ޓެންޓް ބަލިކޮށް ނިއު އަށް ގްރޫޕްގެ އެއް ވަނަ

Jan 29, 2024, 1:05 PM
ނިއުގެ ކޯފީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)

ނިއުގެ ކޯފީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)

އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ގްރޫޕްގެ އެއް ވަނަ މަގާމާ އެކު ނޮކައުޓަށް ތައްޔާރުވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރު ވެސް ނިއު އާއި ޓެންޓަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ. އެކަމަކު، މި މެޗު މުހިންމުވެފައި އޮތީ، ގްރޫޕް ބީގެ އެއް ވަނަ ކަނޑައެޅުމަށެެވެ. ނިއު، އެ ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ޓެންޓް، ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކުއާޓާ އަށް ދިޔައީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

މި ގްރޫޕްގެ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވެސް ކުއާޓާގެ ފުރުސަތު އޮތީ ފަހިކޮށެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ، ތިން ވަނަ އަށް ދޭ ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ނިއު އިން ލީޑުނެގި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނަަގައިދިން ހުރަަހަކުން ގާނާގެ ފޯވާޑް، ކޯފީ އޮވޫސޫ ބޮލުންނެވެ.

ނިއު އަށް ލީޑުގައި އޮވެވުނީ، ތިން މިނިޓެވެ. ނިއުގެ އުޒްބެކިސްތާންގެ ޑިފެންޑަރު، އަޒަމޯވް ޖޮވޯހިރް އަތުން ހެދުނު ގޯހެއްގެ ފައިދާނަަގައި، މެޗުގެ ހަ ވަނަ މިނިޓްގައި ޓެންޓަށް އެއްވަރުކޮށްދިނީ އަހުމަދު ރިލްވާން (ރިލޭ) އެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ރިލޭ ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓެންޓްގެ ފަހަތުން ލިބުނު ޖާގައެއްގެ ބޭނުންހިފައި، މެޗުގެ 17 ވަނަ މިނިޓްގައި ކޯފީ ވަނީ ދެ ވަނަ ގޯލެއް ޖަހައި ނިއު އަށް އަލުން ލީޑުނަގައިދީފަ އެވެ. މިއީ، ނިއުގެ ފުލްބެކް، މުޖުތާޒް މުހައްމަދު (މުޖޭ) ހުސްކޮށްލާފައި ނަގައިދިން ހުރަހެއްގައި އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ކޯފީ ޖެހި ގޯލެކެވެ.

ނިއު އަށް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ފުރުސަތު ލިބުނީ މިއަދުގެ މެޗުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއިލް ވިފާގު (އިއްސެ) އަށެވެ. އޭރިއާތެރެއިން އިއްސެ ޖެހި ބޯޅަ ޓެންޓްގެ ކީޕަރު މުހައްމަދު ޝިފާން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފަށް ނިއު އިން ނުކުތީ އިއްސެގެ ބަދަލުގައި އަޔާޒް އަހުމަދު (އަޔާ) ކުޅެން އަރުވައިގެންނެވެ. ދެ ވަނަ ހާފުގައި ނުކުމެ، އެންމެ ފަހުން ދެ މެޗުގައި ވެސް އަޔާ ވަނީ ގޯލު ޖަހައިފަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި، އަޔާ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް ކީޕަރު ޝިފާން މަތަކުރީ އެވެ.

ޓެންޓަށް މި ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ 67 ވަނަ މިނިޓްގައި ޓެންޓްގެ ފޯވާޑް އަލީ އިހުސާން ޖެހި ބޯޅަ ނިއުގެ ކީޕަރު، މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޓެންޓްގެ އޭރިއާތެރެއިން އަޔާ އަށް ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ނިއު އިން މި ހާފުގައި ގޯލު ޖެހީ 83 ވަނަ މިނިޓްގަ އެެވެ. ބަދަލަކަށް ކުޅެން އެރި ނިއުގެ މިރްޖަލޯލް ބިގަންދޮވިޗް ނެގި ހުރަހަކަށް އަރައި ކޯފީ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ނިއު އާއި ޓެންޓްގެ އިތުރުން ޖާގަ ޔަގީންކޮށްފައިވަނީ މަސް އޮޑި ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ކުޑަހެންވޭރު ޔުނައިޓެޑް އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވިކްޓަރީ ކުޅޭނީ ބިސް ބުރު ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox