ކޯސްތަކަށް އެޕްލައިކުރާއިރު ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭއިން އެދިއްޖެ

އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު: ކޯސްތަކަށް އެޕްލައިކުރާއިރު ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭއިން ވަނީ އެދިފައި -- ފޮޓޯ: އެމްކިއުއޭ

އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު: ކޯސްތަކަށް އެޕްލައިކުރާއިރު ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭއިން ވަނީ އެދިފައި -- ފޮޓޯ: އެމްކިއުއޭ

މަތީ ތައުލީމާއި ތަމްރީން ދޭ ގިނަ މަރުކަޒުތަކުން ހިންގާ ގިނަ ކޯސްތައް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަމުންދާތީ ކޯސްތައް އިސްތިހާރުކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށްތޯ ބަލައި އެކަން ކަށަވަރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެމްކިއުއޭއިން ކުރި އިއުލާނެއްގައި ބުނީ ކޯސްތަކަށް ކިޔަވަން ފެށުމުގެ ކުރިން އެ ކޯހާ ބެހޭ ފުރިހަމަ މައުލޫމާތު އެ އޮތޯރިޓީން ހޯދުމަށް އެދޭ ކަމަށެވެ.

"ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލްވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށްކަން ކަށަވަރުކޮށް، ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމާތު ހޯދުމަށް މި އޮތޯރިޓީން އިލްތިމާސްކުރަން،" އެމްކިއުއޭއިން ބުންޏެވެ.

Advertisement

މިއާއެކު އެމްކިއުއޭއިން ބުނީ ހުއްދަ ދީފައިވާ ކޯސްތަކުގެ ލިސްޓާއި އެހެނިހެން މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ފަހަކަށްް އައިސް ބައެއް އިންސްޓިޓިއުޓުތަކާއި ކޮލެޖުތަކުން އަންނަނީ އެމްކިއުއޭގައި ރަޖިސްޓްރީ ނުކޮށް ކޯސްތައް ހިންގަމުންނެވެ. އެއާއެކު، ބައެއް ފަހަރު ކުދިންނަށް އެއީ ރަޖިސްޓާޑް ކޯހެއްކަން އެނގެނީ ކިޔަވައި ނިމޭ ފަހުންނެވެ.

މީގެއިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އަދި އިންސްޓިޓިއުޓްތަކުގެ ނަމުގައި އޮޅުވާލައިގެން ކޯސްތައް ހިންގާނެ ކަމަށް ބުނެ ސްކޭމްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox