އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތަކެއް ހިންގާތީ ފިޔަވަޅު އަޅައިފި

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: އެވިޑުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެމްކިއުއޭއިން ވަނީ ފިޔަވަޅު އަޅާފައި -- ފޮޓޯ: އެމްކިއުއޭ

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: އެވިޑުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެމްކިއުއޭއިން ވަނީ ފިޔަވަޅު އަޅާފައި -- ފޮޓޯ: އެމްކިއުއޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެވިޑް ކޮލެޖުން ސްރީ ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެ ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.

އެމްކިއުއޭއިން ނެރުނު އިއުލާނެއްގައި ބުނީ އެވިޑުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެ ކޮލެޖަށް ނަސޭހަތްތެރިވުމާއެކު އެކަން އިއުލާންކުރާ ކަމަށެވެ.

އެމްކިއުއޭއިން ބުނީ އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެވިޑުން ލަންކާގެ "އެމަޒޯން ކޮލެޖް" އަދި ވަކި ގައުމެއް ނޭނގޭ "އަލްޒެޓް ޔުނިވާސިޓީ" ގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް އެވިޑުން ސަނަދު ދީފައިވާ ކަމަށެވެ.

Advertisement

"މިކަން ފާހަގަކުރެވިފައިވަނީ، އެވިޑް ކޮލެޖުން ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމް، ސްރީލަންކާގެ އެމަޒޯން ކޮލެޖު އަދި އަލްޒެޓް ޔުނިވާސިޓީ ގައި ހިންގައި، އެފަދަ ޕްރޮގްރާމްތައް ފުރިހަމަކޮށް ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރަން ދަރިވަރުންނާއި، އެކި ގައުމުތަކުގެ ކޮލިފިކޭޝަން އެޖެންސީތަކުންނާއި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ހިއްސާކޮށްފައިވާ މައުލޫމާތުން،" އެމްކިއުއޭއިން ބުންޏެވެ.

ސްރީލަންކާގެ "ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައި އެވިޑް ކޮލެޖުގެ ޕްރޮގްރާމްތައް ލަންކާގައި ހިންގުމަށް އިޝްތިހާރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.

އެ ތަންތަނަކީ ސްރީލަންކާގެ TVEC, UGC އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ގައި މަތީ ތައުލީމް ދިނުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތަންތަން ނޫންކަން އެމްކިއުއޭއިން ފާހަގަކުރެ އެވެ.

އެމްކިއުއޭއިން ބުނީ އޮގަސްޓް 29، 2024، އިން ފެށިގެން އެ އޮތޯރިޓީން ދިޔައީ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެކްރެޑިޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގަން ތަކުރާރުކޮށް އެވިޑަށް ނަސޭހަތްތެރިވަމުން ކަމަށާއި ނަމަވެސް އެވިޑުން އަމަލުކުރީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެމްކިއުއޭއިން ބުނީ މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެކްރެޓިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް މިދިޔަ އަހަރުގެ ފެބްރުއަރީ 17، ގައި އިލްތިމާސްކޮށް އެކަން ޖެހިގެން އައި ދުވަހު އިއުލާން ވެސް ކުރި ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30، ގައި ސަރުކާރުގެ ގެޒެޓުގައި އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދުގެ ދަށުން، އެ އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގަން އިލްތިމާސްކޮށްފައިވާނޭ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާތީ މީގެ ކުރިން ވެސް އެ ކޮލެޖަށް އެމްކިއުއޭއިން ފިޔަވަޅު އެޅި އެވެ. އެކަމަކު ފަހުން ފިޔަވަޅުތައް އުވާލީ އިސްލާހުކުރަން ބުނި ކަންކަން އިސްލާހުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox