތުރު ފަތުރުގެ ނިޒާމް އޮތްގޮތުން ކުޅިވަރުގެ ކަންކަން ޑިވެލޮޕްކުރަން މި ގޮތަށް ކުރަން ޖެހިފައި އޮތުން، އެއީ އެކި ކުޅިވަރު ކުރިއަރުވަން އޮތް ގޮންޖެހުމެއް ކަމަށް މީގެ ކުރިން ރާއްޖެ އައި މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ލެވަލް ކުޅިވަރު ފަރާތްތަކުން/ތަޖުރިބާކާރުން ވަނީ ވާހަކަ ދައްކައިފަ އެވެ.

ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނަށް މި ފަދަ، ރަށްރަށާ ގުޅޭ މައުލޫމާތު ހޯދުން ވެސް އެބައޮތެވެ.

އެ ގޮތުން، އައިސީއީސީޕީ އިން ރާއްޖޭގެ ކުޅިވަރުގެ ކަންކަން ދެނެގަންނަން ކުރާ ދަތުރު އޮތީ ހދ. ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި ބާއްވާ ބައްދަލުވުމުގައި އެ ރީޖަނުގައި ހިމެނޭ އެކި ރަށްރަށުން ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން ކުޅިވަރުގެ އެކިއެކި ފަންނީ ފަރާތްތައް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox