އެމްކިޔުއޭގެ ވަގު ތައްގަނޑެއް ޖަހައިގެން ތައުލީމީ ސެޓްފިކެޓުތަކެއް ބޭނުން ކުރަނީ

ދަސްވެނިވުމެއްގެ ތެރެއިން، ފޭކު ސަނަދުތަކަށް ސަމާލުވުމަށް އެމްކިޔުއޭ އިން އެދިފައިވޭ

ދަސްވެނިވުމެއްގެ ތެރެއިން، ފޭކު ސަނަދުތަކަށް ސަމާލުވުމަށް އެމްކިޔުއޭ އިން އެދިފައިވޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ވަގު ތައްގަނޑެއް ޖަހައިގެން ތައުލީމީ ސެޓްފިކެޓުތަކެއް ބޭނުން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީގެ ވަގު ރިކޮގްނިޝަން ތައްގަނޑެއް ބޭނުންކޮށް، އެ އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސަނަދުތަކެއް ދައުރުވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އޮތޯރިޓީ އިން އިލްތިމާސްކޮށްފައިވެ އެވެ.

"އޮތޯރިޓީގެ ފޭކު ތައްގަނޑު ބޭނުންކޮށް، މުވައްޒަފެއްގެ ސޮއި ކުރުން ފަދަ ކަންކަމަކީ މި އޮތޯރިޓީގެ މުވައްޒަފުންގެ ހައްގަށް ލިބޭ އުނިކަމެއް، އަދި މި އޮތޯރިޓީ އިން މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދުމަށް މެދުވެރިވާ ކަމެއް،" އެމްކިޔުއޭގެ ބަޔާނުގައިވެ އެވެ.

އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި އެ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، މިފަދަ ކަންކަމަށް މަތީ ތައުލީމް ފޯރުކޮށްދޭ އިދާރާތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ސަމާލުވުމަށް އެމްކިއުއޭއިން އަންގާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox