ޕީޖީ ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް، ވަރުގަދަ ތަހުގީގަކަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ -- އަދަދު ފައިލް ފޮޓޮ

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ -- އަދަދު ފައިލް ފޮޓޮ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް އަމާޒުކޮށް މިއަދު ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ވަރުގަދަ ތަހުގީގެއް ހިންގަން ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ވެގެންނެވެ. މަރުތޭލަކުން ޝަމީމަށް ދިން ހަމަލާގައި އޭނާގެ އަތުގައި ރެނދެއްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މި ހަމަލާއަކީ ރާއްޖޭގެ ދާހިލީ އަމްނު ގެއްލުވާލަން ދިން ޓެރަރިސްޓު ހަމަލާއެއް ގޮތުގައި ސިފަކޮށް ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނުގައި، ޝަމީމަށް ހަމަލާދިން ބަޔަކު ހޯދަން ދައުލަތުގެ ހުރިހާ ވަސީލަތަކާއި ގާބިލްކަމާއި އިހްތިޔާރެއް ބޭނުންކުރަން ގޮވާލާފައިވެ އެވެ.

"މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ގާބިލްކަމަކާ، އިހްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަހުގީގުކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އިލްތިމާސްކުރަމެވެ." އެ ކޯލިޝަނުގެ ބަޔާނުގައިވެ އެވެ.

ދެ ޕާޓީގެ ބަޔާނުގައި މި މައްސަލައިގެ ތަހުގީގު ވަރުގަދަކުރަން ގޮވާލަމުން އިތުރަށް ބުނީ މި ހަމަލާއަކީ ދުރާލާ ރާވައި ފާރަލައިގެން ހިންގި އަމަލެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެހެންވެ މި ހާދިސާގެ ހަގީގަތްތަކާ ހަމައަށް ވާސިލުވާން ތަހުގީގުގައި މަސައްކަތްކުރުން މުހިންމު ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ވެރިކަމުގައި އެ ކޯލިޝަން ދެމިއޮތްހައި ހިނދަކު ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށާއި، ޒިންމާދާރު މަގާމަތުތަކުގައި ތިބި ވެރިންގެ ސަލާމަތަށް އިސްކަން ދޭން ސަރުކާރަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށް ބުންޏެވެ. ޕީޖީ ޝަމީމްއަށް އަވަސް ޝިފާއަކަށް އެދެމުން ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޒިންމާތައް އަދާކުރައްވަން ރަސްމީ މަސައްކަތަށް ނުކުމެވަޑައިގަންނަވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި މައްސަލައިގައި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން ރަސްމީކޮށް މިކަމުގައި އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ވެސް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox