ހުލާސާކޮށް އިއްޔެ: 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ އުއްމީދު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިހާރު ޓޫރިސްޓުން އަންނަ އަދަދުން މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރި އިބްރާހިމް ފައިސަލް އިއްޔެ ވިދާޅުވި އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައެޅި އަމާޒަކީ އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެންނާށެވެ.

ނަމަވެސް "ޔޫތު ހެކް 2024" އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި ޗައިނާ މާކެޓު މިހާރު ހުރި ވަރުގައި ހިފެހެއްޓިއްޖެ ނަމަ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

"ޗައިނާ އަދި އިންޑިއަން މާކެޓު އެހުރިވަރުގައި ހިފެހެއްޓިއްޖެ ކަމަށްވާ ނަމަ އަޅުގަނޑަށް ފެނޭ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް 2024 ގައި ނިންމާލެވިދާނެކަމަށް 2.3 މިލިއަންގައި. އެހެންވެއްޖެ ކަމަށްވާ ނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އެކަމުގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ވެސް ކުރަމުން." އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 29 ދުވަހުގެ ތެރޭގައި 174,400 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތަށް ވުރެ 11.9 ޕަސެންޓު އިތުރު އަދަދެކެވެ. އަދި އޭގެ ކުރީ އަހަރު، 2022، އަށް ވުރެ 48 ޕަސެންޓު އިތުރު އަދަދެކެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމު

  • ރަޝިއާ - 18،561
  • އިޓަލީ - 18،111
  • ޗައިނާ - 16،529
  • ޔޫކޭ - 14،588
  • އިންޑިއާ - 13،989

ޓޫރިޒަމް މިނިސްޓަރު ނަން ގަތް ޗައިނާ އާއި އިންޑިއާއަކީ ވޭތުވި އަހަރުތަކުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ދެ ގައުމެވެ. މިހާރު ޗައިނާ މާކެޓު މައްޗަށް ޖެހިލާފައިވާއިރު، އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިލާފަ އެވެ.

އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ރާއްޖެ ބޮއިކޮޓު ކުރަން އެ ގައުމުން ކެމްޕެއިނެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމަކު މި ކެމްޕެއިންގެ މާ ބޮޑު އަސަރެއް ޓޫރިޒަމަށް އަދި ނުކުރާ ކަމަށް ދިވެހި ޓްރެވަލް އެޖެންސީތަކާއި ޓުވާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox